ޕީޕީއެމްގެ ތަރުޖަމާނު އަދި ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ އިނގުރައިދޫ ދާއިރާ އިބްރާހިމް ފަލާހް ޕީޕީއެމް އިން އިސްތިއުފާ ދެއްވައިފިއެވެ.

އާރިފް އާއި ފަލާހް ޕީޕީއެމް އިން އިސްތިއުފާދެއްވިކަން ހާމަކޮށްފައި ވަނީ، މީގެ ކުޑައިރުކޮޅެއް ކުރިން ޕީއެންސީން އިސްތިއުފާދެއްވި އެ ޕާޓީގެ ނައިބް ރައީސް އަހުމަދު ނިހާން ހަސަން މަނިކުއެވެ.

މި ދެ ބޭފުޅުން ޕީޕީއެމް އިން އިސްތިއުފާދެއްވީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ކަމަށް "ވަގުތު"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ ތެރެއިން ފަލާހް އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަުން ނުފަންނަތާ ވަރަށް ގިނަ ދުވަސްވެދާނެ އެވެ.

ފަލާހް "ވަގުތު"އަށް ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވީ، އެ ޕާޓީއަކީ ކުރިމަގުގައި ރާއްޖެއަށް އެންމެ ރަނގަޅު ހިދުމަތްތަކެއް ސިޔާސީ ގޮތުން ކުރެވިދާނެ ކަމަށް ފެންނަ ޕާޓީކަމަށް ވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައްގު ބަސް

    ބްރޯގެ ރުފިޔާ ކައިފަ ތިބި މީހުން

    14
  2. ކަހަނބު ވިތްޓޯ ޓޯ

    ގިނަ ފަހަރައް މަަާ އަޑުގަދަ ގަޓް މީހުން އިހްލަާސްތެރިއެއް ނުވަަަާނެ .ފެން އޮތް ދިމާލައް ދާނީ

    10
  3. ސެނުބެ

    ލާރިއައް ދިއައީ

  4. ތުބުޅި ސުޖާ

    ޤާނޫނު އަރާހަމަކުރާނެކަން ޔަޤީންވުމުން ތެޅެމުން ފޮޅެމުން ނިވާފަތްގަނޑެއް ހޯދަނީދޯ؟؟؟؟ ހާދަ ގަޓެއްނެތޭދޯ؟؟ އަދިވެސް އަނގަ ތަޅުވާތި ޕޯޑިޔަމްތަކަށްއަރާ ތިބެ، އާރިފޫ ދެން އަވަސް އަވަހައް ނޫސްކޮންފެރެންސްތަކަށްއަރާ ހެދުނުހާ ދޮގެއް ހަދަންފަށާ

  5. Juhaa

    ދެފުށްކެހެރި މުނާފިޤުން.

  6. ފަޓާސް

    ފަޑޮއްކަ. 155 ގެ ނިވައިފަތްއަޅަން .