އަންހެނުން ޤާޟީކަން ދިނުމާމެދު އިންކާރުކުރަށްވާ ސަލަފުގެ ގިނަ ޢިލްމުވެރިން ވަނީ ކުށެއް ކުރައްވާފައި ކަމަށް ދީނީއިލްމުވެރިޔާ އައްޝައިހް ހުސައިން ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހުސައިން ރަޝީދު ވިދާޅުވީ ޤާޟީކަން ދިނުމާމެދު އިންކާރުކުރައްވާ ސަލަފުގެ ގިނަ ޢިލްމުވެރިންނަކީ އޭނާ ވަރަށް އިޙްތިރާމު ކުރާ "ބޮޑު ޢިލްމީ ކަނޑުތަކެއް" ކަމަށެވެ.

"އެބޭކަލުން ގިނަ ކަމުގައިވިއަސް ކުށްކުރެއްވެވިދާނެ ކަމީ ޝައްކައް އޮތް ކަމެއް ނޫނެވެ. މިމައްސަލާގައި އެބޭކަލުން ހިއްޕެވި ދަލީލަކީ މައްސަލަ ޙަރާމް ކަމަށް ސާބިތުވާން އޮތް ދަލިލެއް ނޫނެވެ." ހުސައިން ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަމެއް ޙަރާމްވާއިރު ވަރަށް ސާފު ޞަރީޙަ ދަލީލު ޤުރުއާނުން ނުވަތަ ޙަދީޘުން ފެންނާން ހުންނަން ވާނެކަމަށާއި މިތާގައި އެބޭކަލުން ޤުރުއާނުން ދައްކަވާދަލީލުތަކަކީ ގެވެށިއާއިލާއާ ބެހޭގޮތުން އައިސްފައި ހުރި އާޔަތްތަކެއް ކަމަށެވެ.

"ދެން ޙަދީޘަކީ ކިސްރާގެ ޚާންދާނާމެދު ބަޔާންކުރެއްވި ބަސްފުޅެކެވެ. އެހެނަސް ކަމެއް ކާމިޔާބު ނުވުމަކީ އެކަމެއް ޙާރާމް ވުމެއް ނޫނެވެ. ކީރިތި ރަސޫލާގެ ބަސްފުޅުގައި އެހެން އޮތުމުގެ ނަތީޖާއަކަށްވީ ފާރިސްކަރައިގެ ވެރިކަން ދުވަސްކޮޅަކުން ވެއްޓިގެން ދިއުމެވެ. އަދި އެޙަދީޘުވައި އައިސްފައިވަނީ ޤައުމުގެ އިސް ވެރިޔާގެ ވާހަކައެވެ. ޤާޟީގެ ވާހަކައެއް ނޫނެވެ." ހުސައިން ރަޝީދު ވިދާޅުވިއެވެ.

އަންހެނުން ޤާޟީ ކަމަށް ގެންނަން ސާފު ބަހުން ހުސައިން ރަޝީދު ތާއިދު ކުރައްވާފައި ނެތް ނަމަވެސް އޭނާގެ ބަހުން ދޭހަވާ ގޮތުގައި އަންހެނުން ޤާޟީ ކަމަށް ގެންނަން އޭނާ ތާއިދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ގުއިދައިތަ

    މުނާފިޤު ކަލޭގެ..

    56
    2
  2. Anonymous

    ހުސައިން ރަޝީދަކީ ކާކު. ޢިލްމުގެ އަހްލުވެރިން ގެންނެވި ދަލީލަކީ ދަލީލެއް ނޫން ކަމައް ބުނަން. މީނާ އަކީ އެއްވެސް އިލްމެއް ނެތް ޖާހިލު މުނާފިގެއް

    58
    7
  3. ޒަބީރު

    ސުްޕްރީމްކޯޓުގެ އަންހެން ފަނޑިޔާރަކު މައްސަރުކަންތަކުގަ ހުންނަވައިގެން ގައުމީބޮޑު މައްސަލައެއްގެ ކޭސް ހެންޑަލް ކުރުމައް ދޫކުރެވިދާނެތޯއެވެ.؟ އިލްމުވެރީން ގާތުއަހާލަން ބޭނުންވޭ އަންހެން ފަނފިޔާރަކު މައްސަރުކަމުގަ ހުރެގެން ހުކުމް އިއްވާ އެހެން މީހުންނައް ހުވާލާދީ ހެދިދާނެތޯ.؟ އަންހެން ފަނޑިޔާރަކު މައްސަރުކަމުގެ ދުވަސްވަރު ޝައްކެއްނެތް މިންވަރައް ދެނެނުގަނެވޭކަމުގަ ވާނަމަ މައްސަރުކަމުގަ ހުރެގެން ގާޒީއަކައް އަދާނުކުރެވޭނެ ކަންކަން ހުއްޓުވާނީކިހިނެތްތޯއެވެ.

    41
    5
  4. ޖަމާއަތްތެރިޔާ

    ކޮބާ ތިމާގެ އަމިއްލަ ޕާޓީ އެކުދިންނާއިދިމާލަށް އިގިލިދިއްކޮއްލަންވެސްނުކެރޭ. ބިރުންހުރެ މީހުންގެބޮލުގައިއިލްޒާމްތިޔައަޅުވަނީ ނަތީޖާވަރަށްގޯސްވާނެ

    36
    1
  5. ހުސޭނުބޭ

    އަންނި ޗާބީދޭން ގެންގުޅޭ އެއްކަލަ ބުދު ނުކުމެއްޖެ! ދެން އަންނި އައިސް މީނާގެ ކަންފަތްދަށުގައި ތިމަންނާ މިއީ އަންހެނެކޭ ބުނާށޭ ބުންޏަސް އެހެންވެސް ބުނާނެ! މިކަލޭގެ މީ ދީނީ އޮލްމުވެރިއެއްވެސްނޫން! މިއީ ޢަރަބި ޓީޗަރެއް!

    22
    1
  6. ތެދު

    ކަލޯކައިރީގަތިހިރީ ދީނައްކިހާވަރަކަށް ފުރައްސާރަކޮއްފަހުރި އިބިލީހެެއް...ދުނިޔެއާހެދިތިހިރަމޮޔަވީ...އަންހެންދަރިވެސް މާމޮޅުއިލްމްވެރިޔަކޯ...ސުބުހާނަﷲ.

    36
    1
  7. ޓްރޭސް

    ތިމަސްއަލަ އަކީ ކޮންމެ ސިފައެއްގައި ނަމަވެސް ޚިލާފެއް ހުރި ކަމަކަށްވެފައި ، ބޮޑަށް ބުރަ ވެވެނީ ކުރުމަށްވުރެ ނުކުރުމުގެ މައްޗަށް ކަމަށްވާތީ "ކުޑަކުޑަ ބާކޮޅެއް ހޯދައިގެން ދެމިގަންނަން ނޫޅެ" ތިޔަކަމުން ދުރުހެލިވުން މާ ރަނގަޅުކަމުގައި ދެކެމެވެ. މިއުޅެނީ ރާއްޖޭން ޤާޟީ ކަމުގެ ޝަރުޠު ހަމަވާ ފިރިހެނުން ހުސްވެގެނެއް ނޫނިއްޔާއެވެ. ފިތުނަ އެއް ރޯކުރުމުގެ ނިޔަތުގައި ހަމަ ކޮންމެހެންވެސް ގަދަފައި ވިއްދާފަ ތިޔަކަން ކުރަން ނޫޅެ ތިކަން (އަންހެނުންނަށް ފަނޑިޔާރުކަން ދިނުން) ހުއްޓާލުމަށް ނަސޭޙަތްތެރި ވަމެމެ.

    27
  8. ހުސެން

    މާތް ނަބިއްޔާ صلى الله عليه وسلم ޙަދީސެއްގެ މައްޗަށް ބަހެއް ނުބުނެވޭނެ،ހުސޭނަކަސް

    22
  9. ދދދދދދ

    ކަލޭ ތީ ދީނީ އިލްމުވެރިއެއް ކަމަށް ކަލޭގެ ލާދީނީ ބާގައި މީހުންވެސް ގަބޫލެއް ނުކުރޭ. ކާކު ކަލޭގެ ވާހަކަ އަޑުއަހަނީ. ތާކުންތާކުޖެހޭ މީހެއް ނޫން.

    15
    2
  10. ކައުންސެލަރު

    މައުމޫނާ ދިމާލަށް ސުންނަތްޖަމާއަތުގެ މީހެއްނޫނޭ ބުނާމީހާ މީ ކުށްނުކުރާމީހާ؟! ކަލޭގެ ލަދުކޮބާތަ

    12
  11. ވިސްނާ

    ޢަމިއްލަ ދަރިންގެ ވާހަކަ ދައްކާ. ޢައުރަ ނިވާނުކޮށް ދީނަށް ފުރައްސާރަ ކުރުމުގަ އެތިބީ.

    11
    2
  12. ޢާލިމު

    އަޅުގަނޑުގެ އޮތީ އެންމެ ސުވާލެއް .އެންމެންވެސް އެއްބަސްވޭ .އަންހެނުންނަށްވުރެ ފަނޑިޔާރުކަމަށް އިސްކުރަން ރަނގަޅީ ފިރިހެނުންކަން . އަދި އެއީ ޙަރާމް ކަމަކަށްނޫން ކަމަށް ވިދާޅުވާ ބޭފުޅުންވެސް ވިދާޅުވޭ އެގޮތަށް . އަޅުގަނޑު ޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި ކޮށްލަން ބޭނުންވާ ސުވާލަކީ މާތްރަސޫލާ އެކަމެއް ކުރީމާ އެކަން ރަނގަޅުނޫންކަމަަށް އަދި އެއީ ޙަރާމް ކަމެއްނޫންނަމަވެސް ވިދާޅުވެފައިވާ ކަމެއްގައި މާތްރަސޫލާއަށް ލޯބިކުރާ ކަމަށް ދަޢުވާ ކުރާ އިސްލަމީ އުއްމަތުގެ މީހަކު ޢަމަލްކުރަން ޖެހޭ އެންމެ ރަނގަޅު ގޮތަކީ އެބަސްފުޅަށް ނުވިސްނާ ''ފަލާޙެއް ނުލިބޭނެއޭ '' ޙަދީޘްކުރެއްވުމުން އެޙަދީޘްކުރެއްވީ ޙަރާމެކޭ ނޫނޭ ވިދާޅުވެ އަންހެން ފަނޑިޔާރުންް އިސްކުރުންތޯއެވެ؟ ރަސޫލާއަކީ ހަވާނަފުސަށް އެއްޗެއް ވިދާޅުވާ ބޭފުޅެއްނޫން. އަޅުގަނޑުމެން މިކިޔަނީ ފަނޑިޔާރުގެ އިޞްލާޙްކުރާ ވާހަކަ . އެހެންވީމާ އިޞްލާޙްވާނެތޯ؟ ފަނޑިޔާރުގެ މިގޮތަށް ޢަމަލްކޮށްގެން ވާއުއްމަތާ .ވާއުއްމަތާ.މިއުއްމަތަށް ރަސޫލާ އެންގެވި ކަންކަން ބަދަލުކޮށް ވެރިންނާ އެއްކޮޅަށް ތެދުވާ '' ޖާހިލް ޢިލްމުވެރިންގެ ވާހަކަ '' ރަސޫލާ ވަނީ ބަޔާންކޮށްދެދްވާފަ. އުއްމަތުގައި މީހުންގެ ޢަދަދުގިނަޔަސް އުއްމަތް އޮޔާދާ ކުނިތަކެއްފަދަ އަާރެއް ބާރެެއްނެތް އުއްމަތަކަށް ވާނެކަމުގެ އިންޒާރު ރަސޫލާވަނީ ދެއްވާފަ. އެޒަމާން ނުފެނޭތޯ؟ ކޮބައިތޯ ؟ މުސްލިމުން ހުޅަނގުގެ ފިކުރަށް ތަބާވާ މުސްލިމު ޢިލްމުވެރިނަށް ލިބުނީ ކޮންއެއްޗެއްތޯ؟ ރައްޔިތުންމަޖުލިސްގެ މެމްބަރުންނަކަށް ނުފެނޭތޯ؟ ޢަމުދުން މުސްލިމު ޤައުމެއްގެ ފަނޑިޔާރަކަށް ޙައްދުގެ މައްސަލަތަކާ ޤިޞާޞްފަދަ މައްސަލަތަކުގެ ޙުކުމް ނޭނގޭ ބަޔަކު ފަނޑިޔާރު ކަމަށްއިސްކުރުން ޙާކިމާއަށް ހުއްދަވާނެ ކަމަށް އިސްލާމީ އެއްވެސް ޢިލް ވެރިޔަކު ވިދާޅުވެފައެއް ނުވޭ. އަޅުގަނޑު ޙުސައިންރަޝީދަށް ގޮންޖަހަން އެފަދަ އެއްމެ ޢިލްވެރިއެއްގެ ނަންވެސް ބަޔާންކޮށްދޭން. އަޒުމިރައްލާ އާއި ސުޖޫނަކަށް ނޭނގޭނެ .ރައްޔިތުން ކުރިމަތީ ލައިވްކޮށް އެފަރާތްތަކާ އިންޓަވިއު ކުރައްވާ އެކަން ސާބިތުކޮށްދޭން ރައީސުލް ޖުމުހޫރިއްޔާއަށް ގޮވާލަން.
    ނުމީރަށްމީރު ހުތުރަށް ރީތި ކިޔަމުން
    ނުމީހުން މީސްވަމުން އެބަ ކަމުދަމުންދޭ

    23
  13. ޢާލިމް

    އަހަރެންގެ ކޮމެންޓް ޝާއިޢު ނުކުރީކީއްވެ؟

    3
    1
  14. ނުރަބޯ

    ހަމަ އެކައްޗެއް. އެއް ގަލުން ފެހިކެއި ލަނޑާތަކެއް މިއުޅެނީ.......!!

  15. ލަނޑާ

    ބަލަ ޢިލްމްވެރިންބަޔާންނެރުނުއިރު އެއޮތީފެންނަން އެކަމުގަ އެބޭފުޅުންބެއްލެވި ބޭބޭކަލުންގެނަންތައްވެސް ކަލެޔައްކީއްވެތަ އެގޮތައްނަންތައް ތަފްސީލާއެކު ލިޔަންނުކެރުނީ ތިހެންކަލޭ ބިރުންހުރެ ބޮޑުނުލަފާބުނާގޮތައްބަޔާންނެރުނަސް ބަޔަކު ޤަބޫލެއްނުކުރާނެ

  16. ޔޫސޭ

    ހުސެއިން ރަޝީދު ވާނެ ފައްޅިއެޅީމަ އެތާންގެ އިސް ފާދިރީއަށް! މަށަށް އޭނަ ސިފަވަނީ ފާދިރީ އެއްގެ ސިފައިން!

    13
    1
  17. ޢައިސަ

    ޙުސައިން ރަޝީދު އެއީ ކޮން ގައުމަކުން ދީނީ އިލްމު ހާޞިލް ކުރިމީހެއްބާ
    ސެޓްފިކެޓު ދައްކާށޭ ބުނެބަލަ
    ޢަނގައިގަ ކަށިނެތް ދުލެއް އޮވެގެން ތެޅިބާލާ ގޮތެއްފޮތެއް ނެތް މީހެއް

  18. ފަރުލޮކިބެ

    އެ ޝޭހު ކަޑަ

  19. ޢައިސަތު

    ކަލޯ ބަޔަކަށް އިހުތިރާމު ކުރިޔަސް ކަލެއަށް އިހުތިރާމު ކުރާމީހަކު ނޫޅޭ
    ޙަޔާތްކުޑަ މީހުންނާ ތޮޅެން އުޅޭނީވެސް އެފަދަ މީހުން ކަމުގައިވާތީ މީހަކު އަޅާނުލަނީ
    ދެން ދުވޭ

  20. އަލީ

    ކަލެއާ ކަލޭގެ ބްރޯ އަންނިއާ ނޫނީ ނޫޅޭނެ ކުށެއް ނުކުރާ މީހަކު

  21. ފަތުވާ ހަންޓިން އިޒް އަ ބިޒްނެސް!

    ރިޔާސީ ވޯޓްލާން އޮތްރޭ ހަނދާންވޭތަ އަންނި މީނަ އަރުވާ ބުނުވި އެއްޗެއް. މޑޕ އަށް އަނެއްދުވަހު ވޯޓްލީ ބައެއްމީހުން ހިފީ އެބަހުގަ. ދީން ނުބައްސާ ކުރަން ހުއްދައީ ކޮންކަމެއް ﷲ މި ދުނިޔޭގަ ލެއްވި އަޅުންނަށް. ކެއިންބުއިމުގާ ބަލަންޖެހޭ. ނިދާ ހޭލުމުގާ،އަނބިދަރިން ހޯދުމުގާ،މަސަައްކަތާ ރިޒްޤް ހޯދުން، ދޭދޭ މީހުންނާ މުއާމަލަތު ކުރުމާ ޢައިރު މުސްލިމުންނާ ގުޅޭ ކަންކަން، އދުލު އިންސާފު، ޝަރީއަތާ ޤާނޫނާ ހައްދު، މުނިފޫހި ފިލުވުމާ އަޚްލާގު،ތަައުލީމާ ތަރުބިއްޔަތު، ލޯތްބާ އަޅާލުމާ އޯގަތެރިކަމާ ކެއްތެރިކަން، ބަލިބައްޔާ ޝިފާޔާ،ފައިސާޔާ ދަރަންޏާ،ޖިހާދާ އަޅުކަމާ،އަމަން ބެލެހެއްޓުމާ، ތަރިކަ، ސަދަގާތް،ދީލަތިކަމާ ފާޚާނާ ކުރުމާ މިހެންގޮސް ހިތަތް އަރާކޮންމެކަމެއްގަ އިސްލާމްދީން ވަކިކުރަން ﷲނެތް އެއްވެސް ކަމެއްބާވަލައްވާފަ. ސޯ އަނެއްކާ އަންނި މި ދެއްކީ މީނާގެ ފަތުވާ. ލޯމަރަލާފަ ޤަބޫލު ކުރާނެ މީހުން ތިބޭނެ މިހާރު. ދެން ތިބެނީ ލޯ ހުޅުވައިގެންތިބެ ގަބޫލުކުރަމީހުން.މި ސަރުކަރު ގެންނަން ވޯޓްދިން މީހުން. މައުމޫން ބަދަލުކުރަންވީމަ ރައްޔިތުންކައިރީ ބުނި ފާފަވއރިވަނެޔޯ މައުމޫނަށް ވޯޓްލައިފިއްޔާ. ދެން އައިމީހާޔާ އޭނާގެ އާއިލާގެ ދަރިފަސްކޮޅުގަ އިސްލާމްދީން ނެތްކަން ފަޅާ އެރިތަނެއްނުފެނޭ އެދުވަހު އެހެންބުނި ވ ދީނީ ދިވެހި ދަރިން

  22. 1111

    ހުސައިން ރަޝީދެވެ. ސުންނަތަކީ ރަސޫލާ ޞ ގެ ބަސްފުޅު އެކަނިތޯއެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަކަކީ ސުންނަތް ނޫންތޯއެވެ. އަމުރަކަށް ވަނީ ކުރަން ނުވަތަ ނުކުރަން ކަނޑައެޅިގެން ދުލުން ބުނުމުން ތޯއެވެ. އެކަލޭގެފާނު ދުވަަހަކުވެސް ކޮށްފައިނުވާ، ޙަޔާތްޕުޅުގައި ބަޔަކަށް އެކަމެއްގެ އަސަރު ފެނިފައިނުވާ، އެއްވެސް ގޮތަކުން އެކަމެއް ނުކުރުމަށް ބުރަ ވެފައިވާ، ހެޔޮ 3 ޤަރުނުގައި އެކަމަކުން މަނާ ވެގެންފައިވާ ކަމެއް "މަނާ" ވެގަތުމުގެ ތެރެއަށް ނުވަދެ ދެން ވަންނާނީ ފަހެ ކޯއްޗެއްގެ ތެރެއަށްތޯ!

  23. ކޚ

    ކީއްވެ ހަރާމްކަމެއްކޮށްފިޔޭ ނޫނީ ފާފައެއްކޮށްފިޔޭ ނުބުނެވިގެން ތިއުޅޭނީ ؟ ޢެއިންވެސް އެނގޭ ތިދައްކާ ވާހަކައިގަ ބުރަދަނެެއް ނެތްކަން ... ކުށެކޭ... !! ސަލަފްއޭ.. !!