ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މިރޭ އަލަށް ގުޅުވަޑައިގަތް ޕީއެންސީގެ ކުރީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު ނިހާން ހުސައިން މަނިކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަ ދައްކަވައިފިއެވެ.

ނިހާން މިގޮތަށް ވިދާޅުވީ، އިދިކޮޅު ސިޔާސީ ގިނަ ފަރާތްތަށް ސަރުކާރު ކޯލިޝަނާ ގުޅި، ޖޭޕީއަށް ސޮއި ކުރުމަށް ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނިހާން ވިދާޅުވީ އޭނާ މިހާރު ހުންނެވީ ގާސިމް އިބްރާހީމް ފެއްޓެވި މަލްޓިޕާޓީ ޑިމޮކްރެސީގެ މަސައްކަތް އިތުރަށް ވަރުގަދަ ކޮށް އެމަނިކުފާނަށް އެހީތެރިވާން ތައްޔާރަށް ކަމަށެވެ.

ގާސިމް އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ނިހާން ވިދާޅުވީ، ގާސިމް އާއި ދެބަސްވުންތައްވެ ޒުވާބުކޮށްފައި ހުރި ނަމަވެސް، އެމަނިކުފާނަށް ހިތްނުތަނަވަސްކަމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަކީ ވަރަށް ހިތްތިރި އިހުލާސްތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ޤައުމަށް އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި ގާސިމް ކުރައްވަމުން ގެންދަވާ މަސައްކަތަކީ ހިތުގެ ވަރަށް އިހުލާސްތެރި މަސައްކަތެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ދެއްވި ފުރުސަތަށްޓަކައި ގާސިމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ ޕާޓީ އާއި ގުޅިވަޑައިގަތީ ޕާޓީގެ އެއްވެސް މަޤާމެއް ބޭނުންވެގެން ނޫން ކަމަށާއި، ބޭނުން ވަނީ ޖުމްހޫރީ ޕާޓީ އެހެން "ލެވެލް" އަކަށް ގެންދިއުމަށް ކަމަށެވެ.

މިރޭ ޖޭޕީއަށް ގުޅުވަޑައިގަތުމަށް ނިންމެވި ހުރިހާ ސިޔާސީ އިސް ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅުންނެވެ. މި ބޭފުޅުން ކުއްލިއަކަށް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވަން ނިންމެވީ ކީއްވެގެން ކަމެއް ނޭގެއެވެ. ނަމަވެސް މި ބޭފުޅުން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުން ނުފެންނަތާ ދުވަސްތަކެއް ވެދާނެއެވެ.

މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅުވަޑައިގެންނެވި ކުރީގެ މެންބަރުންގެ ތެރޭގައި ނިހާންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު މެމްބަރު އަހުމަދު އައްސަދު އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވާއިރު، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދޮލަނގު

  އަބުދުﷲ ޖަދުވާނުގެ ދޮލަނގަށް މަރުހަބާ... ނިހާނު އަބަދުވެސް ބުނާ އަބުދުﷲ ޖަދުވާނުގެ ދޮލަނގު ކައިރީގަ އިށީނީ އެމީހަކު ގޮވާގޮވުން އެމީހަކާ ބައްދަލުކުރާނެ.. ބޭބެގެ މުދަލުގެތެރެއަށް އިތުރިވި ކުނިގޮނޑެތީ..

  44
 2. ދަތްދޫނި

  ނިހާނޫ ތަމެން ނޫންތަ ބުނީ ޤާސިމްގެ ހުރިހާ މުދަލެއް ދަޢުލަތައް ނަގާ ޤާސިމް ސޭޓު ސައިޒަށް ތިރި ކުރާނަމޭ. މިހާރު ތިޔަ ޖެހީ އުނބަށް. ސޭޓު ތަމެންގެ ފެންވަރު ރައްޔިތުންނަށް އެ ސާބިތު ކޮއްދިނީ. ދެން ލަލަލަލާ!

  63
  3
 3. ހ

  ތީ ހުސް އެދުމާ ފާއިސާގެ ފަހަތުން އުޅޭ ގޮތެއްނެއް މީހުން

  61
  2
 4. ކާފަ

  . ދެން އައިޝާ އެމްޑީޕީއަށް ސޮއިކުރޭ.. އެދުވަހު ފިރިމީހާއަށް އަނިޔާލިބުނު އިރު އަތްޖަހަން ތިބި މީހުން މިއަދު ކާރިކުރީ..

  11
 5. Anonymous

  ޖޭޕީގެ ދުވަސް ތިދިޔަަައީތޯއްޗެ

  11
  1
 6. އަލީ

  ފައިސާ. ފައިސާ. ފައިސާ.

  11
 7. ތިބޭފުޅާގެއިޝްގީ ތާރަ

  ނިހާނުއެއްކޮ ޅުން ކައިފުރުނިީމަ ޖުހަާ ހެން އަނެއް ދޮލަގަށް އެރީ ހާދަހާ ދަހިވެސް ކުއްޖެކެޭ މަވާ ސަލާން

 8. ހޭކެނޑޭ

  ނިހާނޫ ރައްޔިތުންގެ ޙަޒާނާ އާއި ރައުސުލްމާލު ލޫޓު ވާލުމަށްފަހު އެ ކަމުން ބަރީއަ ވާނަމޭ ހިތާ ދޮތަ ތިޔަ އުލުއްވަނީ. އަދީބު ބުރޯ ހުރީ ރެޑީގައި ތަމެން ފްލެޓު ތަކާއި އަނބި ދަރިންނަށް ބެންޒް ކާރު ތައް ގަތް ގޮތް ރައްޔިތުންނަށް ކިޔާދެން ތައްޔާރަށް.

  17
  1
 9. ޖ

  ހުސްއެދުމާއި ރުފިޔާއާއިހެދި ތެޅޭމީހުން ކީއްކުރާނީ ދިވެހިރައްޔަތުންނަކީ ހަގީގަތުގވެސްމޮޔައިން ތިމީހުންކީ ކޮންމެ އެއްްޗަކައްއަތްޖަހަންތިބޭނީ

  16
 10. ނޭމާ ޖރ

  އަޅުގަނޑު މި ލިޔާ ކޮމެންޓް ވަގުތު ނޫސްގަ ޖަހާނެ ކަމަށް އުއްމީދު ކުރަން. އަދި ނިހާނު ހުސައިން މަނިކު މި ކޮމެންޓް ކިޔާފަ ޖަވާބު ދޭނެކަމަށް ވެސް އުއްމީދު ކުރެވޭ. 2023 ވަނަ އަހަރު ނޮވެމްބަރު މަހު ތި ނިހާނު ޔާމިން ފަހަތަށް ނާންނާނެ ކަމަށް އެދެން. ދިވެހިރާއްޖެ މިހާރު މިދާ މިސްރާބުން 2023 ވަނަ އަހަރު ﷲ ގެ އިރާދަފުޅުން ރާއްޖޭގެ ވެރިޔަކަށް ޔާމިން ހޮވޭނެ ކަމުގެ %500 ޔަޤީން. އެދުވަހުން ހިކިފަހާއި، ކަނޑު އިނގޭން މިރޭ ޖޕ އަށް ދިޔަ ބޭކަލުންނަށް. ހިކިފަހުގަ ހުންނާނީ ޤާނޫނީ އިމުގެ ތެރެއިން ކުޑަ ގޮޅި. ކަނޑު މިހާރުވެސް ﷲ މިންވަރު ކުރެއްވި ގޮތަށް އެކަލާންގެ މިންވަރު ކުރެއްވާނެ.

  17
  6
  • ބޮސް

   ކޮންމެސްވަރަކަށް ބުއްދިއަށް ގަބޫލުކުރެވޭކަހަލަ ވާހަކަ ދައްކަބަލަ.

 11. އިފާޝާ

  އިންސާނީ ލޭ ހުރި ކޮންމެ ދިވެއްސަކު ލަދުން ހަލާކުވާނެ!

  10
 12. އއއަ

  މި މީހުންގެ މަޅީގައި ނުެޖެހޭތި، މި އަނެއް ބޮޑު ރޭވުން ކަންނޭގެ.

 13. އަލްޖިބްރާ

  ދެފުއްކެހެރިންނޭ ކިއަނީ ތިކަހަލަ މީހުނަށް !

 14. ޙުސައިން ޢަލޯ

  ހީނުކުރާ ވަރުގެ ބޮޑު ރޭވުމެއް؟ ތިޔަބޭފުން ވިސްނަވާ!