ދެން ކިންގް އަކަށް ވެވަޑައިގަންނަވާނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް މިރޭ ޖޭޕީއާއި ގުޅިވަޑައިގަތް ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު އާރިފް ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ވެއްޓަށް އެެންމެ ބޮޑު ހިދުމަތެއް ކުރެއްވި ބޭފުޅަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.
"މިއަދު އަޅުގަނޑު މި ނެގީ ވަރަށް މުހިންމު ޑިސިޝަނެއް އަޅުގަނޑު މި ޕާޓީގެ ހުރިހާ ބޭފުޅުނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ މިއަދު ދިހަ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު މައްސަކަތް ކުރީ ވަރަށް ތެދުވެރިކަމާއި އަމާނަތް ތެރިކަމާއި އެކު ކަން ހާމަ ކޮށްދިނުން " އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ މިގައުމުގެ ހައްގުގައި ގާސިމް ކުރައްވަމުން ގެންދަވާ މައްސަކަތުގައި ހުރިހާ ގޮތަކުން އެއްބާރުލުން ދެއްވާނެ ކަމަށާއި، ރާއްޖޭގެ ރައީސްކަމަށް ވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ކަމަށެވެ.
އާރިފްގެ އިތުރުން މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅުވަޑައިގެންނެވި ކުރީގެ މެންބަރުންގެ ތެރޭގައި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ހިމެނިވަޑައިގަންނަވާއިރު، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.
ލަދު ކޮބާ
ކިންގް އެކޭ؟ ބަލަމީ ސައުދީ އަރަބިއްޔާތަ؟ އަމާގެ ތައްކަލަކަލައޭ ވީދިބަލަ! ގާސިމުގެ ލާރިތައް ފެލަންވެގެން ޖޭޕީއަށް ފާވެގަތީ! ބޮޑެތި ރަތްލާޖެހި ވަގުން އެއްކޮށްގެން ގާތްކޮށްގެން އުޅެނިކޮށް ގާސިމުގެ އަނބިގޮއްޔެވެސް އެހެން ޕާޓީއަކަށް ގޮސްދާނެ! ޖޭޕީގަ ތިބީ ގަސްގަހާ ރުއްތައް އުފުރާ ލޯބޮޑު ބަކަމޫނަކާ، ކުރީ ސަރުކާރުން ވައްކަންކޮއްގެން ތިބި މުއްލާ ވަގުން އަދި ނަށަން އުޅޭ ރަންޑިގްރޫޕްގެ ކަނބަލުންކޮޅެއް!
ލަދެއް ހަޔާތެއް ނެތް.
އަލީ ޢާރިފޫ. ހެޔޮނުވާނެ ތިވަރަށް ތިމީހާފަކީރު ހައްދާކަށް. ތިއީ ދުވަސްވެފަހުރި މުސްކުޅިއެެެެކޭ. އަދިވެސް ތި ބޭގަނޑުތަ ތިޔަ ގަހުކުރިޔަށްލަނީ.
ކެލާ ބޮކަރުން ދުންއަޅާ ސޭޓުބެ މޮޔަ ހައްދަލާ!
މިހާއަވަހައް ލަދުހަޔާތް ކެޑިގެން ނޫޅޭތި ނޫނެކޭދޯބުނީ
ތަމެން އަދީބު ބުރޯވެސް ތިގޮތައް ކިންގް އަކަށް ބަދަލުކުރި. އެއަށްފަހު ތިޔަ މަސައްކަތް ފެއްޓެވީ ސޭޓުޖީ ކިންގް އަކަށް ހަދަން ދޮތަ! ސޭޓުޖީ ކިންގް އަކަށް ބަދަލުވެއްޖެ ނަމަ އަދީބު ބުރޯ އަށް ޖެހުނު ހާލަތަށްވުރެ މާ ބޮޑު ހާލަތެއް ނުޖެހޭނެބާ!
އަލީ އާރިފް، އަހަރެމެން އޮންނާނީ ކިންގް ބާލާފަ، ލާހިކަ ކުޅަދާނައެއްނޫން މިތާންގަ ރަސްކަން ކުރާކައް، ފުރަތަމަބައި ރ ޔާމީނު ސަލާމަތްކުރުން ދެވަނަބައި ރ ޔާމީނު 2023ގައި ރަސްކަމަށް ގެނައުން، ތިންވަނަ ބައިގަ އޮންނާނީ ގާސިމް އާއި ދެންތިބި ހުރިހާ ލީޑަރުން ފްރޭމް ކޮށް ޖަލަށްލުން، ހަތަރުވަނަ ބައިގަ ގޯނި ގޯންޔާ ފޮށި ފޮށީގައި އުފުލުން، އިންތިހާބު ތައް ނިމުނީ ، ޑުރާމާވެސް ނިމުނީ.
ބިމު ދާއްބަތައް ޤާސިމަށް ވެރިކަން ހޯދަދޭން ފޫގަޅާފަ ތިނުކުތީ!! ހަކުރުފެނަށް ލައިގެންވެސް އޭނާގެ އަބްދުލް ޣަފޫރު ކޮޅަށް ނުތެދުވާ ކަމަށް ވަނީ . ލާރިގަނޑެއް ކަޅާކޮށްލަން ތި ގޮތްވެސް ރަނގަޅު
މި މީހުން މިއުޅެނީ އެހެން އެޖެންޑާއެއް ހިފައިގެން. ހަމަ ބުއްދިން ވިސްނާލީމަވެސް އެނގޭ މިއީ ރަނގަޅު ނިޔަތެއްގައި ޖޭޕީއާ ގުޅުނު ބައެއް ނޫން. ޔާމީންގެ އަނެއް ރޭވުން ކަންނޭގެ މިއީ. ބޭރުން ކުލަ ބަދަލުކޮށްލައިގެން ބޭނުން ކަންތައްތައް ކުރަން ވެގެން. ވަރަށް ސަމާލުވޭ ޖޭ.ޕީ ކުދިން.
ވެރިކަމާއި، ދައުލަތުގެ އެންމެހާ ބާރަކާއި، ސަރުކާރުގެ ކުންފުނި ތަކާއި މިނިވަން މުއައްސަސާ ތަކާއި، ރައްޔިތުންގެ މަޖުލިހުގެ ފުލް ކޮންޓްރޯލް ގެ އިތުރުން ފުލުހުންނާއި ސިފައިންގެ ފުރިހަމަ ކޮންޓްރޯލް މުށުތެރޭގައި އޮވެމެ 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިންތިޚާބު ކުރަން ބޭނުންވި ވޯޓު ހޯދައި ނުދެވުމުގެ އިތުރުން މަޖިލިސް އިންތިޚާބުގައި އަމިއްލަ އަށް އިންތިޚާބުވުމަށް ބޭނުންވާ ވޯޓު ނުލިބުނު ބަޔަކު 2023 ގައި ޤާސިމް ވެރިކަމުގައި ބައިންދާނެ ކަމަށް ބުނުމުން ތިޔަ ހިންގާ ޖަރީމާ ވަރަށް ސާފް. އެގޮތް މިގޮތުން މަސައްކަތް ކޮށްގެންވެސް ކޯލިޝަން ރޫޅައެއް ނުލެވުނު. ދެން ރައީސް ސޯލިހު 2 ވަނަ ދައުރަކަށް ކުރިމަތި ލެއްވުމުގެ ޚިޔާލު ގެންގުޅުއްވާނަމަ މިއަދު އެކަން ފުނޑާލުމަށްވުރެ ކޯލިޝަން ފުނޑާލުމަށް ބޭނުންކުރެވޭނެ މޮޅު ފޯމިއުލާއެއް ފަހެ އޮނާނެބާ؟ ތިޔަ ބޭފުޅުން ޖުމުހޫރީ ޕާޓީއާއި ގުޅުނީ ރައީސް ސޯލިހުގެ މަޤްބޫލްކަން އިތުރުވެ ދެވަނަ ރިޔާސީ ދައުރަކަށް ހޮވުމުގެ ޖާގަ ބޮޑުކަމުން ރައީސް ސޯލިހުއަށް ޤާސިމްގެ ކުރައްވާ ތާއިދު ފަނާކޮށްލުމަށް ޔާމީން އާއި ނަޝީދުގެ ރޭވުމުގެ މަތިން ނޫންތޯއެވެ؟ ތިޔަ ގުޅިވަޑައިގަތުމުގެ ބޭނުމަކީ ޔާމީން އާއި ނަޝީދު އާއި ދެބޭފުޅުންގެ ބަރުލަމާނީ އޭޖެންޑާއަށް މަގުފަހި ކުރުން ނޫންތޯއެވެ؟ ދަންނަވަންތޯއެވެ! ޤާސިމް އަކީ އަބަދުވެސް ކިންގް އެވެ. އަދި ކިންގް މޭކާރ ވެސް މެއެވެ. ފެއިލްވެފައި ތިބި ކޮރަޕްޓް މީހުންނަށް ޤާސިމް ކިންގް އަކަށް ހެދޭނެ ކަމަށް ޤަބޫލުކުރާ ދިވެހިން ނޫޅެއެވެ. އެހެން ނަމަވެސް ކިންގް ޤާސިމްގެ ދަރުބާރުން ފެއިލިއަރުންނަށް ވެސް މަންފާ ލިބޭނެއެވެ ކަން ޤަބޫލުކުރާ ދިވެހިން ވަރަށް ގިނައެވެ!
ތިޔައީ އިންސާނުންތަ؟ ނުވަތަ ވަލު ޖަނަވާރުންތަ؟ މާތްﷲ ބުއްދިދެއްވާ މާތްކުރެއްވި އިންސާނީ މަޚުލޫޤުން ތިހާވަރަށް ގޮތްކުޑަވީގޮތެއް ނުވިސްނުނެވެ.
ތި އަލީއާރިފު ފޮނިކެނޑުން ނޫންކަމެއް މަ ނުދެކެން.
މިހިރީ މިއާލާތުންގެ ބަސްމަގު ހުންނަގޮތް.. އަދިވެސް ޖަނަވާރުތަކައް ވޯޓު ދީފަ ހޮވާތި..
އެގޮތަށްހީވެލައްވާނަމަ އެއީ އޮޅުމެއްނޫނީ ގަސްދުގައި ގާސިމް ހައްދަން ބުނުއްވާބަހެއް ގާސިމް
ރަގަޅަށް ވިސްނަވާނެކަމަށް ހީކުރަން މިހެންމިބުނީ މިބޭފުޅުންނަކީ ކުރިން ޔާމީނުގެ ފަހަތްޕުޅުގައިއެބޭފުޅާއަށް ސަނާކިޔުއްވަން ތިއްބެވިބޭފުޅުން މިފަދަބަދަލެއްގެންނެވިކަމަށް ވިސްނެނީ އަމިއްލައެދުމެއްނުފުދުނީމަ ގާސިމްޕާރޓީއާ ގުޅިލެއްވީ ގާސިމްއަކީ ރާއްޖޭގެނިސްބަތުން ތަނަވަސްބޭފުޅަކަށްވީމަކަމަށްވިސްނެނީ އެދުމެއްނެތިވެދުމެއްނުކުރާނެ މިތާގަރަސްކަމެއްނެތް ކިންގުން ތިބެލައްވާނީ ރަސްކަންއޮނަތަނެއްގައި ވީމާ، ގާސިމަށް ކިންގްއަކަށް ވެވަޑައިގެންނެވޭނީޖުމްހޫރީވެރިކަން ރަސްކަމަކަށް ބަދަލުވެގެން މިބަދަލު ގެންނަވަނީ އަލީއާރިފެއްނޫން މި ބަދަލުގެންނަވާނީ ދިވެހިރައްޔިތުން
ލަޔަންކިންގް