ޖޭޕީއަށް 80000 މެންބަރުން ހަމަ ކުރައްވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީ(ޖޭޕީ) އާއި ގުޅިވަޑައިގެންނެވި ފަރާތްތައް އެ ޕާޓީއަށް ސޮއިކުކުރެއްވުމަށް މިހާރު ކުނޫޒްގައި ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ފަލާހު ވިދާޅުވީ ޖުމުހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެއްވުމަށް ނިންމީ ސިޔާސީ ގޮތުން އެންމެ ރަގަޅު ނިންމުމެއް ނިންމެވޭނީ ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ހުންނަވައިގެން ކަމަށާއި ސިޔާސީ ގޮތުން ކުރިއަށް ދެވެން އޮތީ އެގޮތަށް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

"އަޅުގަނޑަށް ޖުމުހޫރީ ޕާޓީގެ ލީޑަރާއި ބައްދަލުވީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އިންތިހާބުގައި ޖުމުހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެއްވުމަށް ނިންމީ ސިޔާސީ ގޮތުން އެންމެ ރަނގަޅު ނިންމުމެއް ނިންމެވޭނީ ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ހުންނަވައިގެން ކަމަށް ވާތީ" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އަމާޒަކީ ޖޭޕީއަށް 80،000 މެންބަރުން ހަމަ ކުރުން ކަމަށާއި ރާއްޖޭގެ ހުރީހާ ރައްޔިތުންވެސް ޖޭޕީއާއި ގުޅިވަޑައިގަތުމަށް އެދޭ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގައި އިސްކޮށް އުޅުއްވި ގިނަ އަދަދެއްގެ ބޭފުޅުން މިރޭ ޖޭޕީ އާއި ގުޅިވަޑައިގެންނެވިއިރު، އޭގެތެރޭގައި ފަލާހުގެ އިތުރުން ޕީއެންސީގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދެވި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު، އަހުމަދު ނިހާން ހަސަން މަނިކާއި، ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު މެމްބަރު އަހުމަދު އައްސަދުގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވަގު

    މިހާރު ވަޑި ކަލޭނިދައިފިންތަ އަޑުއެހީމު ޔާމީން ވެރިކަމައް ގެނެއްސަޔޭ ނިދާނި

  2. ދަންތޫރަ

    ޖެޕީއަށް 2 ލައްކަ މެމްބަރުން ތަމެން ހަމަ ކުރިއަސް މި ރައްޔިތުން ޑަރެކޭވެސް ހިތަކަށް ނާރާނެ ﷲގެ ރަހުމަތުން. އަދި 20 އަހަރު ވަންދެން މޑޕ މި ޤައުމުގައި ވެރިކަންވެސް ﷲގެ ވާގިފުލާއި އެކު ކުރާނެ ތަމެން ތިހެން އެއްޕާރޓީ އިން އަނެއް ޕާރޓީ އަށް ބަދަލުވެ ބަދަލުވެ ތިއްބަވާ!

    8
    4
    • ހަމްދު

      ދަންތޫރަމެން ވާނެ އެމްޑީޕީގެ ފުރަތަމަ ސަފުގައި އެތިބި އިސްލާމް ދީނާ ދެކޮޅު ފިކުރު ތަކުގެ މިހުންނާ ދެކޮޅަށް އިސްލާމް ދީނާއި އެއްގޮތައް ޕާޓީގެ ސިޔާސަތު ބައްޓަންކޮށް ޕާޓީތެރޭ މަސައްކަތް ކުރަން. އަންހެން ޤާޟީ އައްޔަންު ކުރުމާއި ހޯރަ އިއްބެ ދޫ ކޮށްލުމާއި މިކަހަލަކަންކަން ވާނެ ހުއްޓުވޭތޯ ބަލަން.

      1
      1
  3. ޤާސިމް

    ލިބޭތާ ލިބިގަންނާށެވެ. ނުލިބޭތާ ޖަހައިގަންނާށެވެ. އިހުލާސްތެރިކުގެ ކަންފުޅެއްވެސް އެބަ ހުރިބާ!

  4. ކާފަދ

    ވެރިކަމާ އާރާބާރާ ޕްރޮޖެކްޓްތަކާ އޮތްއިރު 50 ހާސް ހަމަނުވި ބަޔަކަށް އާރެއް ބާރެއް ނެތިފައި އަދި ތިމާގެ އަގެއް ނެތް ވަގުތު ކޮން 80 ހާހެއް ހަމަވާނީ

  5. ދަންސޫރަ

    ﷲރަހުމަތް ލައްވަނީ ވަކިބަޔަކަށްތ؟ ޖޭޕީއަށް ދެލައްކަ މެންބަރުން ހަމަވެއްޖެއްޔާމް އެމްޑީޕީއަށް ވޯޓްލަނީ ކާކު؟ ޖޭޕީއަށް ދެލައްކަ މެންބަރުން ހަމަވިޔަސް ވެރިކަން ކުރާނީ އެމްޑީޕީ އޭ ބުނީމަދޯ؟ އޭރަށް ވޯޓް ލައިގެންނެއް އެމްޑީޕީއަކަށް ވެރިކަމެއް ނުލިބެނެ އަދި ވޯޓް ނުލާވެސް ވެރިކަމެއް ނުލިބޭނެ ކޮސްވިޔަސް ގަމާރު ނުވެ

    1
    1
  6. ޒާ

    ފަލާހަކީވެސް ހަމަ އަދީބު ފަދައިން ޔާމީނުގެ އަނބިކަނބަލުން ހައްދައިގެން އެގޮތުގައި މެޑެލްޖަހާ މޮޅުވެގެން އުޅުނު މީހެއް. އެފަދަ ކެހިވެރިން ކައިރިކުރި މީހަކީވެސް ފާތުން. ފާތުންގެ ސަބަބުން ވަރަށް ގިނަ ގެއްލުންތައް ލިބުނު.

  7. ބޮލި މުލައް

    އިނގުރައިދޫ ދާއިރާގައި ފަލާހުއަށް ތާއީދުކުރާ ކިތައް މީހުން؟ ދާއިރާގެ ގޮނޑިވެސް ނުނެގުނު މީހަކު ދެން ކޮންތާކުން 80000 ހޯދަނީ؟

    3
    1
  8. ވަގު

    ކޮބާ ނުނިދާއަނެއްކާ އެހެންމީހަކައްވެރިކަންހޯދަދޭންތޯ

  9. ޕޮގުބާ

    900 ވޯޓް އިގުރައިދޫ ދާއިރާއިން ފަލާހުއަށް ލިބުނު މަދުތަ؟ ސަރުކާރާ ދެކޮޅަށް ނިކުތީމަ ތަފާތު ކުރެވުނީ 80 ވޯޓް އެއީ ސީދާ ޕީޕީއެމް އަށް ފާޅުކަންބޮޑުގޮތެއްގަ ތާއީދު ކުރިބަޔަކު ފަލާހުއާ ދެކޮޅަށް ނިކުތީމަ އެވަރުއެވީ އެގޮތަށް އެވީ ފަލާހުއާ ޖެހުނު ޒާތީކަމެއްގަ