ޕީޕީއެމްގެ މެންބަރުން އިސްތިއުފާ ދެއްވި ނަމަވެސް ޕީޕީއެމް ބަލިކަށި ނުވާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވީ، އެމަނިކުފާނާއި އެންމެ އަރިހުގައި އެންމެ ގާތުން މަސައްކަތްކުރައްވި ބޭފުޅުން ކޯލިޝަން ޕާޓިން އިސްތިޢުފާ ދެއްވުމާއި ގުޅިގެން ކޯލިޝަން ސަޕޯޓަރުންގެ ވައިބަރ ގްރޫޕްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން އެގްރޫޕްގައި ވިދާޅުވީ "އިންޝާﷲ، ޕީޕީއެމް ބަލިކަށްޓެއް ނުވާނެ" ކަމަށެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވިއިރު، އެމަނިކުފާނުގެ ޕާޓީން ވަކިވެ ޖުމްހޫރީ ޕާޓީއާއި މިރޭ ގުޅިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް އާއި ޕީޕީއެމްގެ ތަރުޖަމާނު އަދި ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ އިނގުރައިދޫ ދާއިރާ އިބްރާހިމް ފަލާހު ހިމެނެއެވެ. މި ބޭފުޅުންގެ ތެރެއިން ހަލީލް ފިޔަވާ ދެންތިބި ދެ މެންބަރުން ވަނީ ޕީޕީއެމުން އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން ޕީއެންސީން އިސްތިއުފާދެއްވި އެ ޕާޓީގެ ނައިބް ރައީސް އަހުމަދު ނިހާން ހަސަން މަނިކުވެސް މިރޭ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވާނެއެވެ. އަދި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު އާއި ކުރީގެ ނައިބް ރައިސް އަބްދުﷲ ޖިހާދުވެސް އެ ޕާޓީއާއި މިރޭ ގުޅިވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ކެޔޮޅު

    ޕީޕީއެމް ދެކެ ލޯބިވަނީ އަހަރެމެންކަހަލަ އާއްމު މެމްބަރުން އިސްސަފުގައި އުޅުއްވާ ގިނަބޭފުޅުންނަކީ އަމިއްލަ އެދުމުން ފޯވެފައި ތިއްބެވި ބޭފުޅުން އަދި އުނބައްޖަހާނެ انشاء الله.

    172
    6
  2. ާއައިން

    މިމީހުން މިއުޅެނީ ކޯލިޝަން ފަނިކުރަން.ގާސިމް ބޮލަށް އެރިގެން.

    105
    11
  3. ޣައްޔޫމް

    ބޭކާރު މީހުން...ތިދެން ކޮންބައެއް މިހާރު..ޗީޑި

    95
    8
  4. މިއަދު

    މިހާރުމިއެނގެނިކައިރިގަތިގެންޙަރާމްކޮރުވިމިހުން

    116
    3
  5. ޓައްޕު ޙަސަނު / އިނގުރައިދޫ

    ޔާމީނު އަށް 2ވަނަ ފަހަރަށް ވެރިކަން ނުލިބުމުގެ އެއް ސބަބަކީ ވެސް މުނާފިޤު މި ބައިގަނަޑު. ތިޔަ ބަޔަކު ޤާސިމާ ގުޅުމަކީ ގާސިމާއި ޖޭޕީގެ ހަލާކު. އިނގުރައިދޫ ގަޅި ބޯތައް ފަލާޙާއެކު ޖުމުހޫރީ ޕާޓީ އަކަށް ނުދޭބާ؟

    119
    5
    • މުނާ

      މުނާފިގުންނަކީ ކޮބައިކަން ޔާމީންއަށް ވިސްނޭނެ ވަރަށް އަވަހަށް...މީހުން ނޭގޭތީވެ ހުރިހާވެސް މައްސަލައަކީ...ތިޔަބުނާ ވައްތަަރު އަދި ތިބީ ޕީއެންސީ އާއި ޕޕމ ތެރޭގަކަން ވަރަށް އަވަހަށް ސާބިތުވާނެ...

      14
      5
  6. ޙަސަނުބެ

    ތީ ހަމަ ނީލަމު މުދާވީމާ ވާ ގޮތް ަަަަަަަަަަަަަަަަަަަ އަބަދުވެސް ފައިސާ ފަހަތުން ދުވާ މީހުން ޔާމީން ވިދާޅުވީ ހަމަ ރަނގަޅައް އެމަނިކުފާނަށް ގާތުގާ އުޅުނު މީހުން ދަސްނުވީ

    128
    1
  7. ދޮންކެޔޮ ނިހާން

    މިއީ މަޖްލީހުގެ ގޮނޑިއާއި ބޮޑެތި މަޤާމްތައް ގެއްލި ދިޔައިމަ ކުރީގަ ލިބުނު ބައިވަރުގަނޑު މިހާރު ނުލިބޭތީ ހެދި އެއްޗެއް. ދެން ޤާސިމުގެ ތައްޕާހުގަ ހިހޫތަނުން ކާލަކާލާ އެހެންގޮތެއް ފެންނަންދެން ތިބެވޭނެއެއްނުން! މިިިއާ ޑީޑީ މެންވެސް ހެދި ގޮތެއްނުން

    70
    1
  8. ފަޓާސް

    ތިޔައީ ފަނިއަޅާފައިހުރި ފަޑޮއްކަ ކޮޅެއް. ޤާސިމު ތިޔަ ފަޑޮއްކަކޮޅު ނަގާނެ. ޢަދި ފަނިއަޅާފައިހުރީމާ ޕާޓީވެސް ދާނީ ފަނި އަޅައިގެން. ނިވައިކުރަން ބޭނުންވަނީ 155 ގެލިސްޓު

    62
  9. ޑަލާސްޓް

    މިއީ ޔާމީނު ހިންގާ ސްޓަންޓެއް. ދެން އޮންނަ ރިޔާސީ އިންތިޚާބަކައް މި މީހުން އެކުގަ ނުކުންނާނެ.

    15
    37
  10. އެބަތިބިިން

    މަނިކުފާނު ހިތްދެރަނުކުރޭ އަޅުގަނޑުމެން އެބަތިބިން.. ދެން މަނިކުފާނާ ގުޅޭނީ ތެދުވެރި އިހުލާސްތެރިން.. ދެންކުރަންއޮތީ ހިއްވަރުގަދަ ކެތްތެރި އިހުލާސްތެރި ޖިހާދީންނަ ނޫނީ ނުކުރެވޭނެ ހަގުރާމައެ.. މަނިކުފާނު ހިއްވަރުކުރޭ ﷲވޮޑިގެންވަނީ ކެތްތެރި ތެދުވެރި އިހުލާސްތެރިންނާ.. މަނިކުފާނަށް އެއްމެ ބޭނުންޖެހޭވަގުތު ﷲ މަނިކުފާނާއެކު ތެދުވެރިންތަކެ މެދުވެރިކުރައްވާށި...

    108
    12
    • ތަރި

      ތެދުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރިނަމަ އެންމެ 5އަހަރު ތެރޭ ކިހިނެއް 100 މިލިއަން އެކައުންޓްގަ ހުރީ...ﷲ ވޮޑިގެންވަނީ ތެދުވެރި އިޚްލާޞްތެރިންނާއެކު...ޔާމީންއަކީ ތެދުވެރިއެއްނަމަ ﷲގެ ރައްކަތެރިކަން ލިބޭނެ...އަދި ޝަރީޢަތްތައް ފުލުފުލުން ނައީސް....ޤައުމުގެ އެންމެންނަށް އެގޭ ޙަޤީޤަތް...ލަދުގަންނަންޖެހޭނެ ޔާމީން...ދެން ފުލުފުލުން މީހުން ކެނޑޭނެ ޕީޕީއެމުން ކެނޑިގެން ކިހިނެއް ބަލިކަށިނުވެދާނީ...ޔާމީން ކަލޯ މިހާރުތިބި މިހުންވެސް ތިބީ އެމީން ސަޕޯޓްކުރާ ނިހާން، އަލީ އާރިފް ފަލާހު އަސްއަދުމެން ތިބީމަ އަދި އެހެން އިސްމީހުންވެސް ކެނޑޭނެ ވަރަށް އަވަހަށް. އެކިމީހުން އެކިމީހުން އެކިމީހުން ފަހަތުގަ. ޔާމީނާ ވާވެސް ކަމެއްނޫން. ރައްޔިތުންލޮލަށް ފެންނަމީހެއްނޫން ޔާމީންއަކީ...ދެން އެންމެން ކެނޑޭއިރު ކިހިނެއް ބަލިކަށިނުވެ ދާނީ...ޔާމީން ރަގަޅަށް ކަމެއްކޮށްދިން އެކަކު ޕީޕީއެމަކު ނެތް...ދެންވެސް ވިސްނަންނުވެތޯ؟؟؟

      9
      35
      • ވިސްނާ

        އިސްލާމީ ތާރީހު ކިޔާ ވިސްނާލިނަމަ ތިޔަހެނެ ނުބުނާނެ.. ކެތްތެރިން ﷲއިތުރަށްވެސް އިމްތިހާނުކުރައްވާނެ އިސްލާމްދީނުގަ ކުރެވުނު ކޮއްމެ ހަގުރާމައަކުން ސާބިތުވެފަހުރީ ތެދުވެރިކަމާއެކު ހަގުރާމަކުރެވުމުން ކާމިޔާބު ލިބުނުތަން މުނާފިގު ހިތްތަކަކާއެކު ކުރެވުނު ހަގުރާމަ ނާކާމިޔާބުވިތަން މިގައުމުގެ ތާރީހުން އެގިގެންދިޔައީ ހޮޅިންގެ އަތްދަށުން ސަލާމަތްކުރުމަށްވެސް ނުކުތީ ތެދުވެރި މަދު މީސްކޮޅެ. ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރީ 4ޖިހާދީން އިސްވެތިބެ. އަލިރަސްގެފާނުގެ ނާކާމިޔާބީއަކީ ތެދުވެރިންނެތުން.. ޔާމީންގެ އެކައުންޓަށްވަން ފައިސާއާމެދު ސުއާލު އުފެއްދުމުގެކުރިން ވިސްނާލިނަމަ މިދިޔަމީހުންގެ އެކައުންޓުތަކާ މިހާރު ވެރިކަމުގަތިބިމީހުންގެ އެކައުންޓުތަކަށް.. ﷲރޔާމީންއަށް ރައްކާތެރިކަން ނުދޭކަމަށް ތިބާގެ ސިކުނޑިޔަށް ވިސްނުނީ ތިބާ ކަންކަމާމެދު ވިސްނާވަރު ކުޑަވީމަ.. ވިސްނޭ ބުއްދިވެރިން ދުވަހަކުވެސް ﷲމެދު ޝައްކުނުކުރާނެ.. ކާމިޔާބެ ހޯދަން މުޅިއުމުރުގަ މަސައްކަތް ކުރަންޖެހިދާނެ ކާމިޔާބު ﷲދެއްވަންނަގާނީ ހިދުކޮޅެ..

        9
        1
        • މޮޔައެނޮނިމަސް

          މީ ކޮންކަހަލ މޮޔަ ވާހަކަ ދައްކާ މީހެއް.ޔާމީނު ތެދުވެރި ވަނީ މިހާރު ތިބި މީހުން ވައްކަން ކުރީތީވެ ދޯ.ޔަގީންތަ ހުރިހާ ހަނގުރާމައެއް ކާމިޔާބު ކުރެވުނު ކަން

          • އަހާ

            އާނ ޔަގީން. އެހެން ސުވާލެއް އެބައޮތްތަ؟

      • ދޮގެއް؟

        100 މިލިއަން މައްސަލައަކަށް ވެފަ 37 މިލިއަން މައްސަލައަކަށް ނުވަންޏާ ދެން އަނގަ ނުތަޅާ މަޑުން ހުރޭ.

  11. ޒިކް

    ތިޔަ ކުޅުއްވާ ޑުރާމާ ނޭނގޭހާ ގަމާރެއް ނޫން އެމްޑީޕީ

    17
    53
  12. ބޯކިބާ

    ނުވާނެ ނުވާނެ. ބަލިކަށްޓެއްނުވާނެ. މީހުން ހުސްވެދާނެ. އެއީ އެހެންކަމެއްތާ.

    42
    19
    • ގުނބޯ

      ވަރަށްބޮޑު ތެދެއް..މީހުން ހުސްވިޔަސް ބަލިކައްޓެއްނުވާނެ...މިއުޅެނީ މީހަކު ބުރަކަށިމައްޗަށް އަރައިގެން ނުންވިއްޔާ..

      6
      15
  13. ބަކުރުބެ

    ގޭމް ޖައްސާ ކޮޅުކޮޅު މައްޗައް މީހުން ފޮނުވާގެން ސަލާމަތްވާނަމޭ ހިތާއުޅުމަކީ ކުންހީއެއް.ތިޔާ ބައިގަނޑަކީ ފައިސާއާ ، ކަދުރާ ޕެނެޑޯލް ފެންފޮދަކާ ނުލާ ޔާމީނާއެކު ދިރުވާލި ގުރޫޕް. ހަލާކުހުރި

    1
    5
  14. މަނޭސް

    ނޫނު އަތޮޅުގެ މެންބަރުކަމަށް ޔާމީނު ކުރިމަތިލައްވައިގެން ގަލޮޅުމަދަރުސާގަ ކެންޕޭނު ކުރެއްވި ދުވަސްވަރު ލެޕްޓޮޕަށް ދުވަހުން ދުވަހަށް އަޅަންޖެހޭ މައުލޫމާތު އެޅުމުގަ އެންމެ 18 އަހަރުގަ އުޅެންފެށިގޮތަށް ނ.އަތޮޅުގެ ސިޔާސީ ކަންކަމުގަ މާލޭގަ އެންމެ އިސް އެކެއްގެ ގޮތުގާ މިއަދުވެސް ހަރަކާތްތެރި މިވަނީ ރައީސް ޔާމީނުގެ ސިޔާސަތަށް ތާއީދު ކުރާތީ އެމަނިކުފާނުގެ ފަހަތްޕުޅުގަ. ފަލާހްމެންފަދަ އެކިގޮތްގޮތުން އެދެކަނބަލުންގެ ފަރާތުން މަންފާތައް ލިބުނުމީހުން ފެއަށްޖެހިވަޑައިގަތަސް އަޅުގަނޑުގެ އަޒުމަކަށް ބަދަލެއް ނާދެ!

    11
    1
  15. ބެލެކް ޕެންތާ

    ޕީޕީީއެމް ފޯ އެވާރ
    އަހުން ރައީސް ޔާމީން އާއެކު

    11
    4
  16. ބެލެކް ޕެންތާ

    ރައީސް ޔާމީން 2023

    11
    3
  17. ަފކ

    ކ ރައިސް ވިދާޅުވަނީހަމަރަނގަޅައް ކައިރީގައުޅޭ މީހުންދަހެއްނުވި

    11
    1
  18. ޢަދުރޭ

    ޔާމީނު އެކަނި ހުއްޓަސް އަހަރެން ހުންނާނީ ޔާމީނާ އެކީ .

    34
    8
  19. ނަސީދު

    ގާސިމްއަކައްވެރިކަންދީގެން ތިބެވޭކަ ނެެތް

    10
    2
  20. އަލްޖިބްރާ

    މުއްދަތު ޖަހާފަ ޖަލަށް ގަޅާލީމަވެސް ތިގޮތަށް އަގަގަޅާތި !

    • ބޮޑުޓެރަރިސްޓުވަގުބާޣީކަލޭގެ/އެމަޖިލިސް

      މުއްދަތު ޖެހީމަ ޅިނދު ފީވެ މައިބަދަ ވާގި ނެތިގެން ބަޔަކު އުޅުނަސް ރައީސް ޔާމީނަކީ އެހާ ފިނޑި ބޭފުޅެއް ނޫން. އާނދޮގޭ.

  21. ޢާއިޝަތު

    ޕީޕީއެމް ހަލާކުނުކޮށް ދާންބޭނުންވާ ބަޔަކު ދާންވީ އިންޝާﷲ މުސްތަޤްބަލަކީ ރައީސް ޔާމީނު (ޕީޕީއެމް)

  22. ސަޅި

    ޔާމީނުވެސް ޖުމުހޫރީ ޕާޓީއާއި ގުޅިގެން ޤާސިމް ކިންގަކަށް ހަދަން އުޅުއްވާންވީ !