ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް އުފުލާވައިވާ ދައުވާ އާއި ގުޅިގެން މިހާރު ކުރިޔަށްދާ ޝަރީޢަތް އަދުލުވެރި އަދި އިންސާފުވެރި ޝަރީޢަތަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޖިހާދު މިގޮތަށް ވިދާޅުވީ، އިދިކޮޅު ސިޔާސީ ގިނަ ފަރާތްތަށް ސަރުކާރު ކޯލިޝަނާ ގުޅި، ޖޭޕީއަށް ސޮއި ކުރުމަށް ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖޭޕީއާއި ގުޅިވަޑައިގެން، ދެއްކެވި ވާހަކަފުޅުގައި ޖިހާދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރގެ މަޤާމުގައި އާއި، އެމަނިކުފާނުގެ ނައިބެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޖޭޕީން ދެއްވި ފުރުސަތަށް ޝުކުރު އަދާ ކުރައްވާކަން ހާމަކުރައްވާ ޖިހާދު ވިދާޅުވީ، ގާސިމަކީ ވަރަށް ހިންގުންތެރި ވިސްނުންތޫނު ބޭފުޅެއް ކަމަށެވެ. އެގޮތުން ކޮންމެ ވެރިކަމެއް ކާމިޔާބު ކުރުމަށްވެސް މެދުވެރިވަނީ ޖޭޕީ ކަމަށާއި، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ފެނިގެން ދިޔައީ އެމަންޒަރު ކަމަށެވެ.

އަދި ޖޭޕީއަށް ވަޑައިގަތީ ޕާޓީގެ މަޤާމެއް ބޭނުންވެގެން ނޫން ކަމަށާއި، ނަމަވެސް ސިޔާސީ ގޮތުން ދެން ކުރިޔަށް ދެވެން އޮތީ ޖޭޕީއާއެކު ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ދެން ޖޭޕީގެ ޕޯޑިއަމްތަކުން ކުރިޔަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށް ޖިހާދު ވިދާޅުވިއެވެ.

މިރޭ ޖޭޕީއަށް ގުޅުވަޑައިގަތުމަށް ނިންމެވި ހުރިހާ ސިޔާސީ އިސް ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅުންނެވެ. މި ބޭފުޅުން ކުއްލިއަކަށް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވަން ނިންމެވީ ކީއްވެގެން ކަމެއް ނޭގެއެވެ. ނަމަވެސް މި ބޭފުޅުން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުން ނުފެންނަތާ ދުވަސްތަކެއް ވެދާނެއެވެ.

ޖިހާދުގެ އިތުރުން މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅުވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު މެމްބަރު އަހުމަދު އައްސަދު އާއި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ހިމެނިވަޑައިގަންނަވާއިރު، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަވެސް ވަނީ އެ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަކުރުބެ

    ޔާމިން ސަލާމަތްކުރުމަށް ހިތާ ދިޔަ ބައިގަނޑެއް. ތިޔާ ބައިގަނޑު 7 ފެނުގަ ކައްކާ ހިއްކިޔަސް ނުވާނެ ރަނގަޅެއް.ޖޭޕީގެ މޮޔަކަމާހެދި އަންތަރީސްވޭ.

    26
    7
  2. Anonymous

    ދެން އަދީބު ތިޕާޓީއަށް ވައްދަންވީނުން، އޭރުން ހަތަރެސްކަން ހަމަވީ، ޕާޓީ ފައިނޭންޝަލީ ވަރަށް ވަރުގަދަވާނެ، ގާސިމު އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ.

  3. ސާފް

    ސަބަބު ވަރަށް ސާފެވެ، ގާސިމު ހަރަދުގަ 2023 ހުގަ ޔާމީނު ވެރިކަމަށް ގެނައުމެވެ.

    3
    5
  4. ނާޞިޙާ

    އިޚްލާޞްތެރި މީހަކުނަމަ މިއަދު ރައީސް ޔާމީން ދޫކޮށެއް ނުދިޔާސް! ރައީސް ޔާމީނަށް ބޭވަފާތެރިވި ބޭފުޅުންނޭވެ! ތިޔަބޭފުޅުންނަށްޓަކައި ތިޔަބޭފުޅުންގެ ދިފާޢުގައި ރައީސް ޔާމީން އެމަނިކުފާނުގެ މުޅި ހަކަތަ ހުސްކޮށްލި! ބަދަލުގައި ތިޔަ ދެއްވި އިނާމުގައި ވިދުމެއް ނެތް! ރަހަޔަކީ ލޭރަހަ ! ކުލަޔަކީ ގުއިކުލަ! ރައީސް ޔާމީނަކީ ވަރުގަދަ ލީޑަރެއް! ތިޔަ ބޭވަފާއަކުން އިންޝާއަﷲ އެމަނިކުފާނު ނުސިހޭނެ! އިރާދަކުރެއްވިއްޔާ އެމަނިކުފާނުގެ ސިޔާސީ ކެރިއަރ އުފުލިގެންދާނެ! ތިޔަބޭފުޅުންގެ ވާހަކަތައް މިއަދުވެސް ކަންފަތުގައި އެބަ ގުގުމާ! އަޅުގަނޑުމެން މިތިބީ ރައީސް ޔާމީނާއެކު!

    10
  5. ގައުމު

    ޔާމީން ސަލާމަތްކުރަން މިއައީ ޤާސިމް ބޯގޯސްކަްިރިއަށް އިރާދަކުރެއްވިއްޔާ ޔާމީން ކުޅަކުށުގެ ސަޒާ ﷲ ވަރަށްރަގަޅަށް ޔާމީނަށް ދެއްވާށި އާމީން

    2
    4
  6. ނަޖްވާ

    މި މީހުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ނުވިޔަސް، މި މީސްމީހުންނާ ދޭތެރޭ ސަމާލު ވާން ޖެހޭ! ބެލެވެނީ، މި އުޅެނީ ސަރުކާރު ހަލަބޮލި ކޮށް ފަނި ކުރަންހެން ހީވަނީ!

  7. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ރައީސުލްޖުމުހޫރިއްޔާއަކީ، ދައުލަތަށް ލިބެމުންދާ އެންމެހައި ފައިސާ އޮތަރައިޒް ކުރުމުގެ އޮތޯރިޓީ ލިބިފައިވާ ހަމައެކަނި ފަރާތެވެ. ރައީސުލްޖުމުހޫރިއްޔާގެ އަމިއްލަފުޅު އެކައުންޓަށް މީހަކު ނުވަތަ ބަޔަކު އެއްމިލިޔަން ޑޮލަރު ޖަމާކުރުމުން، އެފައިސާގެ ޙަޤީޤަތް ހޯދައި ބަލައި، އެފައިސާ ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ތެރޭގައި އޭސީސީއާއެކު އެއްބަސްވުމެއް ހެދުމަކީ، ރަނގަޅު ނިޔަތެއްގައި ކުރެވިފައިވާ ކަމެއްކަމަށް ބެލޭނެއެވެ. ވީމާ، އެއްމިލިޔަން ޑޮލަރުގެ މައްސަލައަކީ، ރައީސުލްޖުމުހޫރިއްޔާގެ ނިޞްބަތުގައި އިސްތިސްނާއެއްވާ މައްސަލައެއްކަމަށް ނުބެލޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނޯންނާނެއެވެ. މިޚަބަރު ވަގުތު ނޫހުގައި ނުލިޔާނެއެވެ.

  8. ޖާސިމް

    ކަލޭމެން ތިދުވަނީ ފައިސާ ފަހަތުން، އަމިއްލަ އެދުން ބޮޑުބައެއްތިއީ