މުވައްޒަފުންގެ ބުރަ މަސައްކަތަކާއެކު ފެލިވަރު ފެކްޓްރީގައި 12 އަހަަރަށްފަހު، 60 ޓަނުގެ ދަޅު މަސް ބަންދުކޮށް ރެކޯޑެއް ގާއިމްކުރެއްވިއްޖެ ކަމަށް މޯލްޑިވްސް އިންޑަސްޓްރީއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ސީއީއޯ އިސްމާއިލް ވިދާޅުވީ 2007 ވަނަ އަހަރު މޭމަހުގެ 7 ވަނަ ދުވަހުގެ ފަހުން އިއްޔެ ފެލިވަރުގައި 60 ޓަނުގެ ދަޅު މަސް ބަންދު ކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ދަޅު މަސް ބަންދު ކުރާ އަދަދު މަތި ކުރެވުމަކީ ހެޔޮ ފާލެއް, ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތަކާއެކު މިކަން ކާމިޔާބު ކުރެވުނު އިރު މިފްކޯގެ އަމާޒަކީ ރާއްޖެ އަށް ބާނާ މަސް ރާއްޖޭގައި ބަންދުކޮށް ކޮށްގެން އެކްސްޕޯޓް ކުރުން" އިސްމާއިލް ވިދާޅުވިއެވެ.

4،888 ކޭސް މަސް ދަޅު ފެލިވަރުގައި އިއްޔެ އުފައްދާފައިވާއިރު މިއީ 2007 ވަނަ އަހަރަށް ފަހު އެންމެ ގިނަ އަދަދަކަށް މަސް ދަޅު ބަންދުކުރި ފަހަރެވެ. 2007 ވަނަ އަހަރު މޭމަހުގެ 7 ވަނަ ދުވަހު ފެލިވަރުގައި 65 ޓަނުގެ ދަޅު މަސް ބަންދު ކުރިއެވެ.

އިއްޔެ ބަންދު ކުރެވުނު މަސްދަޅުތަކުގެ ތެރޭގައި ހިމެނެނީ 3،946 ކޭސް ޓޫނާ ޗަންކްސް އިން އޮއިލް ކުދި ދަޅާއި ބޮޑެތި ދަޅުގެ 1.8 ކިލޯގެ 46 ކޭސް އަދި ޔޫރަޕާއި ރާއްޖޭގެ މާކެޓުގައި މަގުބޫލުކަން ހޯދާފައިވާ ޕެކެޓު މަހުގެ 196 ކޭހެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަޕްގްރޭޑް ކުރަމުންދާއިރު އަޕްގްރޭޑިންގެ ބާކީ ހުރި ބައި ކުރި އަށް ގެންދަން މިހާރު ވެސް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"ފެކްޓްރީ ރީޑިޒައިންކޮށް ކުރިއަށް ގެންދަން މިހާރު ޕްލޭންތައް ވެސް ވަނީ ހެދިފައި ސަރުކާރުގެ ސައިޑުން ފައިނޭންސް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން." އިސްމާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން އިސްމާއިލް ވިދާޅުވީ މިހާރު ވެސް 65 މެޓްރިކް ޓަނަށް ގެންދެވިދާނެ ކަމަށާއި އެކަމަކު މުވައްޒަފުން ތިބޭ ތަންތަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ޕްރޮޑަކްޝަން އުފައްދަން ފެށުމުން ބާކީވާ ބާވަތްތަކުން އުފައްދާ ފިޝްމީލް ސްޓޯ ކުރާ ބައި ވެސް ތަރައްގީ ކުރަން ޖެހޭ ކޭނަރީ އަދި ކޯލްޑް ސްޓޯރޭޖް އާއި ލޭބަލިން އޮޓަމޭޓް ކުރަން ޖެހޭ އެކަން މިހާރު މި ދަނީ ކުރަމުން" އިސްމާއިލް ވިދާޅުވި އެވެ.

ފެލިވަރަށް 41 އަހަރު ވެފައިވާއިރު ޖަޕާނު އެއިޓް އެމްޓީ ކޭނަރީ އާއި ދިވެހި ސަރުކާރުން ހެދި ޖޮއިންޓްވެންޗާއެއްގެ ދަށުން ޅ.ފެލިވަރުގައި މި ފެކްޓްރީ ހުޅުވައި މަސް ބަންދު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 3، ފެބްރުއަރީ 1978 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރަކު 5 ޓަނު މަސް! ވަޓް އަ ޖޯކް! ކަލޯ ދިއްގަރު އަންހެނުން ތިއަށްވުރެ ގިނައިން ރިހާކުރުވެސް ހަދާނެ! ތި ގަމާރަށް އެހެންވީރު ދުވާލަކަށް އެ ބަންދުކުރެވެނީ 15 ކިލޯގެ މަސް! ތިއޮތީ އަތަށް ގޮވާފައި! ދެން ބާރަށް އަތްޖަހާ!

    5
    8
  2. ނައިފަރު ރައިއްޔަތުން

    2008 އެމްޑީޕީ ވެރިކަމުގައި ފެލިވަރު ކުރީ ޑައުންގުރޭޑު. 2013 ގައި ޔާމީން އަޕްގުރޭޑުކުރީމާ މިއަދު އަނގަ ތަޅުވަން ތާހިރު ދޯ

    7
    4
  3. ދދދދދދ

    އަނގައިން ހުރިހާ ކަމެއްވެސް ކުރެވޭ. ފެލިވަރަށް މަސް ކިރި އަދަދު މަދު. އެކަމަކު ތިބުނަނީ ރެކޯޑު އަދަދަކަށް މަސް ބަންދު ކުރެވުނޭ. ބޭރުގަމަސްދަޅު ޖަހާފަ ހުސް ދަޅުތަ ބަންދުކުރީ؟ ތިދެން ބޮޑުވަރެއްނު.

    3
    3
  4. އާރު

    ޥަރަށް އުފާވި ޚަބަރެއް ތިޔައީ. ތިތަނަކީ އިލަޔާސްމެން ތައްޓޭ އަލުދީމެން ދުވާލަކު 100 ޓަނު 150 ޓަނު ބަންދުކުރިތަނެއް. ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު. ޙިންގާނަމަ ފައިދާވާނެތަނެއް. ޓިޔަތަމުން ލިބުނު ފައިދާއިން ކޫއްޑޫ ކާރުޚާނާ ހެދީވެސް