ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޑރ އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫނު އައްޔަނުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވައިފިއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފަޔަށް އެދި ރައީސް ސާލިހު ޝުޖޫން އާއި ޑރއަޒްމިރަލްދާގެ ނަންފުޅު ޖޭއެސްސީއަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވުމުން، ޖޭއެސްސީން ވަނީ އެ ދެ ނަންފުޅު ބަލައިގެންފައެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމަށް ފުރުސަތުވެސް ޖޭއެސްސީން ހުޅުވާލިއެވެ. އެ ފުރުސަތުގައި ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

އެ ހަތަރު ބޭފުޅުންނާއި، އަދި ރައީސް ހުށަހެޅުއްވި ދެ ބޭފުޅުންނާއި ޖޭއެސްސީން ވަނީ ރޭ އިންޓަވިއުކޮށްފައެވެ.

އަދި ޖޭއެސްސީން ވަނީ ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރަން އެ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ލަފާ އެރުވުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ފާސްކޮށްފައެވެ.

ޖޭއެސްސީން ވިދާޅުވީ، ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް އަށް ލަފާ އެރުވުމަށް ޖޭއެސްސީން މިއަދު ނިންމެވީ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި ލެއްވި ފަރާތްތަކާއި ރައީސް ފޮނުއްވި ދެ ނަންފުޅު ދިރާސާކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓަށް ރިޔާއަތް ކުރުމަށްފަހު ކޮމިޝަންގެ މެންބަރުން ނިންމެވި ނިންމެވުމަށް ކަމަށެވެ.

ޑރ. އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި މަަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުއެވެ.

ސުޖޫންއަކީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސަައްކަތް ކުރެއްވި ބޭފުޅެކެވެ. 2015 ވަނަ އަހަރު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާދެއްވިއިރު، އޭނާއަކީ ބާ ކައުންސިލްގެ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަޙްމަދު

  ﷲގެ އިރާދަފުޅުން މެޖޯރިޓީ މީހުންނަށް ނުބައި ފިތަށް ފިތާލެވެގޮތް ވެއްޖެއިޔާ ކިހާދެރަ. ނޫނީ ފާވިއްދާފައި މިކަން ކުރަން އުޅޭމީހުންނަށް ކޮންމެވެސް އުޒުރެއް ލައިގެން މަޖްލީހަސް ނާދެވޭގޮތް މެދުވެރި ކުރައްވާށި! ނުންނަމަ އެބާއި މީހުންނަށް ހެޔޮވިސްނުން ދެއްވާށި! އާމީން

  18
  2
 2. ޢަބްދުﷲ

  މިދެބޭފުޅުންނަކީވެސް މީގެކުރިން މިރާއްޖޭގެ ކޯޓްތަކުގައި ފަނޑިޔާރުކަން ކުރައްވާފައިވާ ދެބޭފުޅުންނެވެ.

  2
  4
 3. އަލިބެއްޔާ

  މައުމޫނަށް ހަލާކުހުރި..

  6
  1
 4. ނަސީރުއލ

  ތިރައީސް ވެރިކަން ކުރަނީ ނަޝީދު ބުނާގޮތަށް އިރާދަކުރެއްވިޔާ ތިވެރިކަން އަޖަލު ވެގެން ދާނެ.

  10
  1
 5. ގަލޮޅުމާގެ

  ރާއްޖޭގެ ސަރުކާރުން ދީނާއި ސިޔާސަތު ވަކިކުރުމަށް ގެންދާ މަކަރުވެރި ރޭވުމުގެ ދަށުން ކުރާހާ ކަންތައް.

 6. މުސްލިމް

  އިސްލާމް ދީނަށް ގޮންޖަހާ ލާދީނީ ބައިގަނޑު ނުބައި ގޮތަކަށް ހަލާކު ކުރައްވާށިއެވެ. އާމީން