މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ މަޖްލީހުގައި ބޭއްވި ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި އަހަރު ގެ އިޤްތިސާދީ ކުރިއެރުން ހުންނާނީ 5.4 އިންސައްތައިގައި ކަމަށެވެ.

އެމްއެމްއޭ އިން މިގޮތަށް ލަފާ ކުރިނަމަވެސް މިދިޔަ ޖޫން މަހު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިޤްތިސާދީ ކުރިއެރުން 6.5 އިންސައްތައިގައި ހިފެހެއްޓޭނެކަމަށެވެ.

މި އަހަރު ސަރުކާރުން ލަފާކުރީ އިޤްތިސާދީ ކުރިއެރުން ހުންނާނީ 6.8 އިންސައްތައިގައި ކަމަށެވެ. މިއީ ލަފާކުރިވަރަށް ވުރެ 20 އިންސައްތަ ދަށް އަދަދެކެވެ.

"މިދިޔަ އަހަރުގެ ރާއްޖޭގެ އިޤްތިސާދީ ދުވެހި ހުރީ 7.5 އިންސައްތައިގައި އެހެންކަމުން މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު ނިމޭއިރު އިޤްތިސާދީ ދުވެލި 28 އިންސައްތަ ދަށްވާނެ " ޑެޕިޔުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވިދާޅުވިއެވެ.

އެމްއެމްއޭއިން މިގޮތަށް ލަފާކޮށްފައިވާއިރު، މިދިޔަ މަހުގެ އެކްސްޕޯޓު އަދި އިމްޕޯޓުވެސް ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއާވިން

    ދެން ތިޔަ ދުވެލި ބާރަށް ކުރި އަރާނެ ކަމަކަށް ނުފެނޭ.. ޖަޒީރާ ރާއްޖޭގައި ކޮންމެހެން ތިޔަ އިޤްތިޞާދީ ދުވެއްޔަށް ބަލާކަށް ނުޖެހޭ.

    26
  2. ލަބީބު

    ބޮޑުންގ ޖީބަށް ވަންނަވަރު ގިނަވާނެތަ؟

    22
  3. މުހައްމަދު

    ޖަޒީރާ ރާއްޖޭގައި އެޖެންޑާ19 ގައި ދިވެހިން މި5އަހަރު ގަނަތެޅެމާ.

    25
  4. އިބޫ

    ވަޑައިގަންނަވާށޭ ކްލާހަށް އަސާސީ، ފިލާވާޅު ކިޔައި ދެއްވުމަށް ނަންގަވާ...

    28
  5. ނުރަބޯ

    އިގްތިޞާދު އިނދަޖެހެނީ، ގައުމީ ރިޒާވް ހުސްވަނީ، އިމްޕޯޓް އެކްސްޕޯަޓް ދަށްވަނީ، ވިޔަފާރިތައް ދަށްވެ ވިޔަފާރި ވެރިން ކަންބޮޑުވެ ހާސްވަނީ، ވޯޓުން ވައްކަން ކޮށްގެން ރީނދޫ ސަރުކާރު އައިތާ އަހަރުވަނީ، ރަައްޔިތުންނަށްޓަކައި ކޮށްދިން ކަމެއްްނެތް، ހިންގި މަޝްރޫޢެއް ނެތް. ލިބުނު ލުއި ފަސޭހައެއްނެތް، ކެނޑިނޭޅި ބޮޑެތި ބިޔަ ލޯނުތައްނަގާ ރައްޔިތުންނާ އެމީހުންގެ ދަރިންނާ، މައިންގެ ބަނޑުގައި އަދި ނުވިހާ ތިބި ދަރިންނަށް ދަންދެން ދަރާވިކިއްޖެ. ކިހިނެތްބާ ހަދާނީ......؟

    23