މަގުބޫލު އުޒުރަކާއި ނުލައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވާ މެމްބަރުންގެ މުސާރައިން ބައެއް އުނިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

މަޖިލިހުގެ ގަވައިދު ދިރާސާކުރި ކޮމިޓީން ފޮނުވި ރިޕޯޓު ބައެއް އިސްލާހުތަކާއެކު މަޖިލީހުން މިއަދު ވަނީ މި ގަވާއިދަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. މިކަން ފާސްކޮށްފައި ވަނީ 61 މެމްބަރުންގެ ވޯޓާއެކުގައެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި މުހިންމު އިސްލާހުތަކުގެ ތެރޭގައި މަގަބޫލު އުޒުރެއްނެތި މަހެއްގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް ޙާޒިރުނުވެއްޖެނަމަ އެ މެންބަރެއްގެ މުސާރައިގެ 50 އިންސައްތަ އުނި ކުރުން ހިމެނެއެވެ. މި އިސްލާހުގައި މަޤްބޫލު އުޒުރެއްކަމަށް ކޮމިޓީން ނިންމާފައިވަނީ ސަލާމާއި ޗުއްޓީއެވެ.

މީގެއިތުރުން ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ތެރެއިން 50 އިންސައްތަ ކޮމިޓީއަށް ޙާޒިރު ނުވެއްޖެނަމަ ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އުނިވާނެ ގޮތަށް ހެދުމަށް ގަވާއިދުގައި ވެއެވެ.

މީގެ އިތުރުން މަޖިލީހުގެ ޖަލްސާއެއް ފެށުމުގެ ކުރިން ޖަލްސާގެ ޙާޒިރީ އިއުލާންކުރާއިރު، އެ ޖަލްސާއަކަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދާއި، ސަލާމުގައި ތިއްބެވި މެންބަރުންގެ އަދަދާއި، ރަސްމީ ދަތުރުތަކުގައި ތިއްބެވި މެންބަރުންގެ އަދަދު ރިޔާސަތުން އިއުލާނު ކުރުންވެސް އާ ގަވާއިދުގައި ވެއެވެ.

މީގެ އިތުރުން، މެމްބަރުންގެ އަނބިންނާއި ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅުމަށާއި، މަޖިލީހުގެ މެންބަރުންގެ ދާއިރާ ރައްޔިތުންނާ ބައްދަލުކުރަން އެ ދާއިރާއެއްގައި އޮފީހެއް ގާއިމުކުރާނަމަ މަޖިލީހުގެ އިދާރާގައި އެ އޮފީހެއް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށްވެސް މިއަދު ފާސްކުރީ މަޖިލީހުގެ އާ ގަވާއިދުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އާއެކޭ

  އެބަ ރަގަޅު ވޭ

 2. އިހުލާސްތެެރިކަން

  މުސާރަ ގިނަވެގެން 20،000 ރުފިޔާ އަށް ކުޑަ ކުރަން ކެރޭނެތަ ކަލޭމެނަށް؟

  1
  1
 3. ރައްޔިތު މެމްބަރު

  ދާއިރާގެ މެންބަރުންނާ ބައްދަލުކުރާ އޮފީހެއް ހަދާނަމައޭ ބުނެފަ އެވަނީ ކީތްވެ؟ ބަލަ އެއީ ކޮންމެ މެންބަރަކު ކުރަންޖެހޭ، އެކަން ކުރަން އެމީހުނަށް ފައިސާވެސް ދީފަވާ ކަމެކޭ. ލާރިކޮޅު ކާލައިގެން ތިބެންވީކީނޫނޭ.

 4. 1111

  "މި އިސްލާހުގައި މަޤްބޫލު އުޒުރެއްކަމަށް ކޮމިޓީން ނިންމާފައިވަނީ ސަލާމާއި ޗުއްޓީއެވެ."
  ވަރަށް ރަގަޅު މުހިންްްމު ބަދަލެއް.
  އެއްވެސް އުޒުރަކާ ލައިގެންވެސް ހާޒިރު ނުވެވެންޏާ ވެސް ކޮންމެވެސްް ވަރެއް ކަނޑަންވާނެކަަށް

 5. އުސްބާނު ފަހުމީ

  މަގުބޫލު އުޒުރު ހުސްވާނެތަ؟އެމްސީ އެއް އެކައްޗެއްވެސް ބޭނުމެއްނުވާއިރު އަނގައިން މަގުބޫލު އުޒުރެއް ހަދާލީމަ އެނިމުނީތާދޯ..