ހުޅުމާލޭ ނިރޮޅުމަގުގައި ބާރުސްޕީޑްގައި ދުއްވި ވޭނެއް ފުރޮޅާލައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު ފުރޮޅާލާފައި ވަނީ ހުޅުމާލޭ ނިރޮޅު މަގުން، އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކުޑަ ވޭނެއް ކަމަށާއި ވޭން ފޮރޮޅާލީ ކާނުގަނޑުގައި ޖެހިގެން ކަމަށެވެ. މި ވޭން ފުރޮޅާލާފައި ވަނީ މިއަދު ހެނދުނު 9:25 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި، ވޭން ދުއްވަން އިން އުމުރުން 42 އަހަރުގެ ފިރިހެން މީހާގެ ތުނަފަތް ވަނީ ފަޅައިގެން ގޮސްފައި ކަމަށާއި މީގެ އިތުރުން އެހެން އަނިޔާއެއް އޭނާއަށް ވެފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް އެ ވޭނަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ފަހަކަށް އައިސް ހުޅުމާލެ އާއި މާލޭގައި އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކްސިޑެންޓްތައް މަދުކުރަން ފުލުހުން ޓްރެފިކް އޮޕަރޭޝަންތައް ހިންގި ނަމަވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެކްސިޑެންޓްތައް މަދެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓްރޭސް

    ދުއްވާ އެއްޗެއްގެ ހުންގާނު އަތުޖެހޭއިރަށް ހޭވެރިކަން ފިލާދަނީވިއްޔަ! ނަސީބެއްނު މީހހެއްގެ ގައިގަ ނުޖެހުނުކަން!

    • އަހްމަދު

      އާނފަހެ، ހިތަށްއަރަނީކަންނޭގެ މަށަށްމީނީ ސިދުރަތުލް މުންތަހާ އަށް އެރިފައޭ.