ޕީޕާލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބް ރައީސް ކަމުންނާއި، އެ ޕާޓީގެ މެންބަރު ކަމުން އަހުމަދު ނިހާން ހަސަން މަނިކު އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރުކަން ކުރެއްވި ނިހާން ޕީއެންސީން އިސްތިއުފާ ދެއްވީ މިއަދުއެވެ. އޭނާ އެކަން ހާމަކުރެއްވީ ޓްވިޓާގައެވެ.
ނިހާން އާއި ގުޅުމުން އޭނާ ފޯން ނުނަންގަވާތީ އެ ޕާޓިން އޭނާ އިސްތިއުފާދެއްވީ ކީއްވެގެން ސާފްވާ ގޮތް ވަނީ ނުވެފައެވެ. ނިހާން، އިދިކޮޅު ޕީއެންސީއިން ވަކިވެވަޑައިގެންފައިވާއިރު، އޭނާ ވަނީ އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންފައެވެ.
މިފަހުން އިދިކޮޅު ކޯލިޝަންގެ ހިމެނޭ ޕީއެންސީ އަދި ޕީޕީއެމް އިން ހިންގާ ހަރަކާތްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުން ނިހާން ނުފެނެއެވެ.
ނިހާން އެ މަގާމުން އިސްތިއުފާ ދެއްވިިއިރު، އޭނާ ކުރިން ހުންނެވީ ޕީޕީއެމްގެ ލީޑާޝިޕްގެ އިސް މެންބަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ހަރުދަނާ ލީޑާޝިޕެއް ނެތް ކަމަށް ބުނެ އޭނާ ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.
އޭގެ ފަހުން އޭނާ ގުޅުނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އުފެއްދެވި ޕާޓީ ޕީއެންސީ އާއެެވެ.
އޭނާ ޕީއެންސީ ވަކިވެވަޑައިގަތުމުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ ތަމްސީލު ކުރައްވާ، އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެއީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު "ލޮސް" އެއް ކަމަށެވެ.
ނިހާން ވ އަވަހަށް ޑީއާރޕީ ނުވަތަ އެމްއާރއެމް އާއި، މިއީ ފެއިލްވެފަތިބި ބާއޮޑިފަހަރު، އާރޫހަކާއެކު ޕީޕީ އެމް ކުރިއަށް... ހިރްވަރު އެލޭނެކަމެއްނެތް. އާފޯވާޑުން ނުކުމެ ކެރިގެން ކުޅޭނެ.
އިސްތިޢުފާ ދިނުމަކުން އަދި ނުޗެލޭނެ ރޮލެކްސް ގަޑިޔާ ފުލެޓު ގަތްގޮތް ބަލަންޖެހޭ.. ލިބޭ މުސާރައިން އެކަމެއް އަދި ނުވާނެ
ތިވާނީ އޭނަވެސް ނިގޫ ފިތިފަ ހުރިކަމައް ދެން ފެންނާނީ އެމްޑީޕީން ކަންނޭތްގެ!!
ރައްޔިތުންގެ ކަންކަމަށްވުރެެ އަމިއްލަ އެދުން ބޮޑުވީމަ ދެންވާނީތިހެން.
ބުރޯ ޕާޓީއާ ދެން ގުޅޭނީ
ސަޕްރައިޒް ކަމިން ސޫން. ހިނި އަންނަނީ... ދެންވާނެ ހުދަންބަރަކަށް.
މިކަހަލަ ލޯޔަލް ނޫން ކުނި ބުނި މީހުންތައް ފުރޭނެމުންގޮސް ޕޕމ އަވަހަށް ސާފުވުން އުންމީދަކީ.
ތީއަސްލު ޔާމީނު ހަލާކުކޮށްލި ގުރޫޕް، ރަނގަޅު ނިންމުމެއް! މަރުހަބާ ޕީޕީއެމް. ހުރިހާ ސަކަރާތެއް ޖަހާފައި މެޑަމޭ، ފަޅޮލޭ ކީ! މެޑަމް ކުރި މަސައްކަތަކުން ރައީސް ޔާމީނަށް ތިޔަ ލިބުނު ވޯޓުކޮޅެއްވެސް ލިބުނީ! މީ ރިޔާލިޓީ....
ތިޔަ ދިޔަ ގުރޫޕަށް މޮޅުވާނީ.. ވެރިކަމަށް އިބޫ ގެންނަން މަސައްކަތް ކުރި މީހުން އެތީބީ މާލޭގެ އެކިއެކި ޕާކުތަކުގައި ބިއްޖެހިފައި... ވަޒީފާ ގަނޑެއްގެ ވަރުވެސް ނުލިބިފައި...
ޔާމީން އަރިއަޅައިފިކަން ޔަޤީންވީ ދޯ! ދެން ތި ވާނީމީނައަށް އަދި ކިރިޔާ ޔާމީންގެ ހަޤީގަތްްް އެގުނީކަަށް!
މޮޅުތަންކޮޅަކީ އެހެންޕާޓީ އަކަށް ދިޔަޔަސް ވައްދާނެ. އެހާހިސާބުން އެއްވެސް ޖަރީމާ އެއް ހިންގި ކަަމަކަށް ނުވާނެ