މަޖިލީހުގެ ޖަލްސާ ތަކުގައި ތެދުބަހުން ވާހަކަދައްކަން ޖެހޭނެ ކަމަށް ބުނެ މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްނުކޮށް ބޭރުކޮށްލައިފި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކުމުގެ އަދަބުތައް ބަޔާން ކުރާ މަޖިލިސް ގަވައިދުގެ 58 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރަން ހުށަހެއެޅި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 47 މެމްބަރުން ވަނީ މިއަދު ވޯޓު ދީފައެވެ.

މަޖިލިސް ގަވައިދުގެ މި މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކުވެސް ވަކި އުސޫލުތަކަކަށް ތަބާވާންވާނެ ކަމަށެވެ. ސަލީމް ހުށަހެޅުއްވީ އެ އުސޫލުތަކުގެ ތެރެއަށް ތެދުބަހުން ވާހަދެއްކުން ހިމަނައި ގަވައިދު އިސްލާހު ކުރުމަށެވެ.

ތެދުބަހުން ވާހަކަދައްކަން ޖެހޭނެ ކަމަށް މަޖިލިސް ގަވައިދުގައި ހިމަނަން ޖެހޭ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރުންނެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު އާއި ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވަނީ ވޯޓް ދެއްވާފައެވެ.

މަޖިލީހުގައި ވާހަކަ ދެއްކުމުގެ އަދަބުތަކުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން, މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު އޭނާއާއި މަޖިލީހުގެ ރައީސާދެމެދު އެއްވެސް ހުރަހެއް ނުހުރުން މެންބަރަކުވެސް އެދެމެދުން ހުރަސް ނުކުރުން ހިމެނެއެވެ.

މީގެއިތުރުން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމަތަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން ޖަލްސާގެ ރިޔާސަތާ މުހާތަބުކޮށް، ވާހަކަދެއްކުން ވެސް މި އިސްލާހުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރައްޔިތުމީހާ

  ޢަޖައިބުވެ އަންތަރީސްނުވާނެތަ އަޅެ! ބަލަގަ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާކަމެއްނޫންތަ ދޮގުބުނުމަކީ؟ ތިޔައީ އިސްލާުމްދީން ޤަބޫލުކޮށްގެން ތިބި ބައެއްނޫންތަ؟ ތެދުބަހުން ވާހަކަދައްކަން ޖެހޭގޮތަށް އޮތީ އިލާހީ ޤާނޫނުން ފާސްވެ ނިމިފައި. ވީއިރު މަޖިލީހެއް އެހެންތަނެއް ކިޔާނެކަމެއް ނެތް، ހުރިހާ ތާކު، ހުރިހާ ޙާލަތެއްގައިވެސް ވާހަކަދައްކަންޖެހޭނީ ތެދުބަހުން! އެނގިއްޖެ؟ ދިވެހި ރައްޔިތުން ވޯޓުދީގެން ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަ ދީފައި ތިޔަތިބީ މަޖީލީހުގައި ދޮގުހަދާކަށްނޫން.

  26
 2. ބަރުގޮނު

  އިއްޒަތްތެރިން " ތެދާ " ހާދަ އަޅާގަތީ. ތެދުބަހުން ވާހަކަ ދައްކަން ހުށަހެޅީމާ ބޭރުކޮށްލުމުގެ މާނައަކީ ކޮބާބާ...؟؟؟ މިމީހުންގެ ފޭރާން މިހިރަ ފެންނަނީ...

  24
 3. ސުޢޫދު

  މިހާރު ވަރައްސާފުކޮއްއެގޭނެ މިތަންތަނުގަ ދެކެވޭ ވާހަކަ ތަކުގަހުރިފެންވަރު ދެންހަދާ ގަވާއިދު ގާނޫނުތައްވެސް ހުއްނާނީ މަސްހިފާދާހެން ބޮޑެތި ލޯވަޅުތައް ތެދުބަހުން ވާހަކަ ނުދައްކާބައެއްގެ އިހުލާސްތެރިކަމެއް ހުއްނާނެތޯ ހަމައެކަނި ތިތަނައް ހާޒިރުކުރާ މީހުންތޯ ތެދުބަހުން ވާހަކަ ދައްކަންޖެހެނީ ތެދުބަހުން ވާހަކަނުދައްކާ މެންބަރުންގެ އަޑުޓީވީ ތަކުން ލައިވް ނުކުރަންވީދެން.

  8
  1
 4. ދުނިޔެ

  ރައްޔިތުންނަށް ދެން މިހާރު އެއްޗެއް ވިސްނެންވެއްޖެދޯ.

  11
 5. ތެދު

  ތެދުވެރިކަމެއްނެތްބައެއްގައޮންނާނިކޮންއިއްޒަތެއް

  10
 6. ދަތްދޫނި

  ކުދި ބޮޑު މި ޤައުމުގެ ރައްޔިތުންނޭވެ. މަޖުލިސް މެމްބަރުންނޭ މިކިޔާ ބައެއްގެ އަމިއްލަ އެދުން ބޮޑުކަން ދެކޭށެވެ. މިވެރިން ދެކޭ ގޮތުގައި މިވެރިންގެ އަމިއްލަ އެދުމެއް ހާސިލް ކުރުމަށްޓަކައި އިސްލާމް ދީނާއި ޣިލާފަށް ދޮގު ގެދުމަކީ މިވެރިންނަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި މިވެރިން ދެކެއެވެ. މިހެންކަމުން މިފަދަ މީސް މީހުން ދެންއަންނަ މަޖުލިހަކަށް ނުހޮވުމަށް ރައްޔިތުން ނިޔަތް ގަތުން ބުއްދިވެރި ކަމެއްގެ ގޮތުގައި ދެކެނމެވެ.

  5
  1
 7. އަލްޖިބްރާ

  ތެދުބަހުން ވާހަކަނުދައްކާ މަޖްލިސްއެއް އޮތް ޤައުމެއްގައި ޤާޒީން ނާއި ފަޑިޔާރުންނާއި ވެރިކަންވެސް އަންހެނުން ކުރިއަސް އެއީ މައްސަލައަކަށް ވެގެން ނުވާނެ !

 8. ސޯޅަ ގެވަޅު

  ޢިއްޒަތާ ކަރާމާތެއް ދޮގުބުނަންއޮންނަ ތަނެއްގައި ގެންގުޅޭނީ ކިހިނެއް. އެހެންވީމާ ތިޔަތަނަށް މުނާފިޤު މަޖިލިސް ކިޔައި މުޚާތަބުކުރުން މާރީތިވާނެ

  4
  1
 9. ޝާއިރާ

  މިހާރު ނޫހަކުން ނުފެނޭ މިހަބަރެއް، އެމްޑީޕީ މީހުން ކުރާ މިކަހަލަ ކަންތަކުގެ ވާހަކަ އެމީހުން ގެނެސް ނުދޭ.