މަރުގެ އަދަބު ދިނުމުގައި އިސްލާމީ ގައުމުތަކުން އަމަލު ކުރާ އާއްމު އުސޫލަކީ ކުޑަކުދިން ބާލިޣުވުން ކަމަށް އޮތް ނަމަވެސް ރާއްޖޭގެ އެއުސޫލު ބަދަލުކޮށް 18 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް މަރުގެ އަދަބު ނުދެވޭނެ ގޮތައް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުން ހުށަހެޅި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލްގެ އިބްތިދާޢީ ބަހުސް މިއަދު މަޖިލީހުގައި ވަނީ ފަށާފައެވެ.

މިބިލްގައި ބުނެފައިވާ ގޮތުގައި ކުޑަކުދިން ޖިނާޢީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ވެސް އުމުރުން 15 އަހަރު ވުމުންނެވެ. އަދި މަރުގެ އަދަބެއް ކުއްޖެއްގެ މައްޗަށް އިއްވޭނީ 18 އަހަރު ވެފައި ހުރި ނަމައެވެ.

ބިލްގައި ބުނަނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާއި އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސަރަފު ފުދިވައިވާ ބައެއް ކަމުގައި ނުވާތީ އާއި އެކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ޤާނޫނު އަސާސީގައި ބުނެފައި ވާތީ އެއްވެސް ކުއްޖަކަށް މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ.

އެއްވެސް ޤާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް، ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެކުއްޖެއްގެ މައްޗަށް ކޮށްފައިވާ ޙުކުމް އެކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަ ތިން ބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަން ވާނެ ކަމަށް ވެސް މިބިލްގައި ބުނެފައި ވެއެވެ.

18 އަހަރު ނުވާނަމަ މަރުގެ އަދަބު ނުދެވޭ ގޮތައް ސަރުކާރުން ޤާނޫނެއް ފާސްކުރަން ތައްޔާރުވަމުން ދާއިރު މިސަރުކާރުގެ އެކި ފެންވަރުގެ ވެރިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި މަރުގެ އަދަބު ނުދޭނެ ކަމަށް އެކި ތަންތަނުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބަކުރުބެ

  18 އަހަރު ފުރެންދެން ޖަލުގަ ބާއްވާފަ 18 ވަނަ އަހަރު މަރުގެ އަދަބު ދޭވޭނެ، މަރައް މަރު ????

 2. ޚަފަ

  ފިޔަވަޅަކުން ފިޔަވަޅަކުން، މުށަކުން މުށަކުން، ކައިވަތަކުން ކައިވަތަކުން، އިސްލާމީ ޝަރީއަތް މިބިމުން ފޮހެލަން ކުރަމުންދާ މަސައްކަތުގެ ބައެއްތިވެސް. އެމީހުން އެކަން ކުރަނީ މަޑުމަޑުން ލޯމައްޗަށް ކުދިކުދި ކަންކަންމުގެ ގޮތުގައި ދައްކައިގެންނެވެ. މާތްﷲ މިބިން އިސްލާމް ކަމުގައި ލައްވާންދޭވެ.

 3. ހާލަތު

  ދެން ފެންނާނި 17 އަހަރާ 11 މަސްވެފަ ތިބޭ ކުދިން ނުވަތަ އެއަށްވުރެއް ވެސް ހަގު ކުދިން ލައްވާ މީހުން މަރާތަން ގޭންގުތައް އަޑީގަ ތިބެގެން.. މަރުގެ އަދަބުން ސަލާމަތްވާނެތާ.. ވިސްނުމެއް ނެތި ކޮއްފިކަމަކުން އެންމެ ފަހަރަކު ދޭހުގާ ގިސްލަމުން ހިތި ކަރުނަ އޮހޮރަންޖެހިދެއޭ.....

  • ހަހަ

   ސައިލެންޓް މެޖޯރިޓީ!