މީގެ ކުޑައިރުކޮޅެއް ކުރިން ޕީއެންސީ އިން އިސްތިއުފާ ދެއްވި އެ ޕާޓީގެ ނައިބް ރައީސް އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ސަރުކާރު ކޯލިޝަން އާއި ގުޅިވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނިހާން ގުޅިވަޑައިގަންނަވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއެވެ. އެނގިފައިވާގޮތުން ޖުމްހޫރީ ޕާޓީއަށް މިރޭ ނިހާން ސޮއި ކުރައްވާނެއެވެ.

ނިހާން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ހަބަރު އެ ޕާޓީން ދޮގެއް ނުކުރެއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، މިރޭ ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް ބާއްވާ ރަސްމިއްޔާތެއް 9:00 ގައި އޮންނާނެ ކަމަށެވެ. ނަމަވެސް ސޮއިކުރައްވަނީ ކޮން ބޭފުޅުންނެއް ކަން ނޭގޭ ކަމަށް ވިދާޅުވިއެވެ.

"ހައި ޕްރޮފައިލް ގިނަ ބަޔަކު މިރޭ ސޮއިކުރައްވާނެ". އަލީ ސޯލިހު ވިދާޅުވިއެވެ.

ނިހާންގެ އިތުރުން، މިރޭ ޕީޕީއެމްގެ އިތުރު މެންބަރުންތަކެއް ޖޭޕީއާއި ގުޅިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޑޯންނީޑް

  ދެ ރަށެއްގެ ބަނދަރު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ން...

  38
  3
 2. ބޮޑު

  މިދެން ކަންތަކާޖެހެނީ .....

  33
 3. ޢަބްދުއްލާ

  ނިހާން ޕީއެންސީ އިސްތިއުފާ ދީފި

  33 މިނެޓް ކުރިން
  ނިހާން ސަރުކާރު ކޯލިޝަނާއި ގުޅިވަޑައިގަންނަވަނީ

  7 މިނެޓް ކުރިން ( އޮގަސްޓް 26, 2019 )
  ރައީސް ޔާމީނާ އިދިކޮޅަށް ހެކިދޭން ތިކަލޭގެ ދެން ދުއްވައި ގަންނާނީ ތީރީލޯޑް ބްރެއިންޑުގެ ވަފާތެރި ނަޒާހަތްތެރިން.

  59
  1
 4. އާދަމް ނަވާޒް

  ކަނޑާނެ ފުދޭވަރަކަށް ބޮޑުކޮށް.

  38
 5. މުޙައްމަދު

  އަނގަޔާ އަތާ ދިމާނުވާތީ.

  42
  1
 6. އިންޒޮމްނިއާ

  ނިހާން ޕީއެންސީން ވަކިވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކަމެކޭ...

  35
  3
 7. ދޮށީ އަނބި

  ހެއްހޭ........
  އަތްމަތި ދަތިކޮށްލީމާ މިހިރަ ބައި ހެޔޮވަނީ....
  އެމްޑީޕީ ހޮޕް ހޮޕް

  23
  9
 8. ޓޭކްއިޓް

  ކުރީގެ މެމްބަރުންތަކެއް ޖޭޕީއަށް ސޮއިކުރުން އެއީ ދެން އަނެއްކާ ރާއްޖޭގެ ސިޔާސީ ދާއިރާ ރިޖެނެރޭޓް ކޮށްދޭނެ ކަމެކޭ ....

  6
  9
 9. ޢިހުސާނުގެ ހުސޭނު

  ގާސިމުއަތުން ލާރިކޮޅެއް ދަމާލަންމިމީހުން ވަރަށްމޮޅުވާނެ. ގާސިމުގަހަށް އަރުވާފަމުންޑުބާލުވާފަ ލާރިކޮޅުހިފައިގެންބެޗުން ތީގެމަގްސަދަކީ!!

  34
 10. ޑޯންކޯލް

  ރާއްޖޭގެ ސިޔާސީ ދާއިރާ އަށް އެބަޖެހޭ ސަބްސްޓޭންޝަލީ ރެސްޕޮންސިވް އުސޫލުން ބަދަލު ގެންނަން އެގޮތުން ބަލާއިރު މިހާރު ރައީސް ޔާމީންގެ ސިޗުއޭޝަން ހުރި ގޮތުން ޕީއެންސީން އެންމެ ރަނގަޅުވާނީ އެމްޑީޕީ އާއި އެކު މާރޖަރ އެއް ހެދުމޭ އަދި ޕީއެންސީ ގައި ތިބި ފެއިލްޑް ޕޮލިޓިޝަނުން ރަނގަޅުވާނީ ސީދާ ޖޭޕީ އާއި ގުޅިގެން ކުރިއަށް

  1
  12
  • ޖަސްޓް

   އެންމެ ރަނގަޅު ގޮތަކީ ހުރިހާ ޕާޓީތަކެއް އުވާލާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ފިތުނަވެރިކަން އުފައްދާފަރާތްތައް ކުޑަގޮޅިޔަށްލުން. ނޫނީ ރާއްޖެއިން އަރުވާލުން. ޕާޓީ ސިސްޓަމަކީ އޮތްގޮތަށް އޮތް ފިތުނައުފައްދާ ސިސްޓަމެއް.

   5
   1
 11. މޯދީ

  ބޮޑެތި ވަގުންނަކީ ވަރަށް ހައި ޕްރޮފައިލް ބައެއް.

  30
 12. ޑޯންކޯލް

  ބޮޑެތި އިސްލާހުތަކާ އެކު މަޖިލިހުގެ ގަވައިދު ފާސްކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ .

  4
  1
 13. ޑޯންކޯލް

  މަމެން ކުރިން ވެސް ބުނީމެއް ނޫންތޭ މިސަރުކާރުގައި އިދިކޮޅު ސިޔާސީ ޕާރޓީ އަކަށް އޮންނާނީ އެއީ ޖޭޕީއޭ އެކަމުގެ އަލާމާތް ތަކޭ ފެނިގެން މިދަނީ ދޯ...

  11
  5
 14. ޑޯންކޯލްއިޓް

  ބޮޑެތި އިސްލާހުތަކާ އެކު މަޖިލިހުގެ ގަވައިދު ފާސްކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ...

  3
  1
 15. ބެރިކޭޑް

  ތިޔަ ދިޔަ ގުރޫޕަށް މޮޅުވާނީ.. ވެރިކަމަށް އިބޫ ގެންނަން މަސައްކަތް ކުރި މީހުން އެތީބީ މާލޭގެ އެކިއެކި ޕާކުތަކުގައި ބިއްޖެހިފައި... ވަޒީފާ ގަނޑެއްގެ ވަރުވެސް ނުލިބިފައި...

  6
  4
 16. ލޫޒް

  އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ލަފާ ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ސްޕެޝަލީ ސުޖޫން ޖެހޭނެއޭ ލާރޖް ކޮށް ސްޕްރީމް ކޯޓަށް އައްުޔަން ކުރަން އިނގޭތޭ ވެން ޔޫ ލުކް އެޓް ހާރ ޕްރޮފައިލް ގެޓިންގް ހާރޓް ލޫޒް ކޮންޓްރޯލް...

  1
  5
 17. އަވަރސް

  އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ލަފާ ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭލައިކް

  2
  6
 18. ގިވްއިން

  އަދުރޭ އާއި ނިހާނާއެކު އިދިކޮޅުގެ އިސް ބޭފުޅުންތަކެއް ޖޭޕީއަށް ގޮސްފިނަމަ ދެން އެއިން އެގިގެންދާ އެއްޗަކީ ދެން މިރާއްޖޭގައި ޕީޕީއެމް އަދި ޕީއެންސީ ނުހިނގާނެ ކަމަށް ރައީސް ޔާމީން އަކީ އެއީ ސިޔާސީ ގޮތުން ކުޅަދާނަ ޝަހްސިއްޔަތެއް ނޫނޭ އެކަން މިވަނީ ޕްރޫވް ވެފައޭ ސިޔާސީ ގޮތުން ކުޅަދާނަ ޝަހްސިއްޔަތުންނަކީ އެއީ ބަލިވެފައި ތިބޭއިރު ކަށިން ހިތްވަރު ނަގައިގެން އެކަން ކުރާ މީހުންނޭ އެކަން ނުވިއޭ ރައީސް ޔާމީން އަށް ދެން ރައީސް ޔާމީން ޕީޕީއެމް ހަވާލު ކުރަންވީއޭ ރައީސް މައުމޫނާއި އޭ އެއީ ހުރިހާ ގޮތަކުން ބަލާނަމަވެސް ރައީސް މައުމޫނުގެ މިލްކިއްޔާތެކޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން...

  2
  11
 19. ގިވްއިން

  އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ޖޭއެސްސީން ލަފާ ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ސުޖޫން....

 20. ގެޓްއަޕް

  އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ލަފާ ދީފި ނަމަ އެގޮތަށް ޖެހޭނެއޭ މަޖްލީހުން އެމެންނަށް ރުހުން ދޭން ....

 21. މަޒް

  ބަގާވާތުގެ މަލަމަތި ފެންނަންފެށީ... ތި ޖުމްހޫރީ ޕާޓީ ސަރުކާރު ތެރެއިން އެއްލާލުން ބުއްދިވެރި..

 22. މާވަޑި ފަލާހް

  މުލުވަގު ސަލާމަތް ނުވާނެކަން ޔަޤީންވުމުން ދެންތިބި ވަގުންތައް ކުލަބަދަލުކުރަނީދޯ؟ ދެންމިތިބި ވަގުންނަކީވެސް މުލުވަގަށް ޤައުމުގެ ޙަޒާނާ ލޫޓްވުމަށްއެހީވެ އަދި ޙަޒާނާއިން ވައްކަންކުރި ވަގުން. ޖޭޕީ އަކީ ފެށުނީއްސުރެއް ވަގުންނާ މުޖުރިމުންނާ ރައްޔިތުންނަށް އަނިޔާކުރި ކުރީސަރުކާރުގެ އެންމެން ހިމާޔަތައްވަންނަތަނެއް. ސޭޓް ބަލާނީ ޕާޓީއަށް ބޯގިނަކުރެވޭތޯ، ސޭޓްގެ ބޮލުގައި އަބަދުވެސް އިންނަނީ ވެރިކަން، މިހުރިހާވަގުން ސޭޓަށް ވެރިކަން ހޯދަދޭނަމޭކިޔައިގެން ސޭޓްގެ ޕާޓީ ނިވާފަތްގަނޑަކަށް ހަދަނީ. ރައްޔިތުން ހޭލާތިބޭތި، މީހަމަ އެވައްކަންކޮށް ފަސްއަހަރު ރައްޔިތުންނަށް އަނިޔާކުރިމީހުން

 23. ނަމަ

  ގާސިމް އުއްދަޑި އެއް ހެން ފެލާނުލާފިއްޔާ ވެދާނެ

  1
  1
 24. ކާޅު

  މިރޭ ޗެނަލް 13 ގެނެސްދޭ މަޑިސީލަ ޕޮރްގުރާމް މިހަބަރާ ގުޅޭގޮތުން ކަލޯމެން ދައްކާނީ ކޮން ވާހަކަ ތޯ ؟

 25. ޙެޕީ

  ކެވޭ ކޮޅަކަށް ހަމަ ދުވަންވީ!