ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް އާއި ޕީޕީއެމްގެ ތަރުޖަމާނު އަދި ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ އިނގުރައިދޫ ދާއިރާ އިބްރާހިމް ފަލާހުވެސްް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރާގޮތަށް ހަމަޖެހިއްޖެއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން ހަލީލް، އާރިފް އާއި ފަލާހް އަދި ނިހާން އާއެކު އިތުރު ބޭފުޅުންތަކެއްވެސް މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނެއެވެ.
މި ބޭފުޅުންގެ ތެރެއިން، ހަލީލް ފިޔަވާ ދެން ތިބި އެންމެން ވަނީ އެ ބޭފުޅުން ތިއްބެވި ޕާޓީތަކުން އިސްތިއުފާދެއްވާފައެވެ.
"ވަގުތު"އަށް މައުލޫމާތުދެއްވަމުން ފަލާހް ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑަައިގަންނަވަން ނިންމެވީ، އެ ޕާޓީއަކީ ކުރިމަގުގައި ރާއްޖެއަށް އެންމެ ރަނގަޅު ހިދުމަތްތަކެއް ސިޔާސީ ގޮތުން ކުރެވިދާނެ ކަމަށް ފެންނަ ޕާޓީކަމަށް ވާތީ ކަމަށެވެ.
"ނިހާން އާއި އަލީ އާރިފް އާއި ޑރ. ހަލީލު، މި ބޭފުޅުންވެސް ސޮއިކުރައްވާނެ ހަމަ". ފަލާހް ވިދާޅުވިއެެވެ.
ބަގާވާތަކަށް ތައްޔާރުވަނީ
ހުރިހާ ސިޔާސީ ވެރިން އެއްޕާޓިއަކުން އެއް ޕްލެޓްފޯމަކުން ފެންނަން އެބަޖެހޭ .ގައުމަށް ފައިދާ ހުރިގޮތަކީ އެއީ ގާސިމް ވެރިކަމަށް ގެނައުމަށް އެންމެން ޖޭޕީއާ ގުޅުން މިވަގުތު ވަރަށް މުހިންމު.
މިވެރިކަން ނިންމަން އެބަޖެހޭ ހުރިހާމީހުން އެއްގޯންޏަކަށް އެރިގެންވެސް މިކަންކުރެވިއްޖެއްޔާ ރަގަޅު
ތިއީ މުޅީންވެސް އަމިއްލަ އެދުމުން ފޯވެފައި ތިބި ސިޔާސީ "ރަންޑިން"..! ޔާމީން ފެއިލްވީ ތިމީހުންނަށް މާބޮޑަށް އިތުބާރު ކުރެއްވީތީ..!
ހާދަ ގޮތްކުޑަ ބައެއްތާ ދޯ! އަދި އެޕާޓީތަކުން ބަލައިވެސްގަންނާނެ. ދެން އެވަރެއް ނުހުންނާނެ. ކުރި ކަމެއްވެސް ނުފެންނާނެ. ކީއްކުރާނީ ޑިމޮކްރަސީޔޯ!
މުލުވަގު ސަލާމަތް ނުވާނެކަން ޔަޤީންވުމުން ދެންތިބި ވަގުންތައް ކުލަބަދަލުކުރަނީދޯ؟ ދެންމިތިބި ވަގުންނަކީވެސް މުލުވަގަށް ޤައުމުގެ ޙަޒާނާ ލޫޓްވުމަށްއެހީވެ އަދި ޙަޒާނާއިން ވައްކަންކުރި ވަގުން. ޖޭޕީ އަކީ ފެށުނީއްސުރެއް ވަގުންނާ މުޖުރިމުންނާ ރައްޔިތުންނަށް އަނިޔާކުރި ކުރީސަރުކާރުގެ އެންމެން ހިމާޔަތައްވަންނަތަނެއް. ސޭޓް ބަލާނީ ޕާޓީއަށް ބޯގިނަކުރެވޭތޯ، ސޭޓްގެ ބޮލުގައި އަބަދުވެސް އިންނަނީ ވެރިކަން، މިހުރިހާވަގުން ސޭޓަށް ވެރިކަން ހޯދަދޭނަމޭކިޔައިގެން ސޭޓްގެ ޕާޓީ ނިވާފަތްގަނޑަކަށް ހަދަނީ. ރައްޔިތުން ހޭލާތިބޭތި، މީހަމަ އެވައްކަންކޮށް ފަސްއަހަރު ރައްޔިތުންނަށް އަނިޔާކުރިމީހުން
ގާސިމުކިތައްމެމަސައްކަތެއްކުރިޔަސް
އމޑޕއަށްނިސްބައްވާއެކަކުވެސް
ނުގެންދެވޭނެ
ފަލާހް އަކީ މެޑަމް ފާތުން ވަރަށް އަރިސްކޮށްގެން ގެންގުޅުނު މީހެއް ފަލާހްމެންގެ ތާއީދާ އެހީތެރިކަން އެންމެ ބޭނުންވީދުވަހު ތިޔަހެން ހެދީމާ ވަރަށް ދެރަވެއްޖެ.އަހަންނަކީ ސިޔާސީ ގޮތުން ލޯލާރިއެއްވެސް ލިބުނު މީހެއްނޫން. އެކަމަކު ފަލާހްމެނަކީ އެކިގޮތްގޮތުން ކުރީގެ ރައީސްގެ ދެކަނބަލުންގެ ފަރާތުން މަންފާތައް ލިބުނުމީހުން. ނޫނު އަތޮޅުގެ މެންބަރުކަމަށް ޔާމީނު ކުރިމަތިލައްވާ ގަލޮޅުމަދަރުސާގަ ކެންޕޭނު ކުރިދުވަސްވަރު ލެޕްޓޮޕަށް ދުވަހުން ދުވަހަށް އަޅަންޖެހޭ މައުލޫމާތު އެޅުމުގާ އެންމެ 18 އަހަރުގަ އުޅެންފެށިގޮތަށް މިއަދުވެސް ނ.އަތޮޅުގަ ހާއްސަކޮށް އުތުރު ބިތުގެ ރައްތަކުގާ ސިޔާސީގޮތުން އިސްދައުރެއް އަދާމިކުރަނީ ރައީސްޔާމީނަށް ތާއީދުކުރަމުން.
ފަޑޮއްކަ. 155 ގެ ނިވައިފަތްއަޅަން .