ދީނުގެ މަޢުލުމާތު ދަސް ކުރުމަށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އަށް ދަޢުވަތު އަރުވައިފިއެވެ.

ޝަރީފަށް ދީނީ މަޢުލޫމާތު ދަސްކޮށްދިނުމަށް އިޔާޒް ދަޢުވަތު އަރުވާފައި މިވަނީ، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލަ އަކާއި ގުޅިގެން ކުރިޔަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން، ކީރީތި ޤުރުއާނުގެ އާޔަތްތަކެއް ފާހަގަ ކުރެއްވުމަށް ފަހު ޝަރީފް އިޔާޒަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ އައްނިސާ ސޫރަތުގެ އާޔަތެއް ވަރަށް ހަނިކޮށް ބައެއް ބޭފުޅުން އަދި ހާއްސަކޮށް އިޔާޒް ތަރުޖަމާ ކުރަމުން ގެންދާ ކަމަށެވެ.

މިކަމާއި ގުޅިގެން ރައްދު ދެއްވަމުން އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ މަޢުލުމާތު ދަސްކުރެއްވުމަށް ޝަރީފަށް، "އިސްލާމިކް ނޮލެޖް" ވައިބާ ގްރޫޕަށް ދަޢުވަތު އަރުވާ ކަމަށެވެ. އިޔާޒް ވަނީ މި ޓްވީޓާއެކު އެ ގްރޫޕުގެ ލިންކުވެސް ޢާންމުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ސުޕްރީމް ކޯޓަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރުމަށް ނިންމެވުމުން، ރާއްޖޭގެ ފަތުވާ މަޖިލީހުގެ ނިންމެވުމަށް ގިންޖަހަމުން ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައީސަށް ލަފާ އަރުވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސް ނިންމެވުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދާއިރު، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ފަތުވާ މަޖިލީހުން ކުރިން ވަނީ ނިންމާފައެވެ. އެހެންކަމުން އެ ނިންމެވުން ބަދަލު ކުރެއްވުމަށް މަޝްހޫރު ގިނަ ދީނީ އިލްމުވެރިން ދަނީ ގޮވާލަމުންނެވެ.

އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި ރައީސްގެ އިތުރުން، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ނަޖީބު އައްބާސް

  ތީގެން ކާކުވާހަޔެއް ތެދުކުރާނީ ދެމިހުންވެސް ހެކިދައްކަނީ ޤުރުއާނުން!

  4
  26
  • ޢިއްޒަތްތެރި މެމްބަރު

   ތެދުވެރި ތަޤުވާވެރި ޢިލްމުވެރިޔާގެ ބަސް.

   24
 2. ދަސްކުރާ

  ތިމައްސަލާގައި. އިޔާޒް. އިލްޔާސް ޒިންމާނަގަން ނުޖެހޭނެބާ
  ކުރީގެސަރުކާރު އަނިޔާވެރިވެގެން.ލާދީނީވެގެން އިބުރާހިމް މުހައްމަދުސާލިހު އަކީ ރަސޫލާ ދުއާދެންނެވިފަދަބޭފުޅަކައް ހެދިހަދާނެއްނުނެތޭ.

  49
  3
  • ލިން

   ދެން އިންތިހާބުގަ ވާދަކުރި އޭރުގެ ރައީސްމީހާވެސްވހުރީ ހަނު އަދި އޭނާގެ ޕާޓީ މީހުން މިމައްސަލައިގަ ސަރުކާރަށް ތާއީދުކުރީ މަޖިލީހުގަޔާ ނޫސްތަކުގަ.. މީގަ ދެބައި މީހުންވެސް ހަމަހަމަ

 3. ވަގަވޯޓާ މަވޯޓާ ތަވޯޓާ ފޮސްފަންބިޑާ

  ޝަރީފް ކަލޭގެ ލަދު ކޮބާ؟؟؟

  46
  3
  • ........

   ދެންހުރި އެތީގެ ލަދުވެސް ވީތަނެއްގަ ވާނެ.

 4. ޒިކްޒިކް

  ކޮބާހޭ އޮޕޯޒިޝަން؟؟ އާޒިމާ އެކަނި ބަހެއް ބުނީ.. ހަނުހުރެގެން މިކަމުގަ ކުރެޑިޓެއް ނުލިބޭނެ.. ދެކޮޅުން ކާނަމޭ ހިތާ ނޫޅޭ ހަނި ތިބުމަކީ ލާދީނިއްޔަތަށް ތާއީދުކުރުން.. ސަރުކާރު ޒިންމާދާރުކުރުން ޖެހެނީ ހަމައެކަނި ފައިސާއާ ބޮޑުންގެ ޝަރީއަތާ ގުޅޭކަނެއް އައިމައެއް ނޫން

  32
  2
  • ލާދީނީ

   އެމީހުންވެސް މިކަމަށް ތާއީދުކުރީ މަޖިލީހުގަ ފަޒުލުމެން އާދަނުމެނަ އާޒިމާ ވެސް އޮތީ ތާއީދުކޮށް.. އެހެންވީމަ ހުސް ލާދީނީ ސިޔާސީ ރަންޑިން މިއުޅެނީ.. އަމިއްލަ އަންބޮނޑި ބޮޑުކުރަންވީމަ ދީން ފެނިގެން އުޅެނީ

   25
   1
 5. ގޮލާ

  ތިދެމީހުންނައްވެން މަ ދައުވަތު އަރުވަން..
  އިޔާޒް ޖެހޭނީ ا ب އިންފަށަން..
  ދެމީހުންވެސް ފުރަތަމަ އިސްލާމްވާންވީ..

  10
  31
  • ގޮލާގެ ބަފާގެ ވައިފް

   ކަލޭ ދޭބަލަ މަހަށް.ކަލެއަށް ޔާސީން ސޫރަތް ނުބަލާ ކިޔާލެވޭނެތަ؟؟؟

   22
   1
   • ދޮގެއް؟

    ޔާސީންވެސް އެނގެން ޖެހޭނެ. އެކަމަކު ކިތަންމެ އިލްމެއް ހުއްޓަސް މީހާ މީހަކަށް ވަނީ އެމީހާގެ ސުލޫކުން. އިލްމު ވެރި މީހާ ޔާސީން ނޭނގޭ މީހާއަށްވުރެ ދަށު ދަރަޖައަށް ވެއްޓިގަތީމަ އެއީ ދެން ދެރަވަރު.

 6. Anonymous

  ބޭބެ ބުނަންތަ، ޢިލްމުވެރިޔަކަށް ހުރެ ޝަރީފުއާ ޖަދަލުކުރުން ރަނގަޅު ނޫން، ބޭބެގެ ކެތްތެރިކަން ހުންނަންވާނެ، ޢިލްމުވެރިންނަކީ މީހުންނާ ޖަދަލު ކުރާ ބައެއްނޫން، މިހާހިސާބަށް ކަންތައް ދިޔާމަ ވަރަށް ދެރަވަރު. ބޭބެވެސް މާ ހަރުކަށިވެގެން ތިއުޅެނީ.

  8
  2
  • ކިނބޫ

   ބޭބެއާ އެއުޅޭ އެންގްރީބާޑް ހުސެން ރަޝީދާ މީ އިލްމުވެރިންނަށް ވާތީ ކިބުރުން ފަޅައިގެން ދާން ވެފަ ތިބޭ ބައެއް. ބޮޑާކަމުގެ ސަބަބުން ތަންދޮރު ކުޑަވެފަ ތިބެނީ.

 7. ނަމަ

  މަވޯޓާ ޝަރީފު އަގަ އޮތީމަ ތަލާބާލަނީ

  12
 8. ކޮސްބެ

  ދެން ޝޭޚުން މަހަށްދާން ފަށާ.

  8
  3
 9. މޫސާ ނަސީރު / ގއ.މާމެންދޫ

  އިޔާޒް އަކީ ވެސް ލާ ދީނިއްޔަތަށް ތާއީދުކުރި މީހެއް.. އޭރު ކިހާ އާދޭހެއް މީހުން ކުރީ.. މަކަރުވެރިންގެ ހީލަތްތެރިކަމަށް ހެއްލިނުގަތުމަށް.. މިހާރު އިލްޔާސް ކޮބާ؟؟؟ ދީނަށް ފުރައްސާރަ ކުރާ މީހުންނަށްވުރެ މިކަހަލަ މޫސުމީ ޝޭޚުން ނުބައިކަން މާ ބޮޑު.. މާތްﷲ މި ފަދަ މީހުންގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާށި.

  15
  2
  • މުހައްމާ

   އާމީން

 10. ބޯފަޅިހުސޭނު

  އިތްލިވީ ކިޔަވަން މެލޭގަ މަކުތަބަކައް ވަދެފާ ކިޔަވާ ވިދާޅުވީމަ ދެންރައީސްކަމޯ

 11. ސޯލިހު އަޅާ

  ޑރ. މުޙައްމަދު އިޔާޒް، މީހުންނަށް ވަނަމުންކިޔުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟ އެބޭފުޅާގެ ނަމަކީ އިބްރާހީމް ޝަރީފް "މަވޯޓާ" އަކީ އެބޭފުޅާއަށް ވަނަމަކަށް ކިޔާނަމެއް

  3
  2
  • ޒިޔަތު

   ވަނަން މަނާ ވަނީ އޭނާ ނުރުހޭނަމަ.. އެހެން ނޫނީ ހުއްދަ ސުންނަތުންވެސް ސާބިތުވޭ.. މިސާލަކަށް އަބޫ ހުރައިރާ (މާނައަކީ ބުޅާތަކުގެ ބައްޕަ) ރަސޫލާ އެ ނަމުން އެކަލޭގެ ފާނަށް މުހާތަބު ކުރެއްވީ ވަރަށް ގޮނައިން ބުޅާ ގެން ގުޅުއްވާ އެތަކެއްޗަށް އަޅާލާ ބޭފުޅަކަށްވާތީ

 12. މަރުތަޅު

  ގާނޫނު އަސާސީ ލާޒިމް ކުރަނީ ސުއްނަ ޖަމާއަތުގެ އިލްމުވެރިން ބުރާވެ ވަޑައިގަންނަވާ ގޮތަކަށް ދައުލަތުން ކަންކަމުގައި ޢަމަލު ކުރުމަށް ! ގާނޫނު އަސާސީޔާއި ހިލާފު ނިންމުން ބާތިލް ވާނެ ކަމަށް ވެސް ގާނޫނުއަސާސީ އެބަލާޒިމް ކުރޭ !

 13. ވެރި ސޮރު

  ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާހާވެސް !