ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކުރުމަކީ ގާނޫނު އަސާސީ އާއި ވެސް އަދި އިސްލާމްދީނާއި ވެސް ހިލާފު ކަމެއް ނޫން ކަމަށާއި
ރާއްޖޭގެ ވެރިކަން ކުރުމާއި ހަމަޔަށް އަންހެނުން އަންނާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކުރަން ސަރުކާރުން އުޅޭތީ އެކަމާއި ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖްލީހަށް ހުށަހެޅި މައްސަލައިގައި މަޖްލީހުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ދެ އަންހެން ބޭފުޅުން ނަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުއްވުމަކީ މޮޅު ކަމެއް ކަމަށެވެ.

"ދަންނަވާލަން ބޭނުން ވަނީ ރާއްޖޭގެ ވެރިކަން ކުރުމާ ހަމައަށް އަންހެނުން އަންނާނެ ފަރިތަވާން ފަށާށޭ. ތައްޔާރުވާން ފަށާށޭ. ހުރިހާ މަރުހަލާއެއްގައި އަންހެނުން ކުރިއަރަމުން ދާނެ،" އީވާ ވިދާޅުވިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ވެސް ބަހުގެ ހޫނު ހަމަލާތެއް ރައްދު ކުރައްްވަމުން އީވާ ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އިސްލާމީ ބޮޑެތި ގައުމުތަކުގައި ވެސް އަންހެނުން ފަނޑިޔާރުކަން ކުރަމުން ގެންދޭ ,ރައީސް ސޯލިހުގެ ނިންމެވުމަކީ މޮޅު އަދި އިންސާފުވެރި ނިންމުމެއް" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވެސް އަދި ދެން އެ ދާއިރާ އިން މަޖިލީހަށް ވެސް އިންތިހާބުވެ ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަން

    މަންޖެ ނުބުންޏަސް އަހަރެމެން ދެނެހުރިން ކަލޭމެން ޔަހޫދީ ބައިގަޑު ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައީ އިސްލާމީ އުސޫލުތައް މިރާއްޖެއިން ފޮހެލަން ޕްލޭންކޮށްގެން ކަން.

    72
    3
  2. މުހައްމަދު

    ކަލޭމެންގެ ހުރިނިކަމެތިކަމާދޭތެރޭ ކަލޭމެންވިސްނާލީމުތަ؟ ގަދަސް ބުނުމުގެކުރިން...

    64
    2
  3. ހުސެން

    ނާދެވޭނެ އިން ޟާ ﷲ ،ﷲ އާއި އެ އިލާހުގެ ރަސޫލާގެ މައްޗަށް ގަދަބަސް ބުނާ މީހުނަކީ އެންމެ ނިކަމެތި މީހުން،އެފަދަ މީހުން ނިކަމެތިވާނެ،ބަލިވާނެ،

    88
    3
  4. މޮޔަ ގޮވުން

    ވާހަކަ ދައްކަން ނޭނގޭ މީހުން ވާހަކަ ނުދެއްކުން އެންމެ ރަނގަޅު.

    39
    2
  5. ރަޚާން

    ވެރިކަން ކުރަން ކަލޭމެން ޣައިރު މުސްލިމު ގައުމުތަކައްދޭ.. މިތާގަ ތިބެގެން އިސްލާމްދީން އެޑިޓެއް ނުކުރެވޭނެ.. މިތާގަ މުސްލިމުން އަދި ދިރިއެބަތިބި.. ބޭނުންހާ ކުޅިވަރެއް ނުކުޅެވޭނެ.

    67
    3
  6. އަޙްމަދު

    ﷲގެ ކުޅަދުން ވަންތަކަމުން ތިބާގެ ދުލުގައި ގޮށެއްވެސް ޖައްސަފާނެ!

    72
    2
  7. Queen

    އިސްލާމްދީން އުނގެނި ވަޑައިގަންނަވާ އީވާ..

    64
    2
  8. Queen

    މަޖިލީސް މެމްބަރުންނަށް ވެތިބެ ދީން ނޭނގުނީމަ ވަރށް ހުތުރު.

    71
    2
  9. ސްވޯޑް

    މުރުތައްދު.

    49
    1
  10. ...

    ފެމިނިސްޓު ވެގެން ގޮސް ތި ދަރަޖައަށް ދާކަށް ނުޖެހޭ. އެއަށް ވުރެ މާ މާތް ބައެއް އަންހެނުންނަނީ. ކަލޭމެން ކަހަލަ ފިރިހެންވެގެން އުޅޭ އަންހެނުންނާ ހެދި އަންހެނުންގެ އަގު ވެއްޓެނީ. ތަންތާ މޭޒު މައްޗަށާ އަމިއްލަ އަތުން ހަދާފަ އޮތް ޤާނޫނު މައްޗަށް ފައިން ނާރާ، އިސްލާމްދީނުގަ އަންހެނުންނަށް ދެއްވި މާތް ދަރަޖަ މަތީގަ ރީތިކޮށް ތިބިއްޔާ ކީއްތަވާނީ؟ ހަމަ ހުރިހާ ކަމެއްވެސް އެންމެ ނުލަފާ ލެވެލް އަށް ވައްޓާލަން ޖެހޭ ދެއްތޮ؟ ނުބައި އަންހެނެއް މީ ހުވާ.

    52
    1
    • މޮޔައެނޮނިމަސް

      އަންހެނުންގެ މަގާމު ސައުދީގަ އެންމެ ރަނގަޅަށް އޮތީ.ގަމާރު ބައެއް މީ

      8
      28
  11. ...

    އެހެންވިއްޔާ ތިކަން ކުރަން ދޭ އެހެން ޤައުމަކަށް. ކޮންމެހެން މިތާނގަ ތި ބޮޑާކަން ދައްކާނެ ކަމެއް ނެތް.

    45
    1
  12. ލާދީނީ ޕާޓީ ޑީޕީ

    ކަލޭމެން އެމްޑީޕީ ބޮޑުންގެ ބޮލުގައި ލާދީނީ ޓެގު އެޅިފައި އޮންނަނީ ކީއްވެގެން؟

    32
    2
  13. އައިއޭމް

    އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ލަފާ ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ...

    3
    34
  14. ^^^

    މަޖްލިހުގެ ބިޔަ ބޮޑު ބާރުގެ ބޭނުންކޮށްގެން ތިކަންވެސް ކުރާނެ. ތި މީހުންނަށް ބާރު ލިބިފައި އޮތީ މިގައުމުގެ ހަލާކަށް މަގުފަހިވާން ކައިރިވީމަ. ތިޔަ އިންޒާރު ދިނީ ހަމައެކަނި އަންހެނުން ވެރިކަމަށް އަރުވާނެ ވާހަކައަށް އެކަންޏެއް ނޫން. އެހެން ހުރިހާ ކަމެއްވެސް ތިޔަ ލާދީނީ މީހުން ބޭނުންވާ ގޮތަށް ނިންމަމުންދާތަން ފެންނާނެ. ގައުމުގެ ބޮޑު ބަޔަކު ޣާފިލުކަމުގައި ތިބީމާ އެހާ ފަސޭހައީ ތިޔަ ކަހަލަ ހުރިހާ ކަމެއް ކުރަން. ލޯ މަރާފައި ވާނުވާ ނުބަލާ ވޯޓްދީގެން ހޮވައި ހުރިހާ ބާރެއް ޖަމާކޮށްދީފައި ތިއޮތީ ރައްޔިތުން. ދެން އަމިއްލަ އަތުން ހޯދި ހަލާކު ބަލަން ތިބޭ.

  15. އީވާ

    ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލާ އީވާ. ހެހޭ

    8
    1
  16. ކަޅުއޮށްބެ

    އިސްލާމް ދީނުގައި އަންހެނުންނައް ރައިސްކަމެއް ނުލިބޭނެ

    13
  17. ތުއްތު

    ވެރިކަމާ ހިސާބަށް އަންހެނުންނަކަށް ނާދެވޭނެ އީވާ ކޮންމެ އެއްޗެއް ކިޔަސް

    14
  18. ބީވާ

    މިގައުމުގައި މިމީހުން ދީން ނިކަމެތިކޮށްލާނެ ކުރިއަށްވުރެ ބޮޑަށް. ޝައިތާނާގެ އެޖެންޑާ ހިފައިގެން ހަގީގަތުގަ ވެރިކަމަށް އައިސް އެތިބީ. މިއީ ޝައިތާނާގެ ޕަޕެޓުން. މިމީހުންގެ ހަގީގީ މަސައްކަތް އޮތީ އެކޮޅަށް ބުރަވާ ގޮތަށް ކަންކަން ކުރުމަށް. ދީނާ ކުޅެން އެންމެ އުނދަގޫ އެއް ގައުމު މިއީ. މިހާރު ކިޔާނީ އަންހެނުންގެ ހައްގުގައޭ. މާދަމާ ކިޔާނީ ކޮންމެވެސް އެހެން ހައްގެއް ގެއްލެނީއޭ. ނޭނގި ނަމަވެސް ފާފައެއް ކުރެވިދާނެތީއާ މާތް ﷲއަށް ބިރުވެތިވުމަށްވުރެ މި މީހުންނަށް ކަންބޮޑުވަނީ އަންހެނުންގެ ހައްގުތައް ގެއްލޭތީ. މިމީހުންގެ ޕްރަޔޯރިޓީ ލިސްޓުގައި ދީން އުޅޭނީ ވަރަށް ގިނަ ކަންކަމުގެ ފަހަތުގައި.

    10
  19. ނަމަ

    އީވާ ގަދަ ބަސް ބުނެވިދާނެ އެކަމަކު ހިތްއެދޭ ހުރިހާ ކަމެއްނުވާނެ

    12
  20. ހުސޭނުބޭ

    ކަލޭގެ ބަހަށް ނަރަކަޔާ ހިސާބަށްވެސް އަންހެނުންދާނެ! އެފަދަ ފުރުސަތުތަކެއް ހޯދާދޭތި!

    22
    1
  21. ހާހާހުރޭ

    ތިހާ ގަަދަބަސްތައް ތިޔަ ބުނެގެން އުޅެނީ ކުރިން ވީގޮތްތައް ހަދާން ނެތުނީ ދެއްތޯ؟ ތިޔަހެން ގަދަބަސް ބުނެއުޅުމަކީ ރަނގަޅުގޮތެއް ނޫން. ރިވެތި އަހްލާގާއި އެކު ޢިލްމުވެރިންނަށް އިޙްތިމާކޮށް ބަސްބުނެ ހެދުމަކީ ވަރަށް ރިވެތި ގޮތެއް. ކެތްތެރިކަމާއި އެކު ދީނުގައި އޮތްގޮތް ރަނގަޅަށް އޮޅުން ފިލުވައި ޢަމަލު ކުރުމަކީ އެންމެ ރަނގަޅުގޮތް. މިޤައުމުގެ މީހުން ދައްކާވާހަކަ ޤަބޫލު ނުކުރެވެއްންޏާ ފޮނުވަންވީ ދުނިޔޭގެ އެން ވަރުގަދަ ޔުނިވާރސިޓީ ތަކާއި ފަރުވާ ކޮމެޓީ ތަކަށްވެސް އެމީހުންގެ ބަސްވެސް ހޯދަން. އެއިރުން ދެން މީހަކަށް ބުނެވޭނެ އެއްޗެއް ނޯންނާނެ.

  22. ހުުސްނީ

    މިފަދަ ގަދަބަސް ބުނާ މީހުން ނިކަމެތިކުރަށްވާންދޭ

    15
  23. ރަނޑާލި

    އޮޅޮއޮޅޯ ޤުރުއާނަށާ ޙަދީސްއައްގޮންޖަހާފަ ގަދަބަސްނުބުނޭ އިރާދަކުރެއްވިއްޔާ މިގައުމުގެވެރިކަމަކައް ތިޖިންސްކައްނާދެވޭނެ ދުވަހެއްގެކޮޅުންވެސް