ސިޔާސީ މައިދާނުގައި ދެމިހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ކަމަށް އެމަނިކުފާނުގެ އަރިސް، އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަން އުޅޭކަމަށް އަޑު ފެތުރިފައިވަނިކޮށް މިއަދު އޮންލައިން ނޫސް "ސަން"އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެ ނޫހަށް ދިން އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ،ޕީއެންސީ ވަކިވެވަޑައި ނުގަންނަވާ ކަމަށާއި މިރޭ ޖޭޕީއަށް ސޮއި ނުކުރައްވާނެ ކަމަށެވެ.

"ސިޔާސީ މައިދާނުގައި ދެމިހުންނެވިހާ ހިނދަކު ހުންނަނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި" އެ ނޫހަަށް ދިން އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ޖުމްހޫރީ ޕާޓިއާއި ގުޅިވަޑައިގަންނަވަން އުޅޭކަން ހާމަކޮށްފައި ވަނީ، މިރޭ ޖޭޕީ އާއި ގުޅިވަޑައިގަންނަވާ ޕީޕީއެމްގެ ކައުންސިލްގެ މެންބަރުކަމުންނާއި، ޕީޕީއެމް އިން އިސްތިއުފާދެއްވި ކުރީގެ އިނގުރައިދޫ ދާއިރާ އިބްރާހިމް ފަލާހެވެ. ފަލާހު ވަނީ އަދުރޭ ޖޭޕީއަށް ގުޅިވަޑައިގަންނަވަން ނިންމެވިކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އަދުރޭ ޖޭޕީއަށް ގުޅިވަޑައިގަންނަވަނީ އަންނަ ހަފްތާ މެދެއްހާ ހިސާބުކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، އެ ޕާޓީއާއި ގުޅިވަޑައިގަތުމަށް އަދި އިތުރު ފަސް ވަރަކަށް ބޭފުޅުންނާއި މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

މިރޭ ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި ގިނަ އަދަދެއްގެ މެންބަރުން ގުޅިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސް

    އަނހާ! ތިވީ ކޯޗަކަށް؟؟؟

    10
    4
  2. ނަމަ

    ރައީސް ޔާމީނު ގެ ސިޔާސީ ދައުރެއް މިހާރު އެބައޮއްބާ

    23
    11
    • އަހްމަދު

      ﷲ އިރާދަކުރެއްވިއްޔާ އެބައޮތް. ކުރިއަށްއޮތީ ބާއްޖަވެރި ދުވަސްތަކެއް.

      1
      1
  3. ކެޔޮޅުބެ

    އެންކޮޅު ކުޑަވެ ނުގަތީބާ؟

    16
    6
  4. ސަޒަން

    ތީދެން އަހަރެމެންނަށް އެނގޭކަމެކޭ ... އަދުރޭއަކަށް ޔާންބެދޫކޮށްނުލެވޭނެކަން، ކިހާބޮޑު ފިލާވަޅެއް އެންމެހާ ފަރުދުންނަށް މީހެއްގެދަށުވާނެ އެންމެބޮޑައް ތިއޮތީ ވެވިނިމިފައި ދެންނެތް ސަލާމަތެއް އަދުރޭ ކަލެއަކަށް....

    1
    1