ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުން މިރެއަށް އެޖެންޑާކޮށް މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 9:00 ޖަހާއިރުއެވެ.

އެ ޖަލްސާގެ އެޖެންޑާގައި ބުނެފައި ވަނީ، މިރޭ އޮންނާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޑރ އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫނު އައްޔަނުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވި މައްސަލަ ބެލުން ކަމަށެވެ.

މިރޭ 9:00 ގައި ފެށި އެ ޖަލްސާގައި، އެ މައްސަ ބެލުމަށް ޖުޑީޝީއަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީސްގެ ގަވާއިދު އޮތް ގޮތުން ކޮމިޓީއަށް ފޮނުވުމަށްފަހު، މަޖިލީސް މެންބަރުން ގޮތެއް ނިންމެވުމުގެ ކުރިން މެންބަރުންނަށް ތިން ދުވަސް ދެއްވަން ޖެހޭނެ ކަމަށެވެ.

އަދި މަޖިލީސް އިން އެހެން ގޮތަކަށް ނުނިންމަވައިފިނަމަ އަމަލު ކުރަން ޖެހޭނީ އެގޮތަކަށް ކަމަަށެވެ.

"އެނގިވަޑައިގަންނަވާނެ މިހާރު އޮތް ގޮތުން ބުރާސްފަތި ދުވަހާއި، ހަމައަށް މި މައްސަލަ އެބަދޭ، އެއީ މިދައުރުގެ އެންމެ ފަހު ދުވަސް، އަޅުގަނޑު ގަބޫލުކުރައްވަނީ ތިޔަ އިއްޒަތްތެރި މެންބަރުން އަދި މި ދައުރުގައި ދެތިން ހަތަރު ދުވަސް ބޭނުންވާނެ ކަން". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދައުރުގެ ދުވަސް އިތުރު ކުރައްވަން ބޭނުންފުޅުވަނީ މަޖިލީސްގައި ނުނިމިހުރި މުހިންމު މަސައްކަތްތައް ނިންމެވުމަށް ކަމަށެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފަޔަށް އެދި ރައީސް ސާލިހު ޝުޖޫން އާއި ޑރއަޒްމިރަލްދާގެ ނަންފުޅު ޖޭއެސްސީއަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވުމުން، ޖޭއެސްސީން ވަނީ އެ ދެ ނަންފުޅު ބަލައިގެންފައެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމަށް ފުރުސަތުވެސް ޖޭއެސްސީން ހުޅުވާލިއިރު، އެ ފުރުސަތުގައި ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

އެ ހަތަރު ބޭފުޅުންނާއި، އަދި ރައީސް ހުށަހެޅުއްވި ދެ ބޭފުޅުންނާއި ޖޭއެސްސީން ވަނީ ރޭ އިންޓަވިއުކޮށްފައެވެ.

އަދި ޖޭއެސްސީން ވަނީ ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރަން އެ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ލަފާ އެރުވުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ފާސްކޮށްފައެވެ. އަދި ޖޭއެސްސީން އެގޮތަށް ފާސްކުރުމާއެކު، ރައީސް ސޯލިހު ވަނީ، އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފައެވެ.

ޑރ. އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި މަަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުއެވެ.

ސުޖޫންއަކީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސަައްކަތް ކުރެއްވި ބޭފުޅެކެވެ. 2015 ވަނަ އަހަރު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާދެއްވިއިރު، އޭނާއަކީ ބާ ކައުންސިލްގެ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުއިދުއް ކާޅު

    ސާބަސް، ތީފިސާރި ދަރިން... ކލޭމެނނަށްވުރެން މޮޅުބައެއް މަށެއް ނުދެކެން، ނަބިއްޔާ ނުކުރާށޭ އެންގެވީމަވެސް ކކބކ، ދެންބަލަން ހުންނާން ކިހާމޮޅުތަކކާ ފައިދާތަކެއްވޭތޯ.....

    10
    2
  2. ލޮގާ

    އަންހެނުން ނެގުމަކީ ލާދީނީކަމެއް

    5
    1