ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައިޝާ ޝުޖޫން މުހައްމަދު އާއި ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ލަފާދީފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފަޔަށް އެދި ރައީސް ސާލިހު ޝުޖޫން އާއި ޑރއަޒްމިރަލްދާގެ ނަންފުޅު ޖޭއެސްސީއަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރަން އެ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށެވެ.

ޖޭއެސްސީން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާ ރޭ އިންޓަވިއުކޮށްފައެވެ.

އަދި ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް އަށް ލަފާ އެރުވުމަށް ޖޭއެސްސީން މިއަދު ނިންމެވީ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި ލެއްވި ފަރާތްތަކާއި ރައީސް ފޮނުއްވި ދެ ނަންފުޅު ދިރާސާކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓަށް ރިޔާއަތް ކުރުމަށްފަހު ކޮމިޝަންގެ މެންބަރުން ނިންމެވި ނިންމެވުމަށް ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޑރ. އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި މަަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުއެވެ.

ސުޖޫންއަކީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސަައްކަތް ކުރެއްވި ބޭފުޅެކެވެ. 2015 ވަނަ އަހަރު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާދެއްވިއިރު، އޭނާއަކީ ބާ ކައުންސިލްގެ މެމްބަރެކެވެ.

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން އައްޔަން ކުރާ ފުރަތަމަ ފަހަރެވެ. މިކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑާޑާޑާޑާ

    އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ޖޭއެސްސީން ލަފާ ދީފި ނަމަ އެކަން ޖެހޭނެއޭ މަޖްލީހުގެ ހުރިހާ މެމްބަރުން ވެސް ހެޔޮ ހިތުން ބަލައިގަންނަން ....

  2. ނަމަ

    ގައުމަށް ވާނެގޮތަކާމެދު މިހާރު ވިސްނެނީ

    2
    1
  3. عبدالله سعيد

    މިދެބޭފުޅުންނަކީވެސް ވަރަށް ޤާބިލު ދެބޭފުޅުންނެވެ.

  4. ބިސްބޮންގޮންގް

    ޑރ އަޒްމިރަލްޑާ ސުޕްރީމްކޯޓަށް އައްޔަންކުރަން އެއްވެސް މައްސަލައެއްނެތް! އެކަމަކު ތިޔަ ޝުޖޫންތީ ސުޕްރީމު ކޯޓުގެ ބެންޗަށް އެއްގޮތަކަށްވެސް ކުފޫ ހަމަވާ މީހެއް ނޫން! ބޭއަދަބީ ހުރިހާ ކަމެއް ކުރާ މީހެއް ނަގާ އެންމެ މަތީ ކޯޓަށް ލީމަ ވަރަށް ރީއްޗަށް އިންސާފު ގާއިމުވާނެ! ތީ އަންނި އަދި އިބޫ ރާވައިގެން ޖުޑިޝަރީ ފުނޑާލުމަށް ކުރާ ކަންތައްތައް! ތީގެ ހިތި ނަތީޖާ ދިވެހިންނަށް ފެންނާކަށް ލަހެއް ނުވާނެ! އަދި މިހާރު ތިބި 3 ފަނޑިޔާރުންވެސް ބަދަލުކުރަން އޮތީ ރާވާ ނިންމާފަ. ޖަޒީރާވާނީ މިހާކަންހާވަރަށް