އަންހެން ފަނޑިޔާރުން އައްޔަން ކުރަން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވެސް ތާއީދު ކުރައްވައިފިއެވެ.

އަންހެން ފަނޑިޔާރުން އައްޔަން ކުރަން ތާއީދު ކުރައްވާ ކަމަށް ވަހީދު ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.

ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައީސް ޞާލިހް ޖޭއެސްސީ އަށް ފޮނުވި ޑރ.އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު އަކީ ވަރަށް ގާބިލު ދެ ބޭފުޅުން ކަމަށާއި އެ ދެ ބޭފުޅުން އައްޔަން ކުރެވުމުން ސްޕްރީމް ކޯޓް މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

ވަހީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖޭއެސްސީ އަށް ޑރ.އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު ނަން ފޮނުއްވީތީ ރައީސް ޞާލިހް އަށް ޝުކުރު އަދާކުރައްވާފައެވެ.

އަންހެން ފަނޑިޔާރުން އައްޔަން ކުރަން ކުރީގެ ރައީސް ވަހީދު ވެސް ތާއީދު ކުރެއްވި އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރަން އުޅޭތީ ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް ސޯލިހަށް އިލްތިމާސް ކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޝައިޚް

  އަންހެނުންނަކީ ހަނދާންނެތޭ އަދި ހަޅޭލަވާ ބެވުމުން އަވަހަށް ސްޓްރެސްވެ ގޮތް ބަދަލުކުރާ ބައެއްކަމަށާ މިފަދަ މީހުން ބޮޑަތި ކަންތަތައް ނިންމަން ނުލުން މޮޅު އިތުރުވެގެންވެއެވެ. އަދާލަތުގެ މައިދާނުގައި ފަހުބަސް ބުނާ މީހާއަކީ މިފަދަ ސިފަހުރި މީހަކަށް ވެގެން ނުވާނެއެވެ. ޚުލަފާއުއްރާޝިދޫންގެ ޒަމާނާއި އުމަވީ ޢައްބާސީންގެ ޚިލާފަތާއި އަދި ގިނަ ޢިްމުވެރިންނާ އުއްމަތުގެ ސަލަފުންނާ ތާބިއީންނާ އަަޞްޙާބުން އަދި ކީރިތި ރަސޫލާގެ ހަޔަތްޕުޅުގައިވެސް އަންހެނަކު މިފަދަ މަޤާމަކަށް އިސްކޮށްފައެއް ނުވެއެވެ. މިއަދު ތަބަޢަތާބިޢިންގެ ޒަމާން އައިސް އެކަން މުގުރާލާ އުއްމަތަށް ޙަރާންކޯރުވާންވީ ހެއްޔެވެ؟

  18
  3
  • ތި

   ހުރިހާ އަންހެނުންނަކީ ތިބުނާކަހަ ބައެއްނޫން. ތިބުނާ ހަނދާންނެތޭ އަދި ހަޅޭލަވާ ބެވުމުން އަވަހަށް ސްޓްރެސް ވެ ގޮތްބަދަލު ކުރާބަޔަކު ފިރިހެނުން ތެރޭވެސް ތިބޭ. ބަޔަކު މީހަކު ދީނުގަ މިވެނި އެވެނި ގޮތަކަށް އޮވޭ ބުނާއިރަށް އެގޮތެއް ގަބޫލުކުރުން މިއޮންނަނީ. ފެންނަފެނުމަށް ބަލާ ވިސްނާފިކުރުކުރުމެއް ނޯވޭ. ތި ބުނާ ހަރުދަނާ މީހުންނާ ނޫން މީހުން ދެޖިންސުގަ ވެސް ތިބޭ.

 2. ނުމޯން

  ޖޯޖު ޑަބްލިޔޫ ބުޝްވެސް އަންހެނުންނައް ފަނޑިޔާރުކަންދޭން ތައްޔާރެވެ.

  15
 3. Anonymous

  ލާދީނީ އެންމެން އިސްލާމްދީނާއި އިސްލާމްދީނުގެ ހުކުމާދެކޮޅައް އެއްގަލަކައް އަރާތަން މިފެންނަނީ.

  22
  1
 4. އެންދެރި

  ދީނީ އިލްމް ނެތް މީހުން ދީނީ ވާހަކަ ދެއްކީމަ އެއީ ނުރައްކާތެރި ކަމެކެވެ.

  24
  1
 5. ކެހިވެރިން

  ވަހީދު ތާއިދުކުރާނެނުން ވަހީދަކީ އެމެރިކާއާ ގުޅިފަހުރިމީހެއް.. ގިނަދުވަހު އުޅުނީ އެމެރިކާގަ.. މޯދީއާ ސަލާން ކުރާގޮތް ފެނުނުމީހުން ހަދާނަން ގެނެބަލަ ވަހީދު މޯދީއާ ސަލާންކުރާގޮތް ދެއަތް ޖޯޑުކޮށް ހިންދޫން ކުރުނީސްކުރާގޮތަށް މީހާ ކުޑަވެ ނިކަމެތިވެ ފައިގަ ދެންމެ އޮޅުލައިގެންފާނެހެން.. ތާޖުމަހަލް ބަލަންގޮސް އެތަނުގަ ނަގާފަހުރި ފޮޓޯތަވެސް ހަމައެފަދަ.. ބޮލުގަ ރުމާއަޅާ ދެއަތްޖޯޑުކޮށްގެން.. މިސްކިތަށް ނަމާދަށްދާއިރުވެސް މިވަރުވާހެނެ ހީނުވޭ.. ވަހީދާ ނަޝީދާ ސޯލިހާ މައުމޫނާ ގާސިމާ މިއީ އެއްވައްތަރެ. މިއިން ކޮންމެމީހެއްގެ ކުޑަތަފާތެ ހުރީ ދީނާ ސިޔާސަތާ ގައުމިއްޔަތާ..

  18
  1
 6. ކޮލެޖު ބޯއި

  ވަހީދު ތީ ދެން ކާކު ތާއީދުކުރަން.

  18
  1
 7. އިއްބެ

  ވަހީދަކީ އަންހެނެއް އެހެންވީމަ ތާއީދު ކުރާނެ

  11
  3
 8. އަނީސާ

  ޢުޑެއްބުޑެއް ނުދަންނަ މި ދެންނެވީ ދީނީ ޢިލްމެއް އެއްގޮތަކަށްވެސްނެތްޖާހިލުން އެކަމަށް ތާއީދު ކުރާނެ އަދި މީނާއަކީދަަރިން ނަަށްވެސް ޢަރަބި އަދި ދިވެހިނަން ކިޔަންވެސް ދެކޮޅު މީހެއް މިފަދަ މީހުން ދައްކާ ވާހަކަ ގަބޫލުކުރާނީވެސް ޖާހިލުން މިދައްކަނީ އިސްލާމް ދީނުގަ ފަނޑިޔާރުކަމަށް އަންހެނުން އިސްކުރުމުގެ ވާހަަކަަމީނާޔަަށް ކިހިނެއް އެނގޭނީ އެކަމާ ބެހޭގޮތުން އެއްޗެއްބުނަަން

  12
  2
 9. ާަާަަައަސްލު

  ރ.އަލިފުއްޓަށްގޮސް މިސްކިތުގަ އައްމާފޮތުގެ ކުރުސޫރަތެއް ނުކިޔުނުމީހެއްތީ...ވައިޔާޒްބިﷲ..

  15
  1
 10. ޓްރޭސް

  ތިމަސްއަލަ އަކީ ކޮންމެ ސިފައެއްގައި ނަމަވެސް ޚިލާފެއް ހުރި ކަމަކަށްވެފައި ، ބޮޑަށް ބުރަ ވެވެނީ ކުރުމަށްވުރެ ނުކުރުމުގެ މައްޗަށް ކަމަށްވާތީ "ކުޑަކުޑަ ބާކޮޅެއް ހޯދައިގެން ދެމިގަންނަން ނޫޅެ" ތިޔަކަމުން ދުރުހެލިވުން މާ ރަނގަޅުކަމުގައި ދެކެމެވެ. މިއުޅެނީ ރާއްޖޭން ޤާޟީ ކަމުގެ ޝަރުޠު ހަމަވާ ފިރިހެނުން ހުސްވެގެނެއް ނޫނިއްޔާއެވެ. ފިތުނަ އެއް ރޯކުރުމުގެ ނިޔަތުގައި ހަމަ ކޮންމެހެންވެސް ގަދަފައި ވިއްދާފަ ތިޔަކަން ކުރަން ނޫޅެ ތިކަން (އަންހެނުންނަށް ފަނޑިޔާރުކަން ދިނުން) ހުއްޓާލުމަށް ނަސޭޙަތްތެރި ވަމެމެ.

 11. އަނި

  ބާގީ، ކާޅު

  3
  1
 12. ކާފަރު ޖިންނިތައް

  ތި ކަމާ އިދިކޮޅު ތި ވަނީ ހުސް ލާ ދީނީ ބައިގަނޑުކަން ވަރަށް ސާފު. ތީގެން އެކަކުވެސް އަައުރަ ނިވާ ނުކުރޭ ވިއްޔާ. އަދި މައުމޫން އަންނި ސޯލިހު ވަހީދު މިހެން ގޮސް ކޮންމެ މީހެއްގެ އަނހެނުންނަށް ބަލާލީމަ ފެންނާނެ ދީނަށް އަމަލު ކުރާ މިންވަރު. މީ ވަރަށް ވާހަކަ

  1
  1
 13. ވަހީދު

  ވަހީދަކީ ވެރިކަމުގައި ހުރިއިރުވެސް އަންހެނެއްގެ ދަށުވެފައި ހުރި އަންހެނެއް. ފިރިހެންވަންތަކަމުގެ އެއްވެސް ކަމެއް ހުރި މީހެއް ނޫން. އައްޓަމަހެއްހެން އޭރުވެސް އޮތީ އަންހެނެއް.

  3
  1
 14. އިސްކިންޓޯޓޯސޮނިފުހޭ

  ތިބޭފުޅާ ވެސް ކަޑައޭ

 15. ސަލްމާ

  އިބިލީހަކަށް ދޫނުކުރާނެ އިބިލީސް ތައް މިފާވަނީ ޔާﷲ މިލޮބުވެތި ގައުމު މުސްލިމުގައުމެއްގެ ގޮތުގައި ލަހައްޓަވާށި. މިއަދަކު ޢިލްމުވެރިންގެ ބަހެއް، ނެތް. އެއަށްވުރެން މާނުލަފާ ބައެއް މިހާރު އައިސްގެން މިއުޅެނީ.

 16. Anonymous

  މިދެން ކާކުތަ. ބަލައިގެން ޤްރުއާން ކިޔަވަން ނޭގޭ ފެންވަރުގެ މީހުން މިއުޅެނީ އިސްލާމްދީނުގެ ހުކުމްތަކާ ބެހޭ ގޮތުން ބަސްބުނަން. ކޮބާ ލަދު