އަންހެނުންނަށް ފުރުސަތު ހަނިކުރުމުގެ ގޮތުން ހިފެން އޮތް އެއްޗެއްގައި ހިފައި އެ ވާހަކަތަށް ދަމަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަނުކުރަން އުޅޭތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ރޮޒައިނާ ވިދާޅުވީ، ދުނިޔޭގެ އިސްލާމީ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި އަންހެނުންނަށް ފުރުސަތު ހަނިކަމަށާއި، ރާއްޖޭގައި އަންހެނުން ކިޔަވައިގެން ދުނިޔޭގެ ފެންވަރުގައި މޮޅެތި ނަތީޖާތައް ހޯދައިގެން އައުމުން ކަންކަން ނުކުރެވޭނެ ކަމަށް ބުނަން ނުޖެހޭ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، އަންހެން ފަނޑިޔާރުން އައްޔަން ކުރުމާގުޅޭގޮތުން އިސްލާމް ދީނުގައި ޚިލާފު އުފެދިފައިވާކަން ޤަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ކުރަން ޖެހޭ މަސައްކަތަކީ އަންހެނުންގެ ހައްޤުތައް ހޯދުމަށް އޮތް ރަޢުޔެއް ހިފައިގެން ކުރިޔަށް ދިއުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ސުޕްރީމް ކޯޓަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރުމަށް ނިންމެވި ނިންމެވުމަށް ތާޢީދުކުރައްވާ އެ ނިންމެވުމަށް ތަޢުރީފު ކުރައްވަމުން، މިއަދު މަޖިލީހުގައި ކުރިޔަށްދިޔަ ބަހުސްގައި ރޮޒައިނާ ވިދާޅުވީ، ރައީސްގެ ނިންމެވުމަކީ މުޅި ޤައުމު އަތްޖަހައި ސާބަސް ދޭން ޖެހޭ ކަމެއް ކަމަށެވެ.

"ރައީސް، ދެ އަންހެން ފަނޑިޔާރުންގެ ނަން ހުށަހެޅީމަ، އަތް ޖަހަންވީ. މުޅި ގައުމު އަތް ޖަހަން ޖެހޭ. މުޅި މި ގައުމު މިކަމަށް ސާބަސް ދޭން ޖެހޭ،" ރޮޒައިނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އަށް ވަނީ ލަފާދެއްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސް ނިންމެވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަދައްކަވަމުންނެވެ.

އަދި އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ވިދާޅުވެފައި ވަނިކޮށް އެކަމާއި ދެކޮޅު ނިންމުމެއް ރާއްޖޭގައި ނިންމާތީ، އެ ނިންމުން ބަދަލު ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ދަނީ ގޮވާލަމުންނެވެ.

އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މާ

    ރޮޒައިނާ އަށް މަގު ހަނި ކުރާކަށް ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންތައްތަކެއް އަހަރެމެންނާ ހަމައަށް އައިސްފައި ނުވޭ. ތިން ރައުޔު އޮންނަ އިރު ބޭނުން އެއްޗެއްގައި ހިފާކަށް ނޫން އޭގަ އަނގަވާފަ އޮންނަނީ. ގިނަ އިލްމުވެރިން އެއަކަށް އާނ ކިޔާ އެއްބަސް ވާ ރައުޔަކަށް، އެހެންވީމާ އެކަމަކުން ގިނަ ހެއްކާ ގަރީނާ ފެންނަ އިރު އޭތި ދޫކޮށްފަ އެއަށް ވުރެން މާ ދުރުގަ އޮންނަ އެތީގަ ހިފާކަށް ނުޖެހޭ. އެހެން ވީމަ ކިތަންމެ ގިނަ ފެމިނިސްޓުން ޕަބްލިކްގެ މަތީ މަގާމުތަކަށް ދަހި ވެތި ވެގެން ބޭނުންވެގެން ކޮންމެ ވާހަކައެއް ދެއްކި ކަމުގަ ވިޔަސް ހަގީގަތް ވާނީ ހަގީގަތަށް. އެއަށް އަމަލު ނުކޮށް ތިމާ ހިތު ހުރި ގޮތަކަށް އަމަލުކުރަން ވެއްޖެއްޔާ ފާފަ ވެރި ވެސް ވާނެ. އެހެންވާނެތީ ގިނައިލްމު ވެރިން އެހެން އެ ކިޔަނީ. ރޮޒައިނާ ތަނެއްގަ ގޮން ޖަހާކަށެއްނޫން ތަނެއްގަ ހުއްޓެކޭ ކިޔާފަ

    38
    1
  2. Queen

    ދީންހަލާކުވެ ފުނޑުފުނޑު ވެގެންދަނީ ދީނުގެ ތެރެއަށް އަމިއްލަ ގޮތްތައް ވައްދަން މަސައްކަތްކުރާތީ...އަންހެނުންގެ ހައްޤުތަކާ ބެހޭގޮތުން ވާހަކަދައްކާ ހަދާއިރު އެނގިވަޑައިގަންނަވަން ޖެހޭނެ އިސްލާމްދީނުގަ މިހައްޤުތައް ފުރިހަމައަށް ހޯދައިދެއްވާފައިވާކަން.. ދީނުގަ ހުއްދަ ނޫންކަންތައް ހުއްދަކުރަނީ މީހުން އަމިއްލައަށް..ހައްޤުތަކާއި ހަރާމްއާއި ހަލާލް އުނގެނި ދަސްކުރެއްވުން ވަރަށް ރަނގަޅު... ހަރާމް ކަމެއް ހަލާލް ކުރުމަކީ މަގިލިސް މެންބަރަކަސް ނޫނީ ގައުމުގެ ރައީސަކަށް ކުރެވޭނެ ކަންތައްތަކެއް ނޫން.... މިކަންތައްތައް ނިންމަވާ އިލާހީ ޤާނޫނު ވަނީ ފާސްކުރެވިފަ... މިކަންތައްތައް ބަދަލު ކޮށް ފާސްކުރަކަށް ނުޖެހޭނެ.... ދީން އުނގެނި ވަޑައިގަންނަވާ...

    34
    1
  3. ރީ

    އަންހެނުންނަށް ކުރަން އެންގެވި ކަމެއް ކުރީމަ ހުންނާނީ ރަނގަޅަށް!
    ކަނބުލޯ ދީނާކުޅެން ދިމާ ނުކުރުން އެދެން!
    އަންހެންވެރިން ދަމާހިފަންވެސް ނުދަމާހިފަންވެސް ގޭގަ ތިބީމަ ހުންނާނީ ރަނގަޅަށް!
    އަންހެންވެރިން މަގުމަތިވެގެން އުޅޭންވެސް އަންގަވާފަ ނުވޭދޯ!
    ކޮންމެކަމެއްގަދީނަށް ގޮންޖަހާން އުޅޭނެކަމެއްނެތް!
    ކީއްވެތަ؟
    އިމާމުވެ ހުކުރު ކުރުމާ ހުތުބާ ކިޔުން އަންހެން ބޭފުޅުން އިސްނުކުރެއްވީ!
    ރީނދޫ ހުން ޖެހުނަސް ބޮޑުވަރު!

    39
    2
  4. ޝިން

    ކަލޭމެން އޮރިޔާމުން ތިތިބެނީވެސް ދީނުގަ އޮންނަ ގޮތް ވީމަ ތަ. އެއްޖިންސުން ކައިވެނިވެސް ހުއްދަކުރޭ ދެން .ހަމަހަމަ ކުރަންވާނެ.

    36
    2
  5. ބަލަ މިއިީ މަގޮލައެޭ

    ކަނބުލޮގެ ފިރިކަލުން ހަދަނިީ އެހެންތަ

    39
    1
  6. ކާފަރު ޖިންނިތައް

    ތި ކަމާ އިދިކޮޅު ތި ވަނީ ހުސް ލާ ދީނީ ބައިގަނޑުކަން ވަރަށް ސާފު. ތީގެން އެކަކުވެސް އަައުރަ ނިވާ ނުކުރޭ ވިއްޔާ. އަދި މައުމޫން އަންނި މިހެން ގޮސް ކޮންމެ މީހެއްގެ އަނހެނުންނަށް ބަލާލީމަ ފެންނާނެ ދީނަށް އަމަލު ކުރާ މިންވަރު. މީ ވަރަށް ވާހަކަ

    26
    1
  7. ބުރޯ

    އިސްލާމްދީނުގާ އެކަމެއް އޮތްގޮތް ބުނެދިނުމަކީ އިލްމު ލިބިގެންވާ ފަރާތްތަކަށް އޮތްވާޖިބެއް . އެއަށް ތަބާ ވުމަކީ ކޮންމެ މުސްލިމަކަށް ވެސް އޮތް ވާޖިބެއް.

    25
    1
  8. ޢައިސަ

    އަތްޖަހާފަ ދެން ސެލްފީ ނެގީމަ އެއޮތީ ވެފަ

    17
    1
    • Anonymous

      ﴿33﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

      އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.

      [ އަލް އަޙްޒާބް ސޫރަތުގެ 34 ވަނަ އާޔަތް]
      #Tharujamaa

  9. ނަމަ

    ރޮޒައިނާގެ އަމިއްލަ އެދުން ބޮޑުކަމުން އަޅުގަޑު ހަމަ ކޮސްވެއްޖެ.

    10
  10. ހުސޭނުބޭ

    ކަމަނާގެ ފުރުސަތުތައް ހަނިވީތަ އަނެއްކާ!

    11
  11. މުހައްމަދު

    ބަޔަކުމީހުންދެން ޖާހިލުވާނީ މިވަރަކަށް.

    10
  12. ލލ

    އަންހެނުން ގިނަވުމާއި އަންހެނުން އިލްމީ ގޮތުން ޤާބިލްވެ މޮޅުވުމަކީ އެމީހުން އިސްލާދީނަށް އަމަލު ނުކުރާން އޮތް ހުއްޖަތެއްތޯ ؟

  13. ޫފ

    ދަމަންއޮންނައެތިހަމަދަމާނީކަމަނާބުއްޏަސް

  14. އާމިނަ

    ކަމަނާގެ ފިރިކަލުންނަށް ވިހެއުމުގެ ފުރުސަތު ދޭންވީނޫންތޯ؟ މީވަރައްވާހަކަ ވިސްނާބަޔަކަށް

  15. ނަސޭހަތް

    އިސްލާމްދީނުގައިވަނީ އަންހެނުންނަށް ރަށްކާތެރިކަމާ ހިމާޔަތް އެންމެފުރިހަމަގޮތުގައި ދެއްވާފައި
    ވީމާ، ރޮޒައިނާމިހެންބުނުއްވުމަކީ ވަރަށްދެރަކަމެއް ރޮޒައިނާރަަގަޅަށް ވިސްނަވާ ހިތަށްއެރިހާގޮތަކަށް
    ފިރިހެނުންނަށްވެސް، އަދި އަންހެނުންނަށްވެސް އިސްލާމްދީނުގައި ނޫޅެވޭނެ ވީމާ، '' އަންހެނުން
    ނަށް ފުރުސަތު ހަނިކުރަން ހިފެންއޮތް އެއްޗެއްގައި ހިފާ ދަމާކަށްނުޖެހެއޭ '' ބުނުއްވުމުގެ މާނައަކީ ކޮބައިތޯ

  16. ބުރޯ

    ގުރްއާން ގަބޫލުކުރައްވަންތޮ ؟އަހްޒާބްސޫރަތުގެ 33 ވަނަ އާޔަތް ވިދާޅުވެލައްވާފަ މާނަވިދާޅުވެލައްވާ.

  17. މަރިޔަމް ދީދީ/އައްޑޫ ސިޓީ

    އ.ދ އިން އަންގާފަ ވަނީ ދިވެހިރާއްޖެ އަށް ދީނީ މިނިވަންކަން ދޭން. މިހާރު ވެސް ސިއްރިޔާތުގައި ދިވެހި އެހެން ދީން ތަކުގެ ދިވެހީން އެބަ އުޅޭ ކަމުގެ ހެކި ފޭސް ބުކް އިން އެއޮތީ ފެންނަން. ވީމާ އެމީހުން ވެސް ރިޕްރެސެންޓް ކުރަންޖެހޭނެ ދޯ. އިސްލާމް ދީނުގައިވެސް އޮންނަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އިސްލާމް ދީނަށް ވަނުމަށް. ހަގީގަތް ވާނީ ހަގީގަތަށް.