އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި މެދު ބަހެއް ބުނުން އެންމެ ރަނގަޅު ކަމަށް ގަބޫލު ކުރެވެނީ ރާއްޖޭގެ ފިޤުހު އެކަޑަމީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، ވާހަކަފުޅު ދައްކަވާފައި، އިލްމުވެރިން ވިދާޅުވާ ބަސްފުޅާއި އިދިކޮޅަށް އަމަލު ކުރައްވަމުން އެބަގެންދެވައެވެ.

އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި މެދު ބަހެއް ބުނުން އެންމެ ރަނގަޅު ކަމަށް ގަބޫލު ކުރެވެނީ ރާއްޖޭގެ ފިޤުހު އެކަޑަމީ ނަޝީދު ވިދާޅުވީ އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ދެކޮޅަށް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި މެންބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުންނެވެ.

އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި މެދު ބަހެއް ބުނުން އެންމެ ރަނގަޅީ ރާއްޖޭގެ ފިޤުހު އެކަޑަމީ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު ފިޤުހު ކަންކަމުގައި ގޮތެއް ނިންމަން ރާއްޖޭގައި އޮންނަ ފަތުވާ މަޖިލީހުން ވަނީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުން އެއީ ޙަރާމްކަމެއް ކަމަށް އިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށް ނިންމަވާފައެވެ. އެނިންމުން އިއުލާންކޮށް ބަޔާނެއް ވެސް ފަތުވާ މަޖިލީހުން ނެރުއްވާފައި ވެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ފުރަތަމަ ވިދާޅުވީ ފަތުވާ މަޖިލީހުގެ ބަޔާން ހޯދުމަށް އިންތިހާއަށް މަސައްކަތް ކުރަމުން ވެސް އެބަޔާން ފެނިވަޑައި ނުގެންނެވި ކަމަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެމަނިކުފާނު ވިދާޅުވީ ފަތުވާ މަޖިލީހުގެ ބަޔާން ލިބިވަޑައިގެންފައިވާ ކަމަށާއި އެބަޔާން މެންބަރުންނަށް ވެސް ފެނިވަޑައިގަންނަވާ ގޮތް މިހާރު ހައްދަވާފައިވާ ކަމަށެވެ.

ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އިލްމުވެރިންގެ ލަފާ ހޯއްދަވާފައި ކަމަށް ވެސް ނަޝީދު ވަނީ ރޭ ވިދާޅުވެފައެވެ. ނަޝީދު އެހެން ވިދާޅުވުމުން ބައެއް ފަރާތްތަކުން ގެންދަނީ މަޝްވަރާ ކުރެއްވި އިލްމުވެރިންގެ ނަން ހާމަކުރުމަށް އެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އެޖެންޑާ 19

  އެޖެންޑާ 19 ތަފަތު ވާނީ މިވަރަށް

  47
 2. ާާާޢަލީ

  ކިޔޭ އެއްޗެއް އެގިގެންތާ ދިމާވާނީ މިގައުމުގެ ކުޑަކުދިންނަށްވެސް އެނގޭ ތިޔަމިހާޔަށް ކިޔޭއެއްޗެއް ނޭގޭނެކަން....

  55
 3. ސަންތިމަރިޔަބު

  ތީ އާކަމެއްނޫ މުޅިންވެސް ބުނާގޮތާ އިދިކޮޅަށް ކަންކަން ކުރާމީހެއްގެ ވާހަކަނު ތިދައްކަނީ ހަމަހިނިއަންނަނީ

  11
 4. ފޭކު ޢިލްމުވެރިޔާ

  ފަނޑިޔާރުކަމުން ނިންމައެއް ނުލާނެ، އެއްޖިންސު ކަންތައްގަނޑު ވެސް ހުއްދަ ކުރާނެ "ފޭކު ޢިލްމުވެރިންގެ ރައުޔާއި" އެއްގޮތަށް.

  10
 5. ސަމީމް

  ހަބަރެއް ޖަހާލަދީބަލަ.. ރައްޔިތުންނަށް އޯގާތެރި ސަރުކާރުގެ ރައީސްއާއި ބައްދަލު ކޮއްލައްވަން އެޕޮއިޓްމެންޓައް އެދިގެން ކިހާދުވަހެއް ނަގާނެބާއެވެ. ނުވަތަ ނައިބު އާއި ބައްދަކޮއްލަން ކިހާދުވަހެއް ނަގާނެތަ. 8 މަސް ވަރު މަށައްނަގައިފި. އިންސަފު ހޯދައިދޭން ކަމައްބުނި ސަރުކާރުންވެސް އިންސާފައް ހުރަސް އެޅުމުގަ. މައުލޫމާތު ބޭނުންނަމަ ދެވިދާނެ... ހަބަރުގެ ހެޑިން އެއް ޖަހާލަ ދީބަލަލަ..

 6. ހުސެން

  މޯޑީޖީގެ ފަތުވާ ކަލެޔާއި އިބުރާހީމް އަޑޫއަހާނީ،ކޮން ފިޤުހެއް ކަލޭމެން އަޑޫއަހާނީ،އިހަށް ފަސް ނަމާދު ކޮންމެ ދުވަހަކު ކުރެވޭތޯބަލާބަ ރޯނާ

 7. ކާފަރު ޖިންނިތައް

  ތި ކަމާ އިދިކޮޅު ތި ވަނީ ހުސް ލާ ދީނީ ބައިގަނޑުކަން ވަރަށް ސާފު. ތީގެން އެކަކުވެސް އަައުރަ ނިވާ ނުކުރޭ ވިއްޔާ. އަދި މައުމޫން އަންނި ސޯލިހު ވަހީދު މިހެން ގޮސް ކޮންމެ މީހެއްގެ އަނހެނުންނަށް ބަލާލީމަ ފެންނާނެ ދީނަށް އަމަލު ކުރާ މިންވަރު. މީ ވަރަށް ވާހަކަ

 8. ނަމަ

  ކުރިއައް 07 ކުޅި ކުލޭތީ އެހެން އެވަނީ

 9. ރައްޔިތުމީހާ

  ކިތަންމެ ބަޔަކު ތާޢީދު ކުރިނަަމަވެސް ﷲއާއި ރަސޫލާ ވަކިގޮތެއް ކަނޑައަަޅުއްވާފައި އޮތްކަމެއްގެ ޙުކުމެއް ބަދަލެއް ނުކުރެވޭނެ އަދި ނުވެސް ވާނެ.

 10. ާއަޙުމަދު

  ހިދުކޮޅު އައިދުވަހެއްދޯ! ޢެސޮރު ކައިރީ ބުނެބަލަ މިހާރަކު ފިޤްހު އެކަޑަމީ ކިޔާތަނެއް މިރާއްޖެއަކު ނުހުރެއޭ. ތިހަދާންވަނީ މާޒީއޭ. ކީއްކުރާނީދޯ މިވަރުގެ މީހުނާ ކަލޭމެން ތިހަވާލުކުރަނީ ކޮންފަދަ
  ބޮޑެތި މަގާމު! މިފަދަ ހަދާންބަލި ނޫނީ މައުލޫމާތު މަދު މީހަކު އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރާނީ ކޮންފަދައަކުން!

 11. ޢާއިޝަތު

  އެޖެންޑާ 19 ތަފާތުރަހަތަކަށް މިހާރު އިންސާފު ކުރެވެމުން ދާކަން ފާހަނގަކޮށްލަން