ސަރުކާރު ހިންގާ ކޯލިޝަނުން ބޭރުކޮށްލަންދެން، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސަރުކާރާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމަށް، ޕާޓީގެ ލީޑަރ، ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިގޮތަށް ވިދާޅުވީ، އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމްގައި މަސައްކަތް ކުރެއްވި ގިނަ ސިޔާސީ ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގެން އެ ޕާޓީ އަށް ސޮއި ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ، އެއްވެސް ހާލެއްގައި ބަޔަކާއި ޖެހިގަންނަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ޤައުމުގެ މަސްލަހަތާއި އަމާނަކަން އޮވެގެން ކުރިޔަށް ދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްގޮތަކަށްވެސް ބަޔަކާ ޖެހިގަނެގެން މަސައްކަތް ކުރާކަށް. އަޅުގަނޑުމެން ބޭނުންވަނީ ޤައުމުގެ އަމާންކަމާއި މަސްލަހަތާއި އެއްގޮތަށް ކުރިޔަށްދާން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މި ދައުރުގެ ފަސް އަހަރުގެ ވެރިކަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ކޮށް ނިންމަވަންދެން ކެތްތެރިވާން ޖެހޭ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުން ހޮއްވަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ޤައުމުގެ ކަންކަން ރަނގަޅު ކުރެވޭނީ ސަރުކާރުން ކުރާ ނުކިއްސަރު ކަންކަމަށް ފާރަލައިގެން ފާޑުކިޔައިގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި އުޅެނީ ސަރުކާރަށް ފާޑުކިޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދިމާލަށް ބަވާކަށެއް ނޫން އެއްގޮތަކަށްވެސް. އަޅުގަނޑު އެދެން އަޅުގަނޑުގެ ޕާޓީ އެކަން އެގޮތަށް ނުކުރެއްވުމަށް،" ގާސިމް ވިދާޅުވިއެވެ.

ވަކިވެގަތުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން މިއަދު ކުރަންޖެހޭ ކަމަކީ ޕާޓީ ވަރުގަދަކޮށް، ސިސްޓަމެޓިކް އުސޫލުތަކެއްގެ ދަށުން ޕާޓީ ހަރުދަނާ ކުރުން ކަމަށާއި، ވޭތުވެދިޔަ ތަނުގައި ވެގެން ދިޔަ ގޮތަށް ކަންކަން ވިޔަ ނުދިނުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިރޭ ޖޭޕީއަށް ގުޅުވަޑައިގަތުމަށް ނިންމެވި ހުރިހާ ސިޔާސީ އިސް ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅުންނެވެ. މި ބޭފުޅުން ކުއްލިއަކަށް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވަން ނިންމެވީ ކީއްވެގެން ކަމެއް ނޭގެއެވެ. ނަމަވެސް މި ބޭފުޅުން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުން ނުފެންނަތާ ދުވަސްތަކެއް ވެދާނެއެވެ.

މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅުވަޑައިގެންނެވި ކުރީގެ މެންބަރުންގެ ތެރޭގައި، ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ހިމެނިވަޑައިގަންނަވާއިރު، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މާމިގިލީ މީހާ

  މާ ލަހެއްނުވެ ކަލޭ ސަރުކާރުން ބޭރުކޮއްލާނެ. ތިޔަ އުޅެނީ ބަގާވާތް ކުރާން. ބާގީ ބުރުމާ.

 2. ހަނދާންވަނީ

  މުޑޫދާރުކަމުގެ ހައްދުފަހަނައަޅާފަ!

 3. ބަފާބޭ

  ބޭރުކޮއްލާނަން..

 4. Anonymous

  މިގައުމުގެ ތިބި ދީނީ ޢިލްމުވެރިންގެ ބަސް އަޑުނޭހި ރައީސަކާ ގާތްގުޅުން ބޭއްވުމަކީ ދީނީ ނަޒަރިއްޔާތަކުން ބަލާއިރު އެހާރަނގަޅުކަމެއްނޫން.

  5
  1
 5. Anonymous

  މިހާރު ސައްލާކުރަމުން އެބަދޭ ބޭރުކުރަންވެގެން

 6. ދަތްދޫނި

  ކީކޭ ހީކުރާނަމޭދޮތަ ތިޔަ އުލުއްވަނީ. ބޭނުންހާކަމެއް މި ސަރުކާރަށް ޕްރެޝަރު ކޮއްގެނެއް ނުވާނެ. މިއީ ރައްޔިތުންގެ ސަރުކާރެއް. ރައްޔިތުން ތިބީ ތަމެން ގަންނަ ގަނޑު ވަރަށް ގާތުން ބަލަމުން.

  7
  1
 7. ޢަދުރޭ

  2023 ގެ ކެމްޕެއިން ފައްޓަންވެގެން ރައްރަށުން މާލެ އަރާ ތިބި ޑިމޮކްރެސީގެ މުނާފިޤު ބިމުދާއްބަ ތައް އެއްކޮށް އަތަށް ކަހާލައިފި . މީނަޔަށް ކަށަވަރުވޭ އެ ބިމުދާއްބަ ފޯސް އޮތިއްުޔާ ވެރިކަން ހޯދޭނެކަން . އަމާހަނދާން ކޮށްދޭނަން މިފަހަރު. ސަބަބަކީ މިކަހަލަ މީހުން ރަނގަޅުވާނީ މަންމަ މަތިން ހަނދާން ވީމަ

  21
  1
 8. އިހުސާސް

  އަޖައިބުވެ އަންތަރީހެއް ނުވާނެތަ މީހަކު،
  މުއުމިނާ ގަޔަށް އެއް ހަރުން ހަތް ފަހަރު ކަށި ޖަހައިފިއެވެ.

  21
  • ކުޑަބަޖަރާ

   ދަންނަވަންތޯ؟ މުއުމިނެއްގެ ގައިގާ އެއްހަރުން ދެފަހަރަކު ކަށްޓެއްނުޖަހާނެ. އެކަމަކު މުނާފިގެއްގެ ގައިގާ އެއްހަރުން ހަތެއް ނޫން ދިހަބާރަ ފަހަރުވެސް ކަށިޖަހާނެ. ގާސިމަކީ އެކަހަލމީހަކަށްވެދާނެ.

 9. މަސްވެރިޔާ

  ޤާސިމްބޭ ފެތޭނީ އަދި ވިކޭނީ ވަރިވެ 3 ފަށް ވާނީ ހަމަ ހަރާމްކޯރުވާ މީހުން.
  ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފައިސާނެތް ހަޅޭލަވާ ބަޔަކު ޕާޓީއަކަށް ސޮއިކުރުމުން ވަކިފައިދާއެއްނުވާނެ... އަދި ތިފަދަ ބަޔަކު ބޭނުންވާނީ ފައިސާ ... ޕީޕީއެމްގެ ލީޑަރ ޝިޕުން ޒުވާނުން އުފައްދާނެ، އަދި ރައްޔިތުންގެ ލޯބި ލުބެމުން އަންނަ އެންމެ ޕޮޕިއުލަރ ލީޑަރަކީ ރ.ޔާމިން، ސިޔާސީ ބޭނުމަށް ރ.ޔާމިން ތެޅުވިޔަސް ޕާޓީ ދާނީ ރ.ޔާމިންގެ މާލިމީކަމުގައި ކުރިއަށް.... ޕިންކްގެ މެންބަރުންނޭވެ، އިތުރު ހިތްވަރަކާއެކު ދުވެލާށެވެ. ބާކީއޮތީ 49 މަސް. ރިޔާސީ އިންތިޚާބާ ދެމެދު.

  7
  1
 10. އަޙްމަދު

  ގާސިމް ވެރިކަމަށް ބޫތު ކައިފި. ވެރިކަން ވައްޓާލަން ތައްޔާރުވާކަމުގެ ނިސާންތައް މިފެންނަނީ

 11. ކުނބޯލި

  އަމައްޔާތް!

 12. ކުއްބެ

  މިބޭފުޅުން ޖުމުހޫރީ ޕާޓީ އާއި ގުލުނު ސަބަބެއް ނޭގޭ ކަމަށް މި ލިއުމުގައި ލިޔެފައި އޮތް ނަމަވެސް މިވެރިން ޖޭޕީ އާއި ގުޅުނު ސަބަބު މުޅި ދިވެހި މުޖުތަމައު އަށް ވަރަށް ރަންގަޅަށް އެނގެއެވެ. ކޯޓުގައި އަދީބް އާއި ޔާމީން މުޤާބިލާ ކުރުމާއި ވިދިގެން އަވަސް އަރުވާލައިގެން މިބޭފުޅުން ޖޭޕީ އާއި ގުޅެން މަޖުބޫރުވީ އަދީބު ލިސްޓްގައި ނަން އޮތުމުން ކޮންމެހެންވެސް ސިޔާސީ ނިވާފަތްގަނޑެއް ހޯދަން މަޖުބޫރުވެގެން.. އެމްއެމްޕީއާރސީ ކޮރަޕްޝަން އާއި ގުޅޭ ތަހްޤީގަށް ކިތާބީ ހެކީގެ ގޮތުގައި ވަނީ މިބޭފުޅުން ހިންގި ކޮރަޕްޝަންގެ ހުރިހާ މަުލޫމާތް ލިބިފައި. އިތުރު ދައުވާ ކުރިކަމުގައި ވިއަސް ހެޔޮކަމަށް ބުނެ އަދީބް ވަނީ ހުރިހާ މައުލޫމާތް ހާމަކޮށް ހަޤީޤަތް ހާމަ ކުރަން ނިއްމާފައި. ވީމާ ޕީޕީއެމް ގައި ތިބެއްޖެ ނަމަ ޤާސިމް ވިދާޅުވި ފަދައިން އޮޑި ފެތިގެން ދާއިރު ޔާމީން އާއި އެކު މިބޭފުޅުނެވެސް ކަނޑުވެ އަރަގު ވާނެ. އެއްވެސް ނިވަލެއް ނުލިބޭނެ. ވީމާ މިހާރު ސަރުކާރު ކޯލިޝަން ގެ ތެރެއަށް ވައިކުޑަިގައި ފައބައި ސަރުކާރަށް އެއބާރުލުން ޑެނެ ވަހަކަ ދައްކަން މިފެށީ ހިމާޔަތް ހޯދަން. މިބޭފުޅުނާއި ޤާނޫންގެ ދިގު އަތް އަރާ ހަމަކުރުމުން ދެން ގޮވާނީ ރައީސް ސޯލިހުގެ ސަރުކާރުން އަނިޔާވެރި ވަނީ ކަމަށް. އަދި ޤާސިމް ވެރިކަމަށް ގެންނަން މިބޭފުޅުން މަސައްކަތް ކުރާތީ އެކަން ހުއްޓުވުމަށް މިބޭފުޅުންގެ މައްޗަށް ސިޔާސީ ޝަރީއަތް ހިންގަނީ ކަމަށް. މިކަން ސާފް ވާނެ ފަލާހު އާއި އަލީ އާރިފާއި ނިހާން ޤާސިމާއި ދިމާލަށް އެއިރު ގޮވި ހުތުރު އެއްޗިއްސާއި މިއަދު އެދައްކާ ވާހަކަ އަށް ނަޒަރު ހިންގާލީމަ!!!

 13. ބޮކި

  މެޓާ ޕާޓީ މެޓާ ބަހަންފެށީދޯ ؟