އިދިކޮޅު ޕާޕީއެމް އަކީ ފެތެމުންދާ އޮޑިއެއްގެ ގޮތުގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ސިފަ ކުރައްވައިފިއެވެ.

ގާސިމް މިގޮތަށް ވިދާޅުވީ، އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ސިޔާސީ ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގެން އެ ޕާޓީ އަށް ސޮއި ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ މިއަދު ޖޭޕީ އަށް ސޮއިކުރެއްވި ބޭފުޅުން ސޮއިކުރެއްވި ސަބަބު ރައްޔިތުންނަަށް ވަރަށް ރަގަޅަށް އެގޭނެ ކަމަށާއި، އޮޑިއެއް ފެތެމުންދަންޔާ އޭގައި އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން މައްސަކަތް ކުރެއްވި މީހެއް ކަމަށާއި އެއްވެސް މީހަކާއި ދޭތެރޭ ހަސަދަ ވެރިކަމެއް ހިތުގައި ނެތް ކަމަށެވެ.

"އަޅގަނޑާއި ބެހޭ ގޮތުން ސިޔާސީ ގޮތުން ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެކޭ ވިދާޅުވިއަސް އަޅުގަނޑު އެބޭފުޅަކަށް ހިތުގެ އެންމެ ފުންމިނުން މާފު ކޮށްފިން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖޭޕީ އާއި ސަރުކާރާއި ޖައްސަން މީހަކު މަސައްކަތް ކުރި ނަމަވެސް އެކަމާ ޖެހިލުން ނުވާ ކަމަށެވެ.

"މަޖިލިސް ޗުއްޓީ ލިބުމުން ހުރިހާ ރަށަކަށް ދަތުރުކޮށް ކޮންމެ ރަށެއްގައި ޖޭޕީގެ ގޮތްޕެއް ހަދާނެ ޖޭޕީގެ މެމްބަރުންގެ އަދަދު މިހާރު އުޅެނީ 9859 ގައި ކަމަށްވާއިރު މަސްތަކުގެ ތެރޭގައި ޖޭޕީއާ ގުޅުނު މެމްބަރުންގެ އަދަދު ގާތްގަނޑަކަށް 16000 ގައި ހުރި" ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ވަޖިދު ވަދެފަ ހުރިވަރުން އަނގައިން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނެ.

    28
    2
  2. އަލީ

    ފެތެމުންދަނީ ކަލޭގެ އަމިއްލަ ނަފުސު. މީހާގެ އަގެއްނެތް. ފައިސާ ހުރީމާ މީހުން ގަނެވިދާނެ. ތެދުވެރިކަމެއްނެތް މީހެއް.

    36
    2
  3. ތިބޭފުޅަާގެ ހަގު ލޯބިވެރިޔަަާ

    އޭތް ގާއްޓޭ އެމީހުން ތީނަ ހައްދަނީ ވަރަށް ދެރަވޭ މަ ދަރުމައަށް ރޮއި ދީފާނަން 60 ހާސް ޔޫއެސް ޑީ ދީފިއްޔާ

    23
    1
  4. ޢަދުރޭ

    މީ މި ޤައުމާ ރައްޔިތުންނަށް ޖެހިފަ އޮތް ބަލާވެރިކަމެއް . މީނަ ޔާ އޭޑީކޭ ނާޝިދާ ދެ މީހުން އެމްޑީޕީ ހަދަންވެސް ފަންޑުކުރީ އެންމެ ފުރަތަމަ . ބޭރުގަ ތިބި ބަޔަކު ލައްވާ މައުމޫނު ރައީސްކަމުގައި ހުންނެވި އިރު ދިވެހި އޮބްޒާވަރ ކިޔާ ނޫހެއް ނެރެގެން ކެނެރީގޭ ނަޝީދު ކުރިއަށް ނެރެގެން މި ކަންތައްގަނޑު ފެށީ މީނަ .ކްރެޑިޓް ލިބުނީ ނަޝީދަށް .ފަހުން ނަޝީދަށް އެނގިއްޖެ މީ ހުއްޓާލާވަރު ކަމެއް ނޫންކަން . ފަހުން މީނަވެސް ބިތަށް ޖަހާފަ ނަޝީދު އެކަނި ނުކުތީ ވެރިކަން ހޯދަން. އޭނަ ކާމިޔާބު ކުރި . މިކަލޭގެ އަށް އޮތީ ރާއްޖޭގެ ބަލާވެރިކަން އެކަނި. ލާހިކު ކުޅަދާނައެއް ނޫން ވެރިކަމަށް އަންނާކަށް . ތެންކްޔޫ ފޯ ދަ ލައުރާ.. ހަނދާން ނައްތާލާ ދެން އަމުދުން ވެސް ކަލޭ ނުހޮވޭ ގޮތް ތިވީ

    29
    2
  5. ޗޗ

    ހާލަތު ބަދަލްވުމަކީވެސް ވަރަށް ގާތުގައޮތްކަމެއް ތި ފަސްމީހުންނަކީ ގާސިމަކަށް ވެރިކަން ހޯދަދެވޭވަރުގެ ގާބިލްކަމެއް ލިބިފަތިބިބައެއްނޫން ތިޔަމީހުންނަކީ ވަފާތެރިބައެއްވެސްނޫން މިޔަދު ޔާމީން އަތުގަ އެމީހުންނަށްބޭނުންވަރަކަށް ކާންދޭނެ އެއްޗެއްނެއް އެހެންވީމަ ބޮޑައްހެއްދިވަރަކަށް ކާންގިނައިންދޭކަހަލަ މީހުންކައިރިޔަށް ތިކަހަލަ ދެފުއްކެހެރިން ދާނެ ފެންއޮތްތާކަށް މަސްދުވާނެޔޭބުނާފަދައިން.

    31
  6. Anonymous

    ވެރިކަމާހެދި މޮތަވެފަ، ފުކެއްބޮޑުވަރު،، ޕާޓީއަށް މީހުންދަނީ ލާރިއަށް ހިތުން ރައީސް ހެދިފަހުރޭ 2023 ހަދާން ނައްތާލާ، ވެރިކަމައް އަންނަން ކަލޭ ތީ ކާކު މުޅި ގަވްމް ހަލާކުކޮށްފި، އަދިވެސް ލިބުނު ފަޅުތަކާ ރަށްތައް މަދީ ދޯ މީނަޔާހެދި މީހަކައް ވެރިކަން ކުރެވެން ނޯވެ، ނުކުމެ ސަރުކާރު ވައްޓާވަރުން

    28
  7. އިބޫ

    ވެރިކަމާހެދި މޮތަވެފަ، ފުކެއްބޮޑުވަރު،، ޕާޓީއަށް މީހުންދަނީ ލާރިއަށް ހިތުން ރައީސް ހެދިފަހުރޭ 2023 ހަދާން ނައްތާލާ، ވެރިކަމައް އަންނަން ކަލޭ ތީ ކާކު މުޅި ގަވްމް ހަލާކުކޮށްފި، އަދިވެސް ލިބުނު ފަޅުތަކާ ރަށްތައް މަދީ ދޯ މީނަޔާހެދި މީހަކައް ވެރިކަން ކުރެވެން ނޯވެ، ނުކުމެ ސަރުކާރު ވައްޓާވަރުން

    19
  8. ކުޑަބަޖަރާ

    ޖޭޕީއަށްސޮއި ކުރެއްވިސަބަބު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ. އެއީ ތިޔަމީސްމީހުން މަޖިލީހަށް ކުރިމަތިލާގެން ނުހޮވި ރައްޔިތުން ބަލާނުގަތީމާ.

    28
  9. އަލް ނޫރު

    ޖޭޕީ އަށް ވަކި ކަމެއް ވޭތަ؟؟؟ކްރިސް ޓިޔަން ޔަހޫދީން ބައިވެރި ނުވާ ސަރުކާރެއް މުސްލިމު ޤައުމެއްގަ މިހާރު ނުހިންގޭނެ......

    22
    2
  10. Anonymous

    ޔާﷲ މީނާ އަށް ހެޔޮވިސްނުން ދެއްވާދޭ

    9
    1
  11. އަލްޖިބްރާ

    މިހާރުވެސް ތިތިބީ ބޭރު ކޮށްފަ ! މަޖަލީހުގައި ކަލޭމެންގެ ކިތަށް ގޮޑި އެބަހުރިތަ ؟ މިވަރުންވެސް ލަދެއްނެތިގެން ފާޑުފާޑުގެ އަގަތަުވަނީ ތިޔައީ މިޤައުމުގެ ހަލާކުކަން އެންމެންވެސް ދަނޭ !

  12. ތަކުރު

    ދިވެހި ގައުމުގައި މިއަދު ތިބި ލީޑަރުންނަށްބަލާޢިރު ޔާމީނު ޢަބުދުލްގައްޔޫމް އަކީ ވަރައްހިންގުންތެރި ވިސްނުންތޫނު މިނިވަންކަމަށް ލޯބިކުރައްވާ ބޭފުޅެއް. މިހާރު ހިގަމުންދާ ޟަރީއަތުން އެމަނިކުފާނު ވިދާބަބުޅާލީ ކަލުފޮއިރެއެއްގައި ހަނދު އެރުމުން ދުނިޔެއަށް ވެރިގެގެންދާ އުޖާލާކަން ފަދައިންނެވެ. މާތް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
    ﷲ އެނިކުފާނައް ނަސްރު ދެއްވާށި. އާމީން.

    12
  13. އީސީ

    ބޮލެއްނެތި އެނބުރޭ މިބުރުމާއާ ހުރެ އަހަރުމެން ރައްޔިތުން ލަދުގަނޭ. ފެއިލްވެފަ ތިބި އެއްވެސް އުރަތްޕެއް ނެތް ކުނިތަކެއް ލިބުމުން ދައްކަންފެށީ އަންތަރީސްވާ ކަހަލަ ވާހަކަތަކެއް. އެމީހުން "އަހަރުމެން ސަރުކާރަށް އެއްބާރުލުން ދޭނަމޭ" ބުނީމާ މީނާއަށް ހީވަނީތަ އެއީ ސަޕޯޓަރުން ތަކަކާއެކު ދިޔަ ބައެއްހެން. އެއީ މިދައުރުގެ ރައްޔިތުންގެ މަޖްލިހަށް ކުރިމަތިލާ، ފެއިލްވެފަ ތިބިބައެއް. ދެންކޮން އެއްބާރުލުމެއްތޯ ދެވޭނީ. މުޅިންބޭކާރުބައެއް. ބުރުމާ އުފާކުރޭ ފޭރޭ ބަޔަކު ލެއްގީމާވެސް ހާދަހާވެފައޭ ހުރީ. ޕީޕީއެމެއް ނުފެތޭނެ. ކޮސްނުގޮވާ. މަޑުން ހުރޭ.