މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ރީނދޫ އިންޒާރު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ އިންޒާރު ނެރެފައި ވަނީ، ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

މި އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 23:00 އަަށެވެ.

ކުރިއަށް އޮތް 24 ގަޑިިއިރު ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ/ އަދި އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށާއި، ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަަމަށްވެސް ބުނެފައި ވެއެވެ.

ރީނދޫ އިންޒާރަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކާ ނެރޭ އިންޒާރެކެވެ. މި މި އިންޒާރު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.