މިސަރުކާރުން މާލޭގައި އިތުރު އިމާރާތެއް ނާޅާނެ ކަމަށް ސަރުކާރުން ވައުދުވެފައި ވީނަމަވެސް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަށް މާލޭގައި އޮފީސް އިމާރާތެއްގެ ކޮންސެޕްޓް ޑިޒައިންކޮށް، ބީއޯކިއު ހަދައި އަރކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދަން މިއަދު އިއުލާން ކުރުމާއި އެކު މާލޭގައި އިމާރާތެއް ނާޅަން ވެފައި އޮތް ވައުދު ރައްޔިތުންނަށް އޮޅިއްޖެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ މާލޭގެ ޗާންދަނީމަގުގައި (ނަމްބަރު 23، ޗާންދަނީމަގު، މާފަންނު) އޮފީސް އިމާރާތެއްގެ ކޮންސެޕްޓް ޑިޒައިންކޮށް އަރކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެފަރާތްތަކަށް ހުޅުވާލާކަމަށް އިއުލާނުގައި ވެއެވެ.

މި މަސައްކަތާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ސެޕްޓެމްބަރ 01 ވަނަ ދުވަހު އިކޮނަމިކް މިނިސްޓްރީގައެވެ. ބީލަން ހުޅުވުން އޮންނާނީ 08 ސެޕްޓެންބަރު ގައެވެ.

މާލޭގައި ސަރުކާރުގެ އެއްވެސް އިމާރާތެއް ނުކުރާނެ ކަމަށް ސަރުކާރުން ވައުދުވެފައި އޮތް ނަމަވެސް ކުއްލިއަކަށް މާލޭގައި އޮފީސް އިމާރާތެއް އަޅަން ނިންމީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ސަރުކާރުން މާލޭގައި އެއްވެސް އިމާރާތެއް ނުކުރަން ވެފައިވާ ވައުދު ފުއްދުމަށްޓަކައި މީގެ ކުރިން މާލޭގައި ކުރަން ހަމަޖެހިފައި ހުރި ބައެއް އިމާރާތް މިސަރުކާރުން ވަނީ ހުޅުމާލެ އަށް ބަދަލުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަމީރު

    އަހަރެމެން ދިވެހިންގެ ބޯ ކައިގެން ވެރިކަމަށް އައީ ވައުދު ފުއްދާކަށް ނޫން. އަހަރެމެންގެ ފައިދާ އަށް.

    34
    2
  2. އިމާރާތް

    މާލޭގަ އެކަނި ވިއްޔަ އުޅޭނީ ދިވެހިރައްޔިތުންހުރިހާ ހިދުމަތެއް މާލެއަށް.ހުރިހާ ސަރުކާރަކަށް ވެސް އަބަދުވެސް އޮޅިފަ އޮންނާނީ.

    5
    2
  3. އެމްޑީޕީ

    އަހަރެމެންގެ މޮޓޯއަކީ "ނުކުރަންބުނާކަންތައްކުރުން". ދޮގުހެދުމަކީ އަހަރެމެންގެކަށީގައި ހިފާފައިވާ އަހަރެމެން އެންމެ އުފާވާ ކަންތައް. އަހަރެމެންގެ ފިކުރަކީ ލާދީނީފިކުރު.

    8
    1
  4. ސީނު

    ވައުދަކީ ލޯބިވެރިންގެ ތެރޭގައިވެސް ހަނދާންނެތޭ އެއްޗެއް