ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު މެމްބަރު އަހުމަދު އައްސަދުވެސް ސަރުކާރުން ކޯލިޝަންގައި ހިމެނޭ ޕާޓީ، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުރި އައްސަދު ޖޭޕީއަށް ސޮއި ކުރާނީ މިރޭ އޮންނަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު އޮންނާނީ ޖޭޕީގެ އޮފީސް ކުނޫޒުގައެވެ.

މިރޭ އޮންނަ އެ ރަސްމިއްޔާތުގައި، އައްސަދުގެ އިތުރުން، ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް އާއި ޕީޕީއެމްގެ ތަރުޖަމާނު އަދި ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ އިނގުރައިދޫ ދާއިރާ އިބްރާހިމް ފަލާހު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކުވެސް ޖޭޕީއަށް ސޮއިކުރާނެއެެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވި މަޖިލީހުގެ ކުރީގެ މި މެންބަރުގެ ތެރެއިން ފަލާހް ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑަައިގަންނަވަން ނިންމެވީ، އެ ޕާޓީއަކީ ކުރިމަގުގައި ރާއްޖެއަށް އެންމެ ރަނގަޅު ހިދުމަތްތަކެއް ސިޔާސީ ގޮތުން ކުރެވިދާނެ ކަމަށް ފެންނަ ޕާޓީކަމަށް ވާތީ ކަމަށެވެ.

މި ކަމާއި ގުޅިގެން އިތުރު މެންބަރުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތު

    ތިއީ މުޅީންވެސް އަމިއްލަ އެދުމުން ފޯވެފައި ތިބި ސިޔާސީ "ރަންޑިން"..! ޔާމީން ފެއިލްވީ ތިމީހުންނަށް މާބޮޑަށް އިތުބާރު ކުރެއްވީތީ..!

  2. ތުބުޅި ސުޖާ

    މުލުވަގު ސަލާމަތް ނުވާނެކަން ޔަޤީންވުމުން ދެންތިބި ވަގުންތައް ކުލަބަދަލުކުރަނީދޯ؟ ދެންމިތިބި ވަގުންނަކީވެސް މުލުވަގަށް ޤައުމުގެ ޙަޒާނާ ލޫޓްވުމަށްއެހީވެ އަދި ޙަޒާނާއިން ވައްކަންކުރި ވަގުން. ޖޭޕީ އަކީ ފެށުނީއްސުރެއް ވަގުންނާ މުޖުރިމުންނާ ރައްޔިތުންނަށް އަނިޔާކުރި ކުރީސަރުކާރުގެ އެންމެން ހިމާޔަތައްވަންނަތަނެއް. ސޭޓް ބަލާނީ ޕާޓީއަށް ބޯގިނަކުރެވޭތޯ، ސޭޓްގެ ބޮލުގައި އަބަދުވެސް އިންނަނީ ވެރިކަން، މިހުރިހާވަގުން ސޭޓަށް ވެރިކަން ހޯދަދޭނަމޭކިޔައިގެން ސޭޓްގެ ޕާޓީ ނިވާފަތްގަނޑަކަށް ހަދަނީ. ރައްޔިތުން ހޭލާތިބޭތި، މީހަމަ އެވައްކަންކޮށް ފަސްއަހަރު ރައްޔިތުންނަށް އަނިޔާކުރިމީހުން

    1
    1
    • ގާސިމް

      ދެން މިހާރު ވައްކަން ނުކުރަނީތަ

  3. ފަޓާސް

    ފަޑޮއްކަ. 155 ގެ ނިވައިފަތްއަޅަން .