ރާއްޖޭގެ ދެ ރަށެއްގެ ބަދަރު ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިޔާތެއްގައި ވަނީ ރ. މަޑުއްވަރީ ދެކުނު ފަރާތުގައި އާ ބަނދަރެއް އެޅުމަށާއި ހއ. އިހަވަންދޫ އައު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާއެކު ސޮއިކޮށްފައެވެ.

ހއ އިހަވަންދޫ އައު ބަނދަރު ހެދުމުގެ މަޝްރޫޢު 400 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން އެމް.ޓީ.ސީމސީ އާއި ހަވާލު ކުރިއިރު މިމަޝްރޫއަށް 51,725,810.09 ރުިފޔާ ހަރަދުވާނެއެވެ.

މަޑުއްވަރީ ދެކުނު ފަރާތުގައި އަލަށް ހަދާ ބަނދަރު ހެދުމަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ 590 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުއަށް ޖުމްލަ 68،665،360.81 ރުފިޔާ ޙަރަދު ވެގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 411 މީޓަރ ގެ ބޮޑުހިލަގެ ބޭރުތޮށްޓެއް ހެދުމާއި 135 މީޓަރުގެ ރިވެޓްމަންޓް ހެދުމާއި 566 މީޓަރުގެ އެއްްގަމު ތޮށި ހެދުން ހިމެނެއެވެ.

މީގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުމާއި ދެ ނެރުބައްތި ޖެހުމުގެ އިތުރުން 29 ބަނދަރު ބައްތި ޖެހުމާއި 14 މޫރިން ބްލޮކްސް ޖެހުން ހިމެނެއެވެ.

މަޑުއްވަރީ އަދި އިހަވަންދޫ ބަނދަރުގެ މައްސަލައަކީ މަޑުއްވަރީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. މި މައްސަލައަށް ދާޢިމީ ހައްލެއް ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނެތީމޭ

    ތިޔާއީ ކިއެއްކުރަން ކުރާ ކަމެއްތޭ ތިޔާއިން ނިކުންނާނެ އެއްވެސް އިގްތިސާދީ މަންފާ އެއް ނޯންނާނެއޭ ތިޔާ ފައިސާ އިން ހުޅުމާލޭގައި ނުނިމި ހުރި ފްލެޓްސް ތައް ނިންމަން އުޅުނިއްޔާ މާ ބޮޑަށް ވެސް ތާހިރުވާނެ ނޫންތޭ ތަމެން ތިޔާ ތިބީ އަބަހައްދަވެފައޭ މަމެން ބުނަން ނެތީމޭ...

    1
    1