ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި އުޅުއްވިއިރު، މިދިޔަ ހަތަރު މަހެއްގެ ތެރޭގައި އުޅުއްވީ ކަނޑެއްގައި ކަމަށާއި، ނަމަވެސް މިހާރު އެއްގަމަށް އަރާވަޑައިގަނެވިއްޖެ ކަމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިގޮތަށް ވިދާޅުވީ އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މިރޭ ގުޅިވަޑައިގެންނެވި ސިޔާސީ އިސް ބައެއް ބޭފުޅުން، އެ ޕާޓީއަށް ސޮއިކުރެއްވުމަށް މިހާރު ކުނޫޒްގައި ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ރައީސް ޔާމީނުގެ ފަހަތް ޕުޅުގައި ރައްޔިތުންގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެންވެސް ރެއާއި ދުވާލު ނުނިދާ، ވަރަށް ގިނަ މައްސަކަތްތަކެއް ކުރިން. އޭގެ ތަފްސީލަކަށް އަޅުގަނޑު ދާކަށް ނެތިން.. އޭރު އަޅުގަނޑު އޮތީ ކަނޑެއްގަ. މިހާރު މިއެރީ އެއްގަމަށް،" ފަލާހް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ އުޅުއްވި ދުވަސްތަކުގައި ބެހެއްޓެވި ގާތްކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ޖޭޕީ މިއަދު އޮތީ ސަރުކާރުގެ ތެރޭގައި ކަމަށާއި އެހެންކަމުން އެ ޕާޓީއާ މިރޭ ގުޅިވަޑައިގަތް ހުރިހާ މެންބަރުންވެސް ސަރުކާރަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއްބާރުލުން ދޭން ތައްޔާރަށް މިތިބީ،" ފަލާހު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގައި އިސްކޮށް އުޅުއްވި ގިނަ އަދަދެއްގެ ބޭފުޅުން މިރޭ ޖޭޕީ އާއި ގުޅިވަޑައިގެންނެވިއިރު، އޭގެތެރޭގައި ފަލާހުގެ އިތުރުން ޕީއެންސީގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދެވި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު، އަހުމަދު ނިހާން ހަސަން މަނިކާއި، ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު މެމްބަރު އަހުމަދު އައްސަދުގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ރަތްގަލަން

  ތިހުރީ ސިޔާސީ ކުނިގޮނޑުގަ. ތިއީ މިހާރު ސިޔާސީ ކުނިބުނި. ޔޫސްލެސް ޕޮލިޓޮކަލް ޝިޓްސް.???

  24
 2. ކަހަނބު ވިތްޓޯ ޓޯ

  ގާސިމް ހެދޭ ބޭފުޅެއްވީމަ ކިންގޭ ކިޔައިގެން ކަލެޭމެން އެސޮރު ހައްދަނީ . އެހެންތިކަންތައްތި ކުރަނިީ ހާދަ އިންސަަާނިއްޔަތުކަންވެސް ކަލޯމެންގެ ނެތެޭ އިޝްގީ މުސްކުޅިއަކަށް އެހެން ހަދާކަށްނުވަނެ

  24
 3. ދަތްދޫނި

  ހަހަހަހަ ކަނޑު ފުރޭތައެއްތަ އެއްގަމަށްއަރަން.

  22
 4. އަސްލު

  ލަދެއްނުގަނޭތަ އެއްގަމަށް އެރިއިރު ތިހުރީ އޮރިޔާމުން، ބޯހަލާކު.

  45
  3
 5. ޢަދުރޭ

  ފަހު ޒަމާނުގައި އަރާނެ ކަމަށް ބުނާ ބިމުދާއްބަ ތައް މި ތިބީ އަރާ . ބިން ފަޅާފަ އެރިތަން ނުފެނުނަކަސް މީ ކުއްލިއަކަށް ކޮންތާކުން ނުކުމެގަތް ބައެެއް ކަމެއް ކާކަށް އެނގެނީ ؟

  35
  2
 6. ޏިޒާމު

  މީ އެއްކަލަ ވަޑި ކަލޭގެދޯ

  34
 7. ޕޮގުބާ

  އެއްގަމަށްއެރިއިރު އުގަނޑުގެ ރޮދިފަށް އެބައޮތްތަ؟

  17
 8. މަހޭ

  ތިމާގެ ގޮތެއްފޮތެއް ނެތިއްޔާ އަގައަރުވާނެ،، ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތްކަން މިހާރު އެގިއްޖެ. ކޮބާ އެމްއެމްޕީއާރުސީ ގެ ލާރިގަޑު

  19
 9. ޑޮން

  އެއްގަމުގަ ކިހާދުވަހެއްވާނެބާ ދެއިރު ދެދަޅަހަށް ބަދަލްކުރާހެދުމެއްހެން ޕާޓީބަދަލްކުރާ މީހުންގެ ކޮންއިތުބާރެއްއޮންނާނީ ގާސިމަކީ ތިހެން ފުއްޕިވަރަކަށް ފުފޭމީހެއް އޭނައެކޭ ކަށިފުއްޕައެކޭ އެއްގޮތް.ގިނައިން ކެއްވޭނީވެސް ތިހެން ވައިޖަހައިގެންތާދޯ

  14
 10. އަޙް

  ހުސް ދޮގު، މިއީ ރަނގަ ކަމެއް ނޫން ހުރިހާ ޔާމީންގެ ބޯއީސް ޖޭ.ޕީއާ ގުޅުމަކީ. މި އޮތީ ނިއު ޕްލޭން އެއް ހަދާފަ. ހާދަ ހިންދީ ޑްރާމާއޭ. ހެހެހެ

  12
 11. އިސްލާހު

  މުއްސަނދި ވާގޮތް ތިމާމީހާއަށް ވެސް ނޭންގޭ ބޮޑެތި މަހުޖަނުން.................

  13
 12. Anonymous

  ތި މޫނާފިގުން

 13. ބަކުރުބެ

  އެބަ ރަނގަޅުވޭ، އަދުރޭ އާއި ރައީސް ޔާމީނުއާ ދެމީހުން ވެސް ޖޭޕީއައް ވާނެ ވަންނަން،

 14. އަލްޖިބްރާ

  ޔާމީނު އިގިލިކުރީގަ ބައިންދައިގެން އުޅުނު ހުރިހާ މީހުން މިހާރު ޔާމީނުގެ ފޫކޮޅުގައި ކޮޅުފައިން ޖެހީމަ ، ކަލޭމެން ގެ ފެންވަރު ވަރަށް ރީތިކޮށް މިދަނީ ފެނިގެން ! ބުރުމާ އަކީ އަބަދުވެސް ފެނުކައްކާ ބޮއްޔެއް ! ކަލޭމެން ތިއުޅެނީ އަނެއްކާވެސް އެބޮލި ފެނުކައްކަން ! ކިތަންމެ ވަރަކަށް ފެނުކެއްކިއަސް ކުރާނެ ފައިދާއެއް ނޯންނާނެ !

 15. ޒަމީލާ

  އަހުރެން ހަމަ ލަދުންވެސް ހަލާކުވެއްޖެ! އިޙްސާންތެރިކަމުގެ އިނާމަކަށް ކަށިނޮޅާކެއުން. ކަލޭ ބަލަންހުރެބަލަ! އިރާދަކުރެއްވިއްޔާ 2023 ގައި ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެމަޤާމަށް ހޮވާފަ ދައްކާނަށް!

  3
  1
 16. ޖާސިމް

  މިހާރު ތިއެރުނީ ކުނި ބަނޑަކަށް

 17. ޙަސަން

  ދެންއޮވޭ ހިކިފަސްތާ ބަކަތަޅަން