ޕީޕީއެމްގެ ކުރީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކޮށްފިއެވެ.
މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި ކުރިއަށްދާ ޖަލްސާއެއްގައި އެންމެ ފުރަތަމަ ޖޭޕީއަށް ސޮއިކުރެއްވީ ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އާއި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދުއެވެ.
އަދި މިރޭ އެ ޕާޓީއަށް ސޮއިކުރި ޕީޕީއެމްގެ ކުރީގެ އިސް ބައެއް ބޭފުޅުންގެ ތެރޭގައި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހް އާއި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު އައްސަދު ހިމެނެއެވެ.
މީގެ އިތުރުން، ޕީއެންސީން މިއަދު އިސްތިއުފާދިން، އަހުމަދު ނިހާން ހަސަން މަނިކު އާއި ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އިގްބާލް އަހުމަދުވެސް ވަނީ މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް އެ ޕާޓިއަށް ސޮއިކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ އެ ޕާޓީއަށް ސޮއިކުރައްވާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ.
މީގެ އިތުރުންވެސް އިތުރު، ބައެއް ފަރާތްތަކުން މިރޭ ވަނީ އެ ޕާޓިއަށް ސޮއިކުރައްވާފައެވެ.
ތިޔައީ ކަތުރު ފަނިތަކެއްކަން އަންނިއަށް އެގޭ. ޔާނު ހަލާކު ކޮށްލީ ތިމީހުންކަން. އެހެންވެ ބަރުމާގެ ދުވަސް ދުވަސް ދުއްވާލަން ވެގެން އަންނި ފޮނުވި ބައެއްތިޔައީ. މުގުލުގައި ހުރީ ބޫންބޫން. ގާރޫނުގެ ދުވަސް ދުއްވާލާނެ މިފަހަރު
ކަލޭމެން ވިސްނާލަބަލަ ޤާސިމްގެ މޮޔަކަން.. އިހަކަށް ދުވަހު ތިމީހުންތައް އޭނަގެ ދަރިޔާ މުދަލާ ނުވިތާކަށް ހުދު ޤާސިމްވެސް ޖަލަށްލާ މުދާނަގަން ގޮވާ އެކަމަށް ހިތްވަރުދީ އުޅުނީ..
އަތްމަތި މަގޭ ތަނަވަސްވިއިރު މިތުރުންގެ ގޮތުގައި ތިބި ކަތުން
އަތްމަތި މަގޭ ހުސްވީވަގުތު ހަތުރުންކަމަށް ވެ ނިމިއްޖެޔޭ
ތިމާމެންނަށްޓަކައި އެފަރާތެއްގެ މުޅި ބުންވަރާ ހަކަތަ ހުސްކޮށްލި ވެރިޔެއް ދޫކޮށް އެވެރިޔާ ނިކަމތި ކޮށްލިބަޔެއްގެ ގޮތެއް ފޮތެއް ނެތްކަމާއެވެ.
ކޮންމެ ނަމެއްގެ ކުރިއަށް " ކުރީގެ މެމްބަރު" މިއަންނަނީ ރައްޔިތުން ބަލައި ނުގަތް މީހުންނަށް ވީމައެވެ.
މިފަހަރު އަނެއްކާ ނިހާންބާ މިސޮއިކުރީ ޕޕއެމް ގަހުރި އިރުފެނޭ އޭނަކާފަވެސް ބައެއްޖަލްސާތަކުން
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާގެން ރައްޔިތުން ބަލައިނުގަތް ސިޔާސީ ހައްޕުނޑުތަކެއް. ދެންވެސްވާނީ ހަމފެއިލް.