އިދިކޮޅު ޕީޕާލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުކަމުން، ކުރީގެ ވިލިމާލޭ ދާއިރާގެ މެމްބަރު، އަހުމަދު ނިހާން ހަސަން މަނިކު ވަކިވުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު "ލޮސް" އެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ ތަމްސީލު ކުރައްވާ، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނިހާން ޓްވީޓެއް މެދުވެރިކުރައްވާ، ޕީއެންސީން ވަކިވެވަޑައިގަތްކަން ހާމަކުރެއްވުމުން، ރީޓްވީޓެއް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، ނިހާނަކީ ވަރަށް ގިނަ ދުވަހު ސިޔާސީ އެއް ޕްލެޓްފޯމެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ނިހާނަށް ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ޕީއެންސީ އިން ނިހާން ވަކިވުމަކީ ވަރަށް ބޮޑު ލޮސް އެއް. ވަރަށް ގިނަ ދުވަހު ސިޔާސީ އެއް ޕްލެޓްފޯމެއްގައި ހުންނެވި ޕޮލިޓިކަލް ލީޑަރެއް. ނިހާނަށް ކާމިޔާބު ދުވަސްތަކަކަށް އެދެން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ނިހާން ޕީއެންސީން އިސްތިއުފާ ދެއްވީ މިއަދުއެވެ. ޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމުންވެސް މިއަދު އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. ނިހާން އާއި ގުޅުމުން އޭނާ ފޯން ނުނަންގަވާތީ އެ ޕާޓިން އޭނާ އިސްތިއުފާދެއްވީ ކީއްވެގެން ސާފްވާ ގޮތް ވަނީ ނުވެފައެވެ.

ނިހާން، އިދިކޮޅު ޕީއެންސީއިން ވަކިވެވަޑައިގެންފައިވާއިރު، އޭނާ ވަނީ އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންފައެވެ. މިފަހުން އިދިކޮޅު ކޯލިޝަންގެ ހިމެނޭ ޕީއެންސީ އަދި ޕީޕީއެމް އިން ހިންގާ ހަރަކާތްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުން ނިހާން ނުފެނެއެވެ.

ނިހާން އެ މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާ ކުރިން ހުންނެވީ ޕީޕީއެމްގެ ލީޑާޝިޕްގެ އިސް މެންބަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ހަރުދަނާ ލީޑާޝިޕެއް ނެތިގެން ކަމަށް އެޕާޓީގެ ލީޑާޝިޕެއް ނެތް ކަމަށް ބުނެ އޭނާ ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޕީއެންސީން ވަކިވެވަޑައިގެން ނިހާން ވަނީ ސަރުކާރު ހިންގާ ކޯލިޝަނާ ގުޅިވަޑައިގަންނަވަން ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މާމޫން

  ޢުމަރާ ކަލެއަށް ދިވެހި ބަހުން ލޮސް ބުނަން ނޭގުނީތަ؟

  10
  2
 2. ބުރޯ

  ޕީއެންސީ ހެދުމަށްފަހުވެސް ޕިޕީއެމް ހިސާރު ކުރުމަކީ ގޯހެއް .އިދިކޮޅު ހުރިހާ ސިޔާސީ ބޭފުޅުން އެއްޕާޓީއަކަށް ނާރަނީސް ގައުމަށް ހަމަޖެހުމެއް ނާންނާނެ.

  11
  6
 3. ރައްޔިތު

  ތިއީ މުޅީންވެސް އަމިއްލަ އެދުމުން ފޯވެފައި ތިބި ސިޔާސީ "ރަންޑިން"..! ޔާމީން ފެއިލްވީ ތިމީހުންނަށް މާބޮޑަށް އިތުބާރު ކުރެއްވީތީ..!

 4. ދދދދދދ

  ދެން އެންމެ އަވަހަށް ދާން ހުރީ ތިބޭފުޅާތޯ؟

 5. މާމިނގިލި

  ޔާމިނުކަތިލާފަ ގާސިމުކަތިލަން ކަނޑިއުރައިން ދަމައިގަންނައްންތްޔާރުވެއްޖެ މިފަރު އައިސާއައް ލިބޭނީ ގާސިމުގެ ބޯ ދެންޖަހާނީ ހުރިހާހަރަކުންކަށި