ހަރާމްކަމެއް ކަމުގައި ކީރިތި ގުރުއާން އާއި ކީރިތި ރަސޫލާގެ ސުންނަތުގައި ސާފްކޮށް އޮޅުމެއް ނެތް ގޮތުގައި އަންގަަވާފައިނުވާހާ ހިނދަކު، ކޮންމެ ކަމަކީވެސް ހުއްދަ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން ސަރުކާރުން ނިންމުމުން އެކަަމަށް ފާޅުގައި ރާއްޖެއިން ތާއިދު ކުރެއްވި ފުރަތަމަ އިލްމުވެރިޔާ ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އަންހެނުން ފަނޑިޔާރު ކަމަށް އިސްނުކުރެވޭނެ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ވާހަކަ ވާހަކަފުޅުތައް އެއީ "ހުއްޖަތެއް" ނޫން ކަމަށް ވިދާޅުވެފައެވެ.

މަޝްހޫރު އިލްމުވެރިޔާ ކުރީގެ ރައީސް މައުމޫން މީގެ ކުރިން ވަނީ ބުރުގާ އެޅުން ވާޖިބު ކަމަށް އިލްމުވެރިން ވިދާޅުވެފައި ވާތީ ގުރުއާންގެ ތަރުޖަމާއަކީވެސް "ހުއްޖަތެއް" ނޫން ކަމަށް ވިދާޅުވެފައެެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި، އަންހެނުންގެ އައުރައަކީ ކީރިތި ގުރުއާނުން ސާބިތުވާ ކަމެކެވެ.

މައުމޫނުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތަށް ބަލާއިރު އަންހެނުންނާއި ފިރިހެނުން ތަފާތު ނުކުރައްވާ ކަން ވަރަށް ރަނގަޅަަށް އެގިގެން ދާ ކަމަށެވެ.

"މާތް ﷲ އަށް އީމާން ވުމާއި ރަސޫލާ މުހައްމަދުގެ ފާނަށް އީމާން ވުމާއި ނަމާދު ކުރުމާއި ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ހައްޖުވުން އެއްވެސް ތަފާތު ކުރުމެއް ނެތި އަންހެނުންނާއި ފިރިހެނުންނަށް ވަނީ ވާޖިބު ކުރައްވާފައި" ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އިސްލާމު ދީނު ވާޖިބު ކުރައްވާފައިވާ ކޮންމެ ކަމެއް އެއް ހަމައަކުން ފިރިހެނުންނާއި އަދި އަންހެނުންނަށް ވެސް ވާޖިބު ވާނެ ކަމަށް ބަޔާނުގައި ވެއެވެ.

އިސްލާމް ދީނުގައި އަންހެނުނަށް ފަޑިޔާރު ކަން ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެ މައުމޫނު ނެރުނު ބަޔާނުގައި ވަނީ އިސްލާމީ ބައެއް އެހެން ގައުމުތަށް ކަމަށްވާ އިންޑޮނޭޝިއާ, ސޫދާން , ޕާކިސްތާނު ފަދަ ގައުމުތަކުގައި ވެސް އަންހެނުން ދަނީ ފަޑިޔާރުކަން ކުރަމުން ކަމަށެވެ.

އަންހެނުން ފަޑިޔާރު ކަމަށް ގެންނަން ހުއްދަ ނޫން ކަމަށް ފަތުވާ މަޖިލީހާއި އަދާލަތު ޕާޓީގެ އިތުރުން ގިނަ އިލްމުވެރިން ތަކެއް ބުނަމުންދާއިރު އަންހެނުން ފަޑިޔާރު ކަމަށް ގެނައުން ހުއްދަ ކަމަށް ސީދާ ވަކާލާތު ކުރަމުން ދަނީ އެމްޑީޕީ އާއި ރައީސް މައުމޫން ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ކަމަނާފާނު

  ފަނޑިޔާރުކަމުގެ ގޮނޑީގައި ކަމަނާފާނަށް އިންނަވައި ވަލީ ދެއްވައި ކާވެންޏެއް ކޮށްދެވިދާނެތަ؟ މިކަމާމެދު މަނިކުފާނު ވިދާޅުވަނީ ކީކޭތޯ ސާފުކޮށްލަން ބޭނުން.

  58
 2. އަން

  އަންހެނުންގެ އައުރައާ ދޭތެރޭ ގުރުއާނުގައި ވަނީ ކީކޭތަ. ބުރުގާ ނާޅާ ކަލޭގެ ދަރިންކޮޅު އުޅެނީ

  59
  2
  • މޮޔައެނޮނިމަސް

   ގމާރު ވާހަކަ ނުދައްކާ ހުރޭ.މައުމޫނު ކުރިމަތީ ފަތިގަނޑު ވެސް ހާކާ ނުލެވޭނެ ތި އިޔާސު މެންނަށް

   4
   60
 3. އިބްރާހީމް

  މި ނުލަފާ ދީން އޮޅުވާލާ ކަލޭގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާނދޭވެ.

  62
  4
 4. ައަބުދު

  ކާފަގެ އަނބި ކަމަނާ ބުރުގާ ނާޅާ ބ ޖޯޑު ކޮޅު ކޮޅައް ޖައްސަވައިގެން މީހުންގެތެރެއަށް ނިކުންނެވުންވެސް ހުއްދަ ކަމެއްތޯ؟

  46
  2
 5. އެލް ބޯޑު ސަރުކާރު

  ބޭންކު އޮފް މޯލްޑިވްސް އިން ދޫކުރާ ލޯނު ހަލާލުވާނޭދޯ މައުމޫނު ބެއްޔާ އެގޮވަނީ... ބީ.އެމް.އެލް ގެ ނަމެއް ގުރުއާނާއި ސުންނަތަކު ނެތް. އެކަމަކު ރިބާ ހަރާމް ވާހަކަ، ރިބާގެ މުއާމަލާތް ލިޔާމީހާ، ރިބާގެ މުއާމަލާތުގެ ހެކިވެރިޔާ، ރިބާގެ މުއާމަލާތުގެ ފައިސާ ހަވާލުވާމީހާ ..... މި އެންމެން ވަނީ ހަލާކުގެ ތެރޭގައި ކަމަށް އޮވޭ... ދެން ކޮން ކޮހެއް އެބޭ އެގޮވަނީ... ބުއްދި ފިލާނުދަނީސް ނަސްރީނާ ދައިތަގަނޑު ބުރުގާއެޅުވޭތޯބަލާ. ބޮންދު މީހާ އެއްބަހެއްނުވާނެތާ އަދި މަރުވާންލައްކަ ދުވަސް އެބައޮތިއްޔާދޯ

  46
  2
 6. ޢަފީ

  ގުރުއާނާއި އޭގެ ތަރުޖަމާ ތަފާތުވާނެ.މުސްލިމެއްނަމަ އެމީހެއްގެ އަގީދާ އެއްވެސް އޮންނާނެ.ދެމީހަކު ދެއެއްޗެއް ކިޔަސް އަގީދާ ވަރުގަދަ މީހަކައް ހެޔޮގޮތް ވިސްނޭނެ.އިސްލާމް ދީނަކީ ފުރިހަމަ ދީނެއް.ﷲއަހަރެމެންނަށް ދެއްވި ބުއްދީގެ ބޭނުން ފުރިހަމަ ގޮތުގައި ކޮއްބަލަ.ދީނީ ޢިލްމު ވެރިންގެ މެދުގައިވާ ހިލާފް ވުންތަކުން ދީނާމެދު ރައްޔިތުންގެ ހިތުގައި ހީލާފްވުންތަކެއް އުފައްދަން ބަޔަކު ކުރާ ފިކުރީ ހަނގުރާމައެއްމީ.މިކަމާ ތަންކޮޅެއްބޮޑަށް ވިސްނަވާ ހުރިހާ ޢިލްމުވެރިންވެސް. ޕްލީޒް.

  38
  1
 7. މޫސަ

  އެހެންވެދޯ ކަލޭ އަންހެނުން ބުރުގާ ނާޅުވަނީ؟

  44
  2
 8. ޢަފީ

  ރައީސް ނަޝީދުގެ ވެރިކިމުގަ ބޭއްވި ޢިލްމުވެރިންގެ ފޯރަމްގައި ވީ ކިހިނެއްތޯ؟ އާންމުންނަށް ޢިލްމު ވެރިންގެ މެދުގައި ހުރި ހިލާފްތައް އާންމު ކުރުން ކަމަށް ފިކުރު ކުރާ ބަޔަކަށް ވިސްނޭނެ. ފިކުރީ ހަނގުރާމައަކީ ކޮބައިތޯ ވިސްނަވާ.

  30
  • ޢަލީ

   ޙަދީސްގައި އޮންނަނީ ހަރާމި ރާކަމަށް. އެހެންވީމަ ދެންހުރި އެއްޗެހި ހުއްދަވާނެދޯ މައުމޫން..

   28
   1
 9. ގޮލާ

  ކަލޭ އަންހެނުންނާ ދަރިން ބުރުގާނާޅުވަނި އެހެންވެދޯ..
  މުސްކުޅި ގަމާރު..

  38
  2
  • މޮޔައެނޮނިމަސް

   ކަލޭ ތީ ކާކު މައުމޫން އަށް ބަސް ބުނަން.ކުލި ދައްކަިފިންތަ؟

   3
   31
 10. ފައިރޫޒު

  މި ހިރަ އާޔަތްތަކާއި ހަދީޘާ މެދު މައުމޫނު ވިދާޅުވަނީ ކީކޭހެއްޔެވެ
  يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ

  މާނައަކީ : ''ސޫދު(ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ.''(ބަޤަރާ :276)
  لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ

  މާނައަކީ: ''ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.'' އަދި ވިދާޅުވިއެވެ: ''މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.'' (ޞަޙީޙް މުސްލިމް، ބާބު އަލްމުސާޤާ)
  ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوْ التَّابِعِينَ غَيْرِ أُوْلِي الإِرْبَةِ مِنْ الرِّجَالِ أَوْ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

  މާނައަކީ: " އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާ ކުރުމަށް މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެއިން ފާޅުވެއްޖެތަން (މޫނާއި ދެ އަތްތިލަ ފިޔަވައި) އެ ކަނބަލުންގެ ޒީނަތް (ޒީނަތްވުމުގެ ތަން) ފާޅު ނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާ ނިވާ ކުރާހުށި ކަމެވެ. އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިން އަންހެނުންނަށް، ނުވަތަ އެކަނބަލުންގެ މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަ ނިވާކުރާ ތަނާއި ކަންތައްތައް ނޭނގޭވަރުގެ ކުޑަކުއްޖަކަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ގަހަނާއާއި ޒީނަތުގެ ތެރެއިން ވަންހަނާ ވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަ ތަކުން އެކަނބަލުން ނުތަޅާހުށި ކަމެވެ. އަދި އޭ މުއުމިނުންނެވެ. ތިޔަބައި މީހުން އެންމެން އެކުގައި މާތް ﷲ އަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ."

  33
  1
 11. ަައާވިމް

  މައުމޫން ބަލަނީ އިންޑޮނޭޝިޔާގަ ކަންތައް ކުރާގޮތްތަ؟

  28
  1
 12. މާ

  މައުމޫން ސުންނަތައް އުޅޭތީތޯ މަނިކުފާނުގެ ތުނބުޅި އަބަދު ބާލާފަ އޮމާން ކޮށްފައި ހުންނަނީ.. އެއް އިރަކު ވެސް ނުދެކެމު. އަނބި ދަރީން އައުރަ ނިވާ ނުކޮށް ވެސް ހުންނަނީ ޤުރުއާނާއި ސުންނަތުން ސާބިތު ނުވާތީތޯ؟؟؟ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ދީނީ އިލްމުވެރިންގެ އަނގަތައް ބަންދު ކޮށްފައި ހުރީ ވެސް ؟؟؟

  31
  2
  • މޮޔައެނޮނިމަސް

   ތުނބުޅި ހަމ ހުންނަން ޖެހޭނެތަ؟.ނު ބަހައްޓާ މީހުން ހަމަ ނަރަކަޔަށް ތަ ދާނީ

   7
   19
   • އަހުމަދު

    ޖާހިލުނަނަކީ ޢިލްމެއްނެތި ވާހަކަދައްކާ މީހުން، ކަލޭ ފުރަތަމަ ދީން ދަސްކޮށްބަލަ

    12
 13. ޙަރީބު

  މައުމޫނޫ ކަލޭ ނޫންތަ ބުނީ ބުރުގާ ވާހަކަ ދެއްކިއިރު ޤްރުއާން އެއީ ހުއްޖަތެއް ނޫނޭ... ދެން ކަލޭ ޤްރުއާންގެ ވާހަކަ ނުދައްކާ ހެޔޮނުވާނެ

  27
  3
  • ޜަބީރު

   ވީޑިޔޯ އަލުން ބަލާލާ.. މައުމޫނު ބުނީ ގުރުއާން ތަރުޖަމާ އަކީ ހުއްޖަތެއް ނޫން ކަމަށް. ޤުރުޢާނުގެ ވާހަަކަ އެއްނޫން.. ވާހަކައެއް ދައްކަންޔާ ޔަޤީންކޮށްފަ ދެއްކުން ރަނގަޅުވާނެ ތިމާ މޮޅުވެގަންނަންވިޔަސް..އެހެނީ، ބައެއް ހީ ތަކަކީ ފާފައެއް.. سورة الحجرات ١٢ ބަލާލާ ތަޢުބާވޭ.. ތިއީ ފާފައަކަށްވެސް ވެދާނެ އަޚާ..

   11
   8
 14. މުހައްމަދު

  ހުކުރު ނަމާދުވެސް އަންހެނުންނަށް ވާޖިބުތޯ. ފިރިމީހާއާއި ދަރިންނަށް ހަރަދުކުރަން އަންހެނުންނަށް ވާޖިވުތޯ.

  25
  2
 15. ވަގަވޯޓާ މަވޯޓާ ތަވޯޓާ ފޮސްފަންބިޑާ

  ''އިސްލާމީ ބައެއް އެހެން ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ, ސޫދާން , ޕާކިސްތާނު'' މިގައުމުތަކުގަ މަރަށް މަރުވެސް ހިފާ ، ރާއްޖޭގަ ކީއްވެ ނުކުރަނީ؟؟؟ ހަމަ އެކަނި ތިމާމެންގެ މަސްލަހަތު ކުރިއަރުވަން އަންހެން ފަނޑިޔާރުންނޭ ކޮމާންޑޭ ކިޔާނެކަމެއް ނެތް.މައުމޫން ތިޔައި މިފަދަ ކަންކަމުގަ އަބަދުވެސް ލާދީނީ މީހުންގެ ސައިޑްގަ ހުންނަވާ ބޭފުޅެއް.

  26
  1
  • ނަދާ

   ޣަައިރުމުސްލިމުންއަޅުކަން ކުރާ ދައްޅިއާ ޗާޗްތައް ވެސް ހުރޭ ތިބުނާ ތަން ތަނުގަ އަދި މިކަލޭގެ ބުނާނެ ރާއްޖޭގަ ފައްޅި އެޅިޔަސް އޯކޭވާނެޔޭ މެލޭޝިއާ އިންޑޮނޭޝިއާ ދުބާއީ ތަންތާގަވެސް ފައްޅި ވެސް ހުރެޔޭ

   15
 16. ހިލަރީ

  ކަލޭގެ ވާހަކަ މިހާރު ޤަބޫލެއް ނުކުރެވޭނެ. ޔޫ ތީ ތުބުޅި ލީ މީހުންގެ ތުބުޅި ބޭލުވި މީހެއް. އޭރު ގަދަބާރުން ވެރިކަންކުރި އިރު މީހުން ފިއްތާފަ ތިއްބަސް ދެނެއް ނުތިބޭނަން ބޭގަނޑާ.

  19
  2
 17. ހުސޭނުބޭ

  ކާފާ! މި ފަތުވާ ނެރެދީބަލަ! މީގެ ކުރިންވެސް ބުނިގޮތަށް ރާއްޖެއަކީ ހޫނު ގަދަ ޤައުމަކަށް ވީމާ އަންހެނުންނަށް ގާޒީކަމެއް ނުކުރެވޭނެޔޭ! އެދުވަހު އަންހެނުން ބުރުގާ ނާޅަން ހުއްދަދިނީ ޤުރުއާނާއި ހަދީސުން ހުއްދަވީމާތަ! ތިއީ ހަމަ މިޤައުމުގެ ކޮރުއިބިލީސް!

  10
 18. ޢަހްމަދު

  ކިހާބޮޑުކަމެއް. ކަލޭޖެހޭދޯ މިކަމުގެތެރެއަށް އަދިވެސް އަގަބާނަން. މިހާރަކު ތިޔަ އަޑުއަހާނެ ބަޔަކު ނެތްކަން އަދިވެސް ގަބޫލުނުކުރެވެނީދޯ؟

  13
 19. އަލިބެއްޔާ

  ޕެޑް ޖަހައިގެން އަރާ ހުކުމް ކުރެވިދާނެ ކަމަށްވެސް މި ބުރާންތި ބުނެފާނެ.. މައުމޫން ކަލެއަށް ހަލާކު ހުރި..

  12
 20. Anonymous

  އަންހެނުން އައުރަނިވާކުރުމަށް ޤުރުއާނުގައި ބަޔާންކޮށްފައިވާ އިރު ކަލޭގެ އަބީންނާއި އަންހެން ދަރީން އައުރަ ނިވާނުކޮށް ހުންނީ ޤުރުޢާނުގެ ނޫރު ސޫރަތުގައި ނުވާތީ ތޯ

  13
 21. ހުސެން

  އެހެންވެ ރިބާ ބޭންކުތައް ކަލޭ ހުޅުވީ ؟ކަލެޔަށް ރިބާ ޢާޔަތް ނުފެނުނީތަ؟
  އެހެންވެ ދޯ ކަލޭ ވެރިކަމުގައި ރަލާއި އޫރުމަސް ބިސްމި ލިޔެފަ ތަންތަން އެ އެއްޗެހި ވިއްކަން ހުއްދަ ދިނީ ދޯ؟
  އެހެންވެ ދޯ މޫނު ބުރުގަލާއި ތުނބުޅި މަނާކޮށް ޗިލީ ސޯސް ލީ ދޯ؟
  އެހެންވެ ދޯ މަސްތުވާ އެއްޗެހި ބޭނުންކުރާ ގޮތް ތައާރަފުކޮށް އެބޭނުންކޮށް ޒުވާންޖީލެއް ހަލާކުކޮށްލީ ދޯ؟
  އެހެންވެ ކަލޭގެ ވެރިކަމާ ކިރިޔާ ވެސް ފާޑުކިޔާ މީހަކަށް ޖަލުގެ ކުޑަގޮޅިން ކޯސްޓުކިރު ދިނީ ދޯ؟
  އެހެންވެ ޖަްވަށް ފަޒަޔަށް ދެން އެންމެ ފަހުން ގަޔަށް އުންޑައަރުވާލީ ދޯ؟

  10
 22. މުހައްމަދު

  މީހަމަ ފައްކާ އިބިލީހެއް މީއްޗަކު ދައްކާވާހަކަ އަޑުއެހި މީހަކުވެސް ހަލާކުގެ ތެރެޔަށް ވެއްޓިގެން ދާނެ ބޮޑު ބަލާއެއް އަހަރެންނާ ގައިކޮޅު ގައިގާ ދުރު ތިޔަ އިބިލީހާ

  10
  1
 23. 1111

  ފައްކާ ރޯނުއެދުރެއް! މީނައަށް ހާދަވާ ޢިލްމެއް އެބަ އެނގެއޭ! ބަލާބަލަ އ ނާއި ފ ހަމަހަމަ ކަން ދައްކަން އަޅާކިޔާފަ ހުރި ކަންކަން. ތަސައްރަފް ފުދޭ މީހެކޭ ހިތައްއަރާ! މީނަ ޢިލްމުވެރިޔަކަށްވީ ކޮންދުވަހަކު؟؟؟

 24. އަސްލު

  ޤުރުޢާނުގަ އަދި ސުންނަތުގަވެސް ޒިނޭ ހަރާމް އެކޭ ނެތް. އެ ހުއްދަވާނެތަ....؟ ޤުރުއާނުގަ އޮތީ ޒިނޭއާ ކައިރިވެސް ނުވާށޭ .

 25. ރަނގަޅު

  އަޅުކަންތަކުގައި އަންހެނުންނާ ފިރެހެނުންނާ ޖިންނީންނާ އެއްހަމަ . އެހެނީ ޤުރުއާންގައިވަނީ " އިންސީންނާ ޖިންނީންވެސް ތިމަންއިލާހަށް އަޅުކަން ކުރުމަށް މެނުވީ ނުހައްދަވަމެވެ. "

  އެކަމަކު އެޤުރުއާންގައި އަންގަވަނީ އަންހެނުންްނަށާ ދަރިންނަށާ މައިންބަފައިންނަށް ޚަރަދުކޮށް ބެލެހެއްޓުމަށް ފިރެހެނުންނަށް.

  ބުރާންޗާ ހަމަ ހަމަ ތަ.