ދީނަށް އަމަލު ކުރާނަމަ ރާއްޖޭގައި އަތްފައި ހުންނާނީ މަދު މީހެއްގެ ކަމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ޖާބިރު ވިދާޅުވީ ދީނަށް އަމަލު ކުރާނަމަ ރާއްޖޭގައި އަތްފައި ހުންނާނީ މަދު މީހެއްގެ ކަމަށާއި އިސްލާމީ ޝަރީޢަތުގެ ވާހަކަދައްކާނަމަ އަތްކަނޑާ ވާހަކަ ވެސް ދައްކަން އެބަޖެހޭ ކަމަށެވެ.
"އިސްލާމީ ޝަރީޢަތުގެ ވާހަކަދައްކާނަމަ އަތްކަނޑާ ވާހަކަ ވެސް ދައްކަން އެބަޖެހޭ, އޭރުން ގައިމުވެސް ވަރަށް މަދު ބަޔަކު އަތްފައި ސަލާމަތުން ހުންނާނީ " ޖާބިރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ދެ ބޭފުޅުން އައްޔަން ކުރަން ނިންމި ނިން ނިންމުމަށް ތާއީދު ކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި އެ ނިންމުމާ ދެކޮޅަށް ފަތުވާދޭ ފަރާތްތަކުން ދައްކަމުން އަންނަނީ މާ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.
" ފަނޑިޔާރު ކަމަށް އަންހެން ބޭފުޅަކު އައްޔަން ކުރުމުން އިސްލާމްދީނާއި ހިލާފުވެގެން ކުށްވެރިވާނެ ކަމަށް އޮންނާނެ ކަމަށް ގަބޫލުނުކުރަން " ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ މި ނިންމުމާ ދެކޮޅަށް ވާހަކަދައްކާ ދީނީ ބޭފުޅުން ވެސް ރާއްޖޭގައި ނުރަނގަޅަށް ހިނގާ ކަންކަން އިސްލާހު ކުރަން އުޅުން މާ ބުއްދިވެރިވާނެ ކަމަށެވެ.
" ހުރިހާ މަގާމަކަށް ވެސް އަންހެނުންނަށް އާދެވޭނެ ގޮތަށް އޮންނަންޖެހޭ ކަމަށާއި އެ ބޭފުޅުންނަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ކަމެއް އޮވެގެން ނުވާނެ " ޖާބިރު ވިދާޅުވިއެވެ.
ލޮލީ ތިޔަ ބުނީ ހެޔޮކޮށް ހުސް އަތްފައި ބުރިކުރަންޖެހޭ މީހުން ސިޔާސީ ވެފަ އަޑުގަދަކޮށް.. ލޮލީ ބުރޯއާ ދިޔާނާވެސް ހިމެނޭ އިނގޭތޯ
ގައިމުވެސް ކަލޭގެ ހަތަރެސްފައެއް ނުހުންނާނެ.
.ޖާބިރުގެ ބޯވެސްނުހުއްނާނެ އޭރުން.
ބަލަ މޮޔަޔާ... ޢަތްފައި ކަޑަން ޖެހެނީ އިސްލާމް ދީނަށް ނޫޅޭތި އޭ.. ލާދީނީ މީހުން ހާދަ ގިނަ ވެއްޖޭ..
އެެޭ ބީތާޔާ އިސްލާމް ދީނަކީ ރަޙްމަތުގެ ދީން މާތްﷲގެ ހުކުމްފުޅާ ނުބެހެއްޗޭ ކަލޭ ﷲއިރާދަކުރަށްވައިފިނަމަ ރަަަާމާމަކުނަާއި އޫރު ފަދަ ތަކެއްޗަށް ވުރެވެސް ދަށު ދަރަޖައެއް މިންވަރު ކުރައްވަފާނެ .ތައުބާވޭ
ކަލޯ ތިޔައީ މައުމޫންވެސް ދެއްކި ބަހަނާއެއް. ދީން ބާއްވައިލެއްވީ އިންސާނާ ހެއްދެވި ފަރާތުން. ޚަލްގު ތަކުން އަމަލު ކުރުމަށް ޚާލިގުވަންތަ ފަރާތުން އަމަލުކުރަން އަންގަވާފައިވާ ގޮތަކީ ޚައްގު ތަކުންނަށް ރަނގަޅުގޮތް ނޫންކަން ދެއްކުމަށްޓަކާ ޚަލްގަކު ނިކުމެ ވާހަކަ ދެއްކީމާ އެވާހަކަ ދެއްކި ޚަލްގަކީ ޚާލިގުވަން ވެރި ﷲ ސުބުޙާނަހޫ ވަތައާލާ އަށްވުރެ އެ ޚަލްގަކު މޮޅުކަމަށް އަމިއްލައަށް ޤަބޫލު ކުރުން ނޫންބާ
މި ޖާބިރު ޕޮރަމޯޓް ނުކުރަން ވަގުތު ނޫސް އަށް ގޮވާލަން މީނައަށް ނޭގޭ ކިޔޭ ނުކިޔޭ
ދީނަށް އަމަލު ކުރާނަމަ ރާއްޖޭގައި އަތްފައި ހުންނާނީ މަދު މީހެއްގެ - ޖާބިރު
އެއީ ޖަޒީރާގެ ދީނަށް ކަމަށްވެދާނެ.
މާތް ރަސޫލާ صلى الله عليه وسلم އަދި 4 ޚަލީފާއިންނަށް ވުރެ މޮޅަށް އަމަލުކުރި ބަޔަކުނުތިބޭނެ. އެބޭކަލުން މިދުނިޔެ ދޫކުރެއްވި އިރު ހަތަތެސްފައި ހުރީ ސަލާމަތުން.
މާތް ރަސޫލާ صلى الله عليه وسلم އަދި 4 ޚަލީފާއިންނަށް ވުރެ މޮޅަށް އަމަލުކުރި ބަޔަކުނުތިބޭނެ.
އެބޭކަލުން މިދުނިޔެ ދޫކުރެއްވި އިރު ހަތަރެސްފައި ހުރީ ސަލާމަތުން.
މައިތި ރިވެެެެޭ ކަލޭ ވަންކަން ކުރިޔަސް އެންމެނެއް ވައްކަމެއް ނުކުރާނެ
ކާށިދޫދާއިރާއަށް އަންހެން ކަނބަލަކަށް އާދެވޭނެ ދުވަހެއް ނޭނގޭ.
އަދި އެދާއިރާގެ މީހަކަށް އެމަގާމަށް އާދެވޭނެ ދުވަހެއްވެސް ނޭނގޭ.
މީނަގެ4ސްފައިވެސް ހަމަ ނުވީސް މާކުރިންވެސް
އަތްފައި ކީއްކުރަން، ކަލޭ މި ދުނިޔޭގަވެސް ނުހުންނާނެ ކަންނޭނގެ.
ޖާބިރާއި ސިޔާސީ ގިނަ ގަރާތް ތަކެއްގެ އަތް މަދުވާނެ. އަހަރެމެން ކަހަަލަ އާދައިގެ މީހުންގެ އަތްހުންނާނީ. އެންމެންގެ އަތްކަނޑަން ޖެހުނަސް މުސްލިމުން ތަބައަ ވާންޖެހޭނީ ޝަރީއަތަށް. ޤާނުނު އަސާސީގައި އޮންނަނީ %100 ސުންނީ މުސްލިމު ޤައުމެއް ގޮތަށް. ޝަރީއަތަށް ނޫޅެއްބޭނުމިއްޔާ ސުޕަރ މެޖޯރިޓީން ޤާނޫނު އަސާސީ ބަދަލް ކުރޭ. މަޖީލީހުގައި ގިނައީ ކާފަރުންހެން ހީވަނީ. ނޫނީ އަމިއްލަ ވިސްނުމަށް ވުރެ ކާފަރަކަށް ތަބާ ވަނީ
ދީނަށް އަމަލު ނުކުރާތީބާ ޖާބިރުގެ އަތްފައި ސަލާމަތުން މިހުރީ
އެހެންވިއްޔާ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލައިގެ ސަހާބުން އަތްފާ ނުހުންނާނެތާ! ސަލަފުންގެ އަތްފާ ނުހުންނާނެތާ! ބީތާޔާ! ކަލޭމެން މި ދީން އެއްފަރާތްކޮށްފިއްޔާ ދުނިޔަވީގޮތުންވެސް އަތްފާ ކަޑަންޖެހޭ މީހުން އެންމެ ބާރަށް ތި ހަޅޭލަވަނީ!
އަހަރުމެން ވީވަރަކުން ދީނަށް ޢަމަލު ކޮށް ﷲ އަށް ބިރުވެތިވާތީ ތިޔަފަދަ ވާހަކަ ދައްކާ މީހުން މި ފަސް ގަނޑުގަ ނޭވާލާ ތިޔަ އުޅެވެނީވެސް،
ޖާބިރޫ ކަލެއަށް އަބަދު މޮޔަގޮވެނީ ކީއްވެތަ ދަރުމަވަންތަ ހަސްފަތާލަށް ދައްކާލަން ފެނޭ
ރަނގަޅަށް ތިބުނީ. އެހެންނަމަ ކަލޭގެވެސް ކަނާތ ުއަތްތިލައާއިވ ާތު ފައިތިލަ މިހާރަކު ނުހުރީސް. ދުވަސްކޮޅަކުން ކޮއްމަސްބުރިއަކަށްވެސް ވާނެ. ވައްކަން ކުރަނީ ތިހެންނަކުން ނޫން. މިހެން ވަނީ ދީނަށް އަމަލު ނުކުރާތީ. ދީނުގެ ހައްދު ގާއިމު ކުރެވޭނަމަ ކަލޭވެސް ވައްކަމެއް ނުކުރާނެ.ކަލެއަކީ ވަގެކޭ ތަ މިބުނެވުނީ!؟
ދެން ތިޔަބުނަނި ދީނަކީ އަތްކެނޑުމޭ އެހެންވީމަ ދީނަށް އަމަލުކުރެވޭކަށް ނެތޭ އެހެންތަ؟ ކޮން އިރަކުންތަ ދެން ކޭބަލް ކާރާ އެއަރޕޯޓް ވައުދު ފުއްދަނީ؟