އއ.އުކުޅަހުގައި ސަރުކާރުން ހެދި ކޮންވެންޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.
ރައީސް ޞާލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިއަދު އުކުޅަޖަށް ވަޑައިގެން ކޮންވެންޝަން ސެންޓަރު ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ނިންމީ ގާތްގަނޑަކަށް 25 ދުވަހުންނެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ސައިންސް އެންޑް ކޮމިޔުކޭޝަން މިނިސްޓަރު މުހައްމަދު މަލީހާއި އިންޑިއާގެ އެމްބެސެޑަރު ސަންޖޭ ސްދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އުކުޅަހު ކައުންސިލްގެ މެމްބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވި އެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، އިމާރާތް ކުރިތަނެކެވެ. އެތަން އިމާރާތް ކުރަން ގާތް ގަނޑަކަށް 17 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރުގެ މަސައްކަތް އަވަސްކުރީ ޕްރޮފެސަރ ހަސަން އުގައިލް އިސްވެ ހުންނަވައިގެން އެރަށުގައި ބާއްވާ ސައިންސްވެރިންގެ ކޮންފަރެންސް (ސްކިމާ ކޮންފަރެންސް) ބާއްވާ ތާރީހު އަވަސްވުމުންނެވެ.
ކޮންވެންޝަން ސެންޓަރުގައި 400 މީހުންގެ ޖާގައިގެ ހޯލަކާއި ވެއިޓިން އޭރިއާއަކާއި އެގްޒެކެޓިވް މީޓިން ރޫމެއް އަދި ވީއައިޕީ މީޓިން ރޫމެއް ހުންނާނެއެވެ. މީގެ އިތުރުން ދެ ކްލާސް ރޫމާއި އަށް ފާހާނާ (އަންހެން، ފިރިހެން ވަކިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނާތައް ހިމެނޭ ގޮތުން) އާއި ތިން ގުދަން އަދި ކޮންވެންޝަން ސެންޓަރުގެ އިދާރީ އޮފީސް ހުންނާނެއެވެ.
ކޮންވެންޝަން ސެންޓަރާއި އަކި އުކުޅަހަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެރަށުގެ ކައުންސިލުން އުއްމީދު ކުރެއެވެ.
5 މިލިއަން ރުފިޔާއިން އެޅެންއޮތް ތަނެއް 17މިލިއަން ރުފިޔާ ޚަރަދުކޮށްދެން އެޅީމާ މިޖެހުނީކޮންތާކު.