އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަނޑިޔާރުންގެ ލަފާ ހޯދާފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ދީނީއިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ނަޝީދަށް ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.
ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިލްމުވެރިންގެ ބަސް ހޯދުމަށްފަހުކަމަަށެވެ. އެޓްވީޓަށް ޖަވާބު ދެއްވަމުން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކޮންކޮން އިލްމުވެރިންނެއްތޯ ތިކަމަށް ފަތުވާ ދެއްވީ؟ ނަންތައް ހާމަކޮށް ދެވިދާނެތޯ؟" އެވެ.
Kon kon ilmuverinneh tho thi kamah fatwa dhevvee? Name thah haama koh dhevidhaane tho? @MohamedNasheed
— Dr.Mohamed Iyaz (@dr_iyaz) August 25, 2019
އިޔާޒްގެ ސުވާލާއި ގުޅިގެން ނަޝީދު އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖުޑީޝަލް ސާރވިސަސް ކޮމިޝަންގެ ލަފައަކަށް އެދުނުއިރު، ޖޭއެސްސީންވެސް ވަނީ އެ ދެ ނަންވެސް ބަލައިގަނެފައެވެ.
އެއާއެކު ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
އަންހެން ފަނޑިޔަރުން އައްޔަން ކުރުމާއި ބެހޭ ގޮތުން އަދާލަތު ޕާޓީން ރޭ ބަޔާނެއް ނެރުމުން އިޔާޒް ވަނީ ޒިންމާ އަދާކުރެވިއްޖެ ކަމަށް ވިދާޅުވެ އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ ބަހުސް ހުއްޓާލާފައެވެ.
"ހެއްކާއި ޤަރީނާ އާއި އެކު މައްސަލަ ބަޔާންކޮށް ދެވިއްޖެ. ނަސޭހަތް ދެވިއްޖެ. ނަމަވެސް ނަސޭހަތް އަޑުނާހާ ނަސޭހަތްދޭ މީހުންނަށް ބީރުކަންފަތެއް ދިއްކުރާ މީހުންނަށް އަޑު އިއްވައިދޭނެ ގޮތެއް ނެތް. ވަރަށް ސަލާމް. ورحمة الله وبركاته" އިޔާޒް ވިދާޅުވިއެވެ.
ތި ބޭފުޅާ އުޅުއްވަނީ ޤައުމުގެ ހަމަޖެހުން ނަގާލަންތަ؟
ކަލޭވެސް އޭގަ ބައިވެރިވޭ. ތިތިބީ ލާދީނީ ވެރިކަމެއް ހޯދައިގެން. ދެން ހެވޭ.
ތިބޭފުޅާއަކީ އަޅުގަނޑު ވަރަށް އިޙުތިރާމް ކުރާ ބޭފުޅެއް. އަދި ތަޢުލީމީ މޮޅު ބޭފުޅެއްގެ އިތުރުން ދޫހެލޭ ކުޅަދާނަ ބޭފުޅެއް. ނަމަވެސް ތިބޭފުޅުން ލާދީނީ އޭ ގޮވި ބޭފުޅުންނަށް ބައިއަތު ހިފައިގެން. ދީނީ ފަތުވާ ދެއްވައިގެން ރައްޔިތުންނަ ވިސްނުވައިދީގެން ގެނައި ސަރުކާރެއް މީ . އެހެންވީމާ ތިބޭފުޅުން ދެގުނަ މަސައްކަތް ކޮށްގެން ތިބޭފުން ކެނޑި ކަނޑުލުގެ ހިތި ފިލުވާ ދެއްވާ.
ދޮގުން ގޮށްޖެހިފައިވާ ދުލެއް
ދީނުގައި އޮތްގޮތެއް ނޭނގޭ. އެކަމަކު އޮތީ ސުވާލެއް. އަންހެނަކަށް ފަނޑިޔާރުކަމުގައި އިދެ ވަލީދޭންޖެހިއްޖެ ހާލަތެއްގައި ވަލީ ދީ ކައިވެންޏެއް ކުރެވިދާނެތަ؟ ފަނޑިޔާރުކަން ދިނީމާ ވަލީދީފައި ކައިވެންޏެއް ކުރުވާތަނުން އެ ދެމީހުންނަށް ދަރިން ލިބިއްޖިއްޔާ ވާނެ ގޮތެއްވެސް ނޭނގޭތީ. މިވާހަކަ މިއަހާލީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް އައި އައިމިނާވަދޫދު ކިޔާ މީހަކު ހަމަހަމަކަމުގެ ވާހަކަ އިސްލާމީ މަރުކަޒުގައި ދެއްކި ތަނަށް ދެވިފައި އޮތީމާ. އޭގެ ވިއްސަކަށް ތިރީހަކަށް އަހަރު ފަހުން ވީޑިއޯއަކުން ފެނުނީ އެ އައިމިނާ ވަދޫދު ހުކުރުކުރަން ހުއްޓާ ކަމަށްވާތީ.
ސުްޕްރީމްކޯޓުގެ އަންހެން ފަނޑިޔާރަކު މައްސަރުކަންތަކުގަ ހުންނަވައިގެން ގައުމީބޮޑު މައްސަލައެއްގެ ކޭސް ހެންޑަލް ކުރުމައް ދޫކުރެވިދާނެތޯއެވެ.؟ އިލްމުވެރީން ގާތުއަހާލަން ބޭނުންވޭ އަންހެން ފަނފިޔާރަކު މައްސަރުކަމުގަ ހުރެގެން ހުކުމް އިއްވާ އެހެން މީހުންނައް ހުވާލާދީ ހެދިދާނެތޯ.؟ އަންހެން ފަނޑިޔާރަކު މައްސަރުކަމުގެ ދުވަސްވަރު ޝައްކެއްނެތް މިންވަރައް ދެނެނުގަނެވޭކަމުގަ ވާނަމަ މައްސަރުކަމުގަ ހުރެގެން ގާޒީއަކައް އަދާނުކުރެވޭނެ ކަންކަން ހުއްޓުވާނީކިހިނެތްތޯ.
ޑރ. އެވަނީ ބުނެދެއްވާފަ. ތާއީދުކޮށްގެން ގެނަޔަސް ބުނަންވީ އެތި އެވަނީ ބުނުއްވާފަ. އަޑު ނޭހުމުން ކުރާނެކަމެއްނެތް. އެމީހުން ބޭނުންކަމެއް އެ ބޭނުންވާ ގޮތަށް ކުރާނެކަން އެއީ އެންމެންވެސް ދަންނަ ކަމެއް.
ކުރީގަވެސް ހެދިހެން ވެރިކަމުގަ ތިބި މީހުންގެ މަސް ވީދައިގެން ކާން ކެރޭނެތަ އެއަށް؟ ނުކެރޭނެ. މިހާރު އެހެރީ މަ ހޯހޯ ބުނެފަ ފަހަތަށް ޖެހި. ހަޔާތް މަދީ.
ތީހޭބަލި ވެފާ ތިބޭ ބައެއް
އަދި ދުނިޔެ އެއް އޮތްކަން ހަނދާންކުރާތި.! އެބައިގަނޑު ވެރިކަމަށް ގެންނަން ތިޔަ ދީނީ ޑރ. އެއް ދިވެހިންގެ ބޮލައް އެރި ޖެހި ސަކަރާތް ފެންނަން މިހުރީ މުޅި އިންޓަނެޓް ގައި.
ރިއާ ތިބުނީ ހަމަ ތެދެއް. އެމީހަކު ހޭވިހަޑިއެއް ފިލުވަންވެސް އުޅެންވާނީ އެމީހަކު.
އަންހެން ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތިރީގައި މިދަންނަވާ އިލްމުވެރިންގެ ބަސް ހޯދުމަށްފަހު،
ރާްޖެއިން
1 ނަޝީދު
2 އިބްރާ
3 މައުމޫނު
4 މަވޯޓާ
5 ޖާބިރު
6 އިބޫ
7 ފައިސަލް
ރާއްޖޭން ބޭރު
1 ނަތަންޔާހޫ
2 މޯދީ
3 ޓްރަންޕް
4 ޑަކްޓަރު ވަހީދު
ކޮބާ ޝަހިންދާ
މުސްލިމުން ، މުސްލިމް އިލްމުވެރިންދޭފަތުވާ ގަބޫލްކުރާނެ ޔަހޫދީންނާ ނަސާރައިންނާ ބުޑިސްޓުންނެއް ، މުސްލިމް އިލްމުވެޔަކު އިސްލާމްދީނުގައިވަކަމެއް ދީނާ އެއްގޮތަށް ދޭ ފަތުވާ އެއް ގަބޫލެއްނުކުރާނެ.
ކޮކަޑި ކައިގެން ވަރުބަލިވެފަ އޮތް މީދާތަކެއް ފެންދިނީމާ ވާނެ ގޮތް މި ފެންނަނީ،އިޔާޒުމެން މި މީދާތަކަށް ފެންދިނީމާ ގައުމު މިއޮތް ކާލާ އިސްލާމީވަންތަކަން ނަގާލާ އިޔާޒުމެން އަތުގައި މި މީދާތައް މިއަދު ދަތް އަޅަނީ،
ތި ކަމާ އިދިކޮޅު ތި ވަނީ ހުސް ލާ ދީނީ ބައިގަނޑުކަން ވަރަށް ސާފު. ތީގެން އެކަކުވެސް އަައުރަ ނިވާ ނުކުރޭ ވިއްޔާ. އަދި މައުމޫން އަންނި ސޯލިހު ވަހީދު މިހެން ގޮސް ކޮންމެ މީހެއްގެ އަނހެނުންނަށް ބަލާލީމަ ފެންނާނެ ދީނަށް އަމަލު ކުރާ މިންވަރު. މީ ވަރަށް ވާހަކަ
ޝޭއިޚް އިލްޔާސް ގެ ބަސްކޮޅެއް މިކަމުގައި އެންމެ ރަނގަޅުވާނެކަމަށް ދެކެނީ.
Rayyithunge majuleehunge minbarun naai fandiyaarun ”AURA”nivaanokoh thibumakee saththa in saththa muslimu miqaumu ladhuvethivaakameh Adhi majuleehuge menbarunnaai fandiyaarun AURA Nivaanokoh ethanthanah hide nuvadheveygothah Qavaaidhuthah islaahu kuranjehey