ދެން މައްސަކަތް ކުރައްވާނީ ޖޭޕީ ވެރިކަން ކުރާ ޕާޓީ އަށް ހައްދަވަން ކަމަށް މިރޭ ޖުމުހޫރީ ޕާޓީ އާއި ގުޅިވަޑައިގަތް ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވެއްޖެއެވެ.

މިރޭ ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު އަޒްލީން ވިދާޅުވީ ޖޭޕީގެ ދެން މަސައްކަތަކަށް ވާނީ އެ ޕާޓީގެ ރާއްޖޭގެ އެންމެ މަގުބޫލު ޕާޓީއަށް ހެދުމުގެ މައްސަކަތް ކަމަށާއި އަދި ޖޭޕީ އަކީ ވެރިކަން ކުރާ ޕާޓީ އަށް ހެދުމަށް ކަމަށެވެ. އަޒްލީން ވިދާޅުވީ އެ މައްސަކަތް މިއަދު ފެށިއްޖެ ކަމަށެވެ.

"ޖޭޕީ ދެން ފެނިގެންދާނީ ވަރަށް ވަރުގަދަ ކޮށް ޖޭޕީ އަކީ ރާއްޖޭގެ އެންމެ މަގުބޫލު ޕާޓީއަށް ހެދުމުގެ މައްސަކަތް ވެރިކަން ކުރާ ޕާޓީ އަށް ހެދުމަށް ކުރެވޭ މައްސަކަތް ބާރަށް ކުރިއަށް ދާނެ" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ ޕާޓީއެއްގެ މަގުސަދަކަށް ވާންވާނީ ދިމާވާ ބޮޑެތި ގޮސްޖެހުންތަކުން އަރައިގަނެ, ފާގަތި އުފާވެރި ދިރިއުޅުމެއް ހޯދަ ދެވޭތޯ މަސައްކަތް ކުރުން ކަމަށެވެ.

"ސިޔާސީ ގޮތުން ހަރަކާތްތެރިވުމަށްޓަކައި ވަކި ޕާޓީއެއް , އިހުތިތާރު ކުރުމަކުން ފައިދާއެއް ނުވާ ކަން ދިވެހި ރާއްްޖޭގެ ކުރު މާޒީއިން އަޅުގަނޑުމެންނަށް އެގި ހާންމަ ވެއްޖެ" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ ޖޭޕީ އާއި ގުޅުވަޑައިގަތީ އެ ޕާަޓީ އަކީ ޑިމޮކުރަސީގެ ރީތި އުސޫލުން އެންމެ ފުރިހަމައަށް ހިންގާ ޕާޓީ ކަމަށްވާތީ ކަމަށެވެ.

"ސިޔާސީ މައިދާނުގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިއެއް ނުވެވޭނެ އޯގާތެރިކަމެއް ނެތި, ޖޭޕީގެ ލީޑަރަކީ އެމަނިކުފާނުގެ ހިތް ޕުޅުގައި ރައްޔިތުންނަށްޓަކާއި އޯގާތެރިކަން ހުންނެއްވި ބޭއްފުޅެއް" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމުން އެކަމާއި މަރުހަބާ ވިދާޅުވި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ އެކި ގޮތް ގޮތުން މިސާލު ދައްކަވަމުންދާ ވަރުގަދަ ލީޑަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވެންގާ

    މުއްސަދިވީމަތަ؟

    25
  2. ޙަސަނުބެ

    އާން އޭރުންތާ އަނެއްކާވެސް ބޮޑު މަގާމަކައް އާދެވޭނީ ވާހަކަ ކިހާ ސަޅި ޖީބު ހުސްވެ ގޮތް ހުސްވީ އެހެންވެ އަވަހަށް ބޯނެއް ބުރުމާގެ ފަެިއިބުޑައް ވެއްޓުނީ އައުރަ ނިވާކުރަންބާ ހެދުންލައިގެން މި މީސްމީހުން މި އުޅެނި

    30
    1
  3. ބޯއީ

    ލިބެންހުރި ސާވިސްޗާރޖްކޮޅުވެސްދެންޖެހޭނީ ބައިބަޔަށްބަހާލަން. އިތުރުބޯތަކެއްލިބުނީ.

  4. ދަތްދޫނި

    މަނިކުފާނު ކޮސް ނުގޮވާ! 1 ފެބްރުއަރީ ސްޕްރިމް ކޯޓުގެ ބޮޑު އަމުރު ތަންފީޒު ނުކުރި މައްސަލަ އަދި މަމެން އެ އޮތީ ފޮށީގައި ބާއްވާލާފައި.

    7
    1
  5. ސޮނިފުހޭއިސްކިން ޓޯޓޯގެތަާރަ

    ތިީނަ ކަޑައެޭ މަ ތީނަ ރިީތި ކަމުން ހީކުރީ ވަރަށް ނަޒަާހަތްތެރިކަމަށް މަބޮޑު ބިރުހުންނަނިީ ގާތްވެސް ނުވާނަން ހިހީ ވަރަށް ސަލަާން

  6. ތެދު

    މިފަހަރު ނަހުލާދަމައިނުގައްނައްޗޭ..ކުރިން ވެސް މީހެއްގެއަނބި ޖަހައިގަނެގެންތިހިރީ..އާރް ކޭއެލް އަށް ލަނޑުދިނީ.

    3
    1
  7. އަނެއް އަންނި

    ކަލޯ ތިހާމޮޅުނަމަ ޔާމިންވެސް ވެރިކަމަށް ގެނެވުނީސް ދެން ލިބުނު ފައިސާކޮޅު ހުސްވަންދެން ތިހެން ކިޔާނެ ގާސިމު ވެރިކަމަށް ގެންނަން ކަލޯއަކަށް ކޮށްދެވޭނެ އެއްވެސްކަމެއްނެތް

    3
    1
  8. އަހްމަދު

    އަޒްލީން އޭރަކު ހުންނަ ޕާޓީ އަކީ އެއީ ޑިމޮކްރަސީގެ ރީތިއުސޫލުން އެންމެ ފުރިހަމައަށް ހިންގާ ޕާޓީ. އަޖާބެއްނު؟

  9. ވަގު

    މީކަލޭގެމީ ފަހާ މީހެއްދޯ ހާދަވައްތަރޭ މިންނަގައިން ފަކާމީހަކާ

  10. އަލްޖިބްރާ

    ތީ ހުސް އަގަތަޅާމީހެއް ! ކަލެއަށް ކުރެވޭނެ ކަމެއް ނޯންނާނެ !

  11. އަދާލަތު

    މާތްﷲގެ އިރާދަފުޅާއި، ރައްޔިތުންގެ އެއްބާރުލުމާއެކު، ޤާސިމް އިބުރާހީމް ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާނެ.

    1
    2
    • ފާއިޒް

      ހަމަ ވުން ގާތް ކަމެއް. ޑރ. ވަހީދު ވެސް ރާއްޖޭގެ ވެރިކަން ކުރެއްވި.