ރާއްޖޭގައި ފިރިހެނަކަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނަކަށް އޮންނާނެ ކަން އެމްޑީޕީއިން ކަށަވަރު ކުރާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަހީދު ވިދާޅުވީ އެމްޑީޕީއަކީ މިދިޔަ 14 ވަރަކަަށް އަހަރު ތެރޭގައި ފެން ހިފުނު ޕާޓީ ކަމަށާއި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވަނީ ޕާޓީގެ އެއްވެސް މެންބަރެއް ޖިންސުގެ ގޮތުން ތަފާތު ނުކުރެވޭނެ ކަމަށެވެ.

"އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވަނީ އެންމެނަށް ހަމަ ހަމަ ކޮށް ކަން ކަން ކޮށްދިނުމަށް , ތަރައްގީ އާއި ހިދުމަތް ލިބުމާއި އިންސާފު ލިބުމުގައި ހުރިހާ ގިންތި އެއް ހުރިހާ ޖިންސެއް ހަމަހަމަ ވާނެ " ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސްޕްރީމް ކޯޓުގެ ބެންޗަަށް ދެ އަންހެން ކަބަލަކު ނެންގެވީތީ ރައީސް އިބްރާހީމް މުހައްމަދު ސާހިހު އަށް މަރުހަބާ ދަންނަވާ ކަމަށާއި އެމަނިކުފާނަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

"އަންހެން ކަބަލެއްގެ ވިސްނުމާއި މެދު ސުވާލު ކުރައްވާ ފަރާތްތަށް އިސްލާމީ ތާރީހަށް ބަލާއިރު ހުދައިބިއާ ގައި ހިންގި ކަންތަތަކުން ގައުމު ހަމަމަގަށް އެޅުވީ އަންހެނެއްގެ ވިސްނުމުގެ މައްޗަށް " ވައްޑޭ ފާހަގަ ކުރެއްވިއެވެ.

ވައްޑޭ ވިދާޅުވީ ފިގުހީ އެންމެ ބޮޑެތި މައްސަލަތަކުގައި ހަދީސް ރިވާ ކުރައްވާފައިވަނީ އަންހެން ބޭފުޅުން ކަމަށެވެ.

ވައްޑޭ ވިދާޅުވީ އެންޑީޕީން ހޯދި ކޮންމެ ކާމިޔާބީއެއްގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި ފިރިހެނަކަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނަކަށް އޮންނާނެ ކަން އެމްޑީޕީއިން ކަށަވަރު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާމެލިދައިތަ

    ރީނދޫ ބައިގަޑުގެ ހުރިހަާ ފިރިހެނުން ވިހަން ފަށަން ވެއްޖެ އެއްނު އެެޭރުން ނޫންތަ ހަމަހަމަ ވާނީ އަނބިން އޮފީހަށް ދިޔާމަ ގާތުން ދޭންވާނެ

    35
    2
  2. ލާ ޑިނަޑިން

    ކަލޭމެން ކިތަންމެ ހަމަހަމަކުރަން އުޅުނަސް ހަމަހަމައެއްނުވާނެ، ވީނަމަ ދެޖިންސު ހަމަހަމަ ވާނޭ އުޑާބިމާހަމަ..

    26
    2
    • ޢަލީ

      ދެން ކަލޭ އަންހެނުންނަށް ފިރިހެނުން ފަދައިން ނަމާދެއް ނާޅާ ކުރެވޭނެ ގޮތް ހަދަން ވީނު...

  3. މުހައްމަދު

    އެކަމަކު ހިތާނުކުރަން ޖެހުނީމަ ބުނަނީ އަންހެނުންނަށް ކުރާ އަނިޔާއެކޭ.

    28
    1
  4. ކާފަބޭ2019

    ﷲތައާލާ ކޮންމެމަޚުލޫގެއް ދެޖިންސުންހެއްދެވީ ﷲތައާލާހުރިހާކަމެއްމޮޅަށްދެނެވޮޑިގެންވާތީ ފިރިހެނަކަށް 4 އަނބިންހުއްދަކުރެއްވިއިރު އަންހެނަކަށް 4 ފިރިންހުއްދަނުކުރެއްވީ އެސަބަބުﷲމޮޅަށް ދެނެވޮޑިގެންވާތީ ވީމާ ވަކިގޮތެއްﷲކަނޑައަޅުއްވާފައިވާކަމަކަށް އެކަލާނގެ ހެއްދެވިއަޅަކަށް ދެކޮޅުހެދޭނެތޯ؟ ހަމަޔަޤީނުންވެސް ޤިޔާމަތްޤާއިމްކުރަށްވާނެ އެދުވަހަށް ބިރުވެތިވާށެވެ.

  5. ޢިކުރާމު

    ތިކަމެއްނުވާނެ 4 ފިރިހެނުންނަކާ ނުއިނދެވޭނެ އެއްފަހަރަކާ އަދިވަރިކުރުމުގެ ބާރެއްވެސް ނުލިބޭނެ ތީހަމަ ކޮސްވާހަކަ ހުކުރުހުތުބާކިޔާ ފިރިހެނުން ފަހަތުލައިގެން ނަމާދެއްނުކުރެވޭނެ ބަންގިލިބިގެނެއްނުވޭ ގަމަތްދީފަ ނަމާދު ކުރަންޖެހޭނީ ފިރިހެނުން ފަހަތުގަ ގޭންބޭރައް ދިޔުންހުއްދަވެގެންވަނީ ފިރިމީހާގެ ހުއްދަލިބިގެން ފިރިމީހާ ތިޔަކަނބަލުންނާއެކު އެއްދާންކުރަން އެދިއްޖެނަމަ އެކަމައްއިންކާރު ކޮއްފިނަމަ އަލިވިލުމާ ހަމަޔައް މަލާއިކަތް ބޭކަލުން ލައުނަތްލައްވާނެ ވީމާ ކޮންގާނޫނެއްގެ ކޮންތާކުތޯ މިހުކުމްލިޔާހާ ތަރުތީބެއް އޮތީ

  6. ސައްޔިދު ދީދީ

    ފިރިހެނަކަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށް ހޯދަދޭން ވަކާލާތު ކުރާއިރު ތިދެވެނީ ކުފުރުގެ މައިދާނަކަށް ނޫންތޯ ސުވާލު ކޮށްލަން ބޭނުންވޭ

    9
    1
  7. އަޙްމަދު

    އޭ މިހިރަ ގަމާރާ! ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނަކަށް ނޯންނާނެ. ކަލޭގެ ބޮލުން ފެށިގެން ފަޔަށް ބެލީމާ ތަފާތުފެންނާނެ. އެވަރުން ނޭގިއްޖެއިޔާ އަލުން ކިޔަވަންދޭ!

  8. ކެޔޮޅު

    ވައްޑެއަކަސް ދިގުޑެއަކަސް ތިކަމެއްނުވާނެ އަނގަހައްދު ނުޖަހަނީސް މައިތިރިވޭ!!

  9. އަހްމަދު

    މާނަޔަކީ މީނާގެ އަންހެނުންނަށް މީނަ ވަރިވެސް ކުރެވިދާނޭ

  10. Anonymous

    މާދަމާ އަންހެނުން އަންހެނުންނާ ކައިވެނި ކުރާނެތާ ތިޔަބުނާ ފުރުސަތު ކަށަވަރު ކުރަން.. އިސްލާމް ދީން ދަސްކުރަން މަޖުލިސް ބަަަަންދުކުރަން ފެނޭ..

  11. ހޭނުހޭ

    ހަދީސް ރިވާކުރެއްވި އަންހެން ކަނބަލުންގެ ވާހަކަ ދައްކާއިރު އެ އަންހެން ކަނބަލުންނާ ފޮޓޯގައި އެއިން އެއް ކަނބަލަކާ ކިހިނެތް އެއްވެސް ގޮތަކުން އެއްވަރުކުރާނީ؟ ފިރިހެނަކާ އެއްވަރަށް ސިގިރޭޓް ބުއިމުން ދެ ޖިންސްގެ މީހުން ހަމަހަމަވާކަމަށް ބަލާފާނެ އެމްޑީޕީ މީހުން.

  12. އަލީ

    މަޖުލިސް ދެން އުވާލަންވެއްޖެ. ކޮސްގޮވާ މީހުން މާގިނަވެއްޖެ.