ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމައިފިއެވެ.
އަދުރޭ ޖޭޕީއަށް ގުޅިވަޑައިގަންނަވަން ނިންމެވިއިރު، އޭނާ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުގައި، އަދުރޭ ޖޭޕީއަށް ސޮއިކުރައްވާނީ ކުރިއަށް އޮތް ހަފްތާ މެދު ތެރޭގައެވެ.
ނަމަވެސް އަދުރޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާކަން މިރޭ ބާއްވާ ޖޭޕީ ހަފްލާގައި އިއުލާނު ކުރާނެއެވެ.
މިރޭ ޖޭޕީ އާއި ގުޅިވަޑައިގަންނަވާ ޕީޕީއެމްގެ ކައުންސިލްގެ މެންބަރުކަމުންނާއި، ޕީޕީއެމް އިން އިސްތިއުފާދެއްވި ކުރީގެ އިނގުރައިދޫ ދާއިރާ އިބްރާހިމް ފަލާހުވަނީ، އަދުރޭ ޖޭޕީއަށް ގުޅިވަޑައިގަންނަވަން ނިންމެވިކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.
ފަލާހް ވިދާޅުވީ، އެ ޕާޓީއާއި ގުޅިވަޑައިގަތުމަށް އަދި އިތުރު ފަސް ވަރަކަށް ބޭފުޅުންނާއި މަޝްވަރާ ކުރަމުން ދާ ކަމަށެވެ.
މިރޭ ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި ގިނަ އަދަދެއްގެ މެންބަރުން ގުޅިވަޑައިގަންނަވާނެއެވެ.
ތިއީ މުޅީންވެސް އަމިއްލަ އެދުމުން ފޯވެފައި ތިބި ސިޔާސީ "ރަންޑިން"..! ޔާމީން ފެއިލްވީ ތިމީހުންނަށް މާބޮޑަށް އިތުބާރު ކުރެއްވީތީ..!
މުލުވަގު ސަލާމަތް ނުވާނެކަން ޔަޤީންވުމުން ދެންތިބި ވަގުންތައް ކުލަބަދަލުކުރަނީދޯ؟ ދެންމިތިބި ވަގުންނަކީވެސް މުލުވަގަށް ޤައުމުގެ ޙަޒާނާ ލޫޓްވުމަށްއެހީވެ އަދި ޙަޒާނާއިން ވައްކަންކުރި ވަގުން. ޖޭޕީ އަކީ ފެށުނީއްސުރެއް ވަގުންނާ މުޖުރިމުންނާ ރައްޔިތުންނަށް އަނިޔާކުރި ކުރީސަރުކާރުގެ އެންމެން ހިމާޔަތައްވަންނަތަނެއް. ސޭޓް ބަލާނީ ޕާޓީއަށް ބޯގިނަކުރެވޭތޯ، ސޭޓްގެ ބޮލުގައި އަބަދުވެސް އިންނަނީ ވެރިކަން، މިހުރިހާވަގުން ސޭޓަށް ވެރިކަން ހޯދަދޭނަމޭކިޔައިގެން ސޭޓްގެ ޕާޓީ ނިވާފަތްގަނޑަކަށް ހަދަނީ. ރައްޔިތުން ހޭލާތިބޭތި، މީހަމަ އެވައްކަންކޮށް ފަސްއަހަރު ރައްޔިތުންނަށް އަނިޔާކުރިމީހުން
ގުޅޭނެތާ ފައިސާ އާއި ހެދި ހޭކުޑާ ވީމަ
މިހާރު ތިވާން އުޅޭގޮތް އެބަ އިނގޭ..... އެ އުޅެނީ މުޒާހަރާއަށް ނިކުންނަން...މި ސަރުކާރު ވައްޓާލަން...އެންމެހާ ދިވެހިން އަދިވެސް ވިސްނޭކައް ނުވޭތަ؟ ތިބާގެ އުމުރުގެ ދުވަސްތައް މި މުޑުދާރު އިޚުލާސްތެރިކަމެއްނެތް މަގުގައި ބޭކާރުކޮށްނުލާ. އެއްއިރު ދުޝްމަނުންނައްގޮވާފަ އަނެއްއިރު އެއްބަޔަކަށްވެފަ........އަނެއްކާ ސަރުކާރު ވެއްޓި އިދިކޮޅައް ވެރިކަން ލިބުނީމަ ވެއްޓުނު ސަރުކާރާއެކު ދެން ކޯލިޝަން ހަދަންވީ އަނެއްކާ އަައު ސަރުކާރު ވައްޓާލަން. ސޯބެއްހެން މި ދާނީ މިގޮތަށް އެނބުރެމުން.......
ޔާމީން ވެސް އަދިގުޅޭނެ. ތޯއްޗެއް
ތިއޮޑި ފައްތާލަން ކޮންމެ ފަޅވެރިއަކަށް މިފަހަރުވެސް 1.5މިލިއަން ތޯ. ތިއޮޑިވެސް މާލަސއތަކެއްނުވެ ފެތިދާނެ