ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕްރޮގްރެވިސް ޕާޓީ (ޕީއެންސީ) ގެ ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރުމުން އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވުމުގެ ބަދަލުގައި ގިނަ ބައެއްގެ ފާޑުކިޔުން އެބޭފުޅުންނަށް އަމާޒުވެއްޖެއެވެ.

ރޭ ޖޭޕީއާ ގުޅިވަޑައިގަތީ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހާއި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

ޖޭޕީ އަށް ސޮއި ކުރި ބޭފުޅުންނަށް ނިސްބަތް ކުރައްވާ ޖޭޕީގެ ތަރުޖަމާން އަލީ ޞާލިހް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހުރިހާ ބާވަތެއްގެ ކުނި ބޭނުމެއް ނުކުރެވޭނެ." ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ޖޭޕީ ހިމެނިފައި ވަނިކޮށް ޔާމީންގެ ސަރުކާރުގައި "ހުރިހާ ޖަރީމާއެއް ހިންގި" ކަމަށް އެމްޑީޕީން ގަބޫލުކުރާ ބޭފުޅުންތަކެއް ޖޭޕީ އާއި ގުޅުމުން އެންމެ ބޮޑަށް ޖޭޕީ އަށް ފާޑުކިޔަމުން ދަނީ އެމްޑީޕީގެ މެންބަރުންނެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވެއްޓި ބަލިކަށިވާ ދުވަހު، ޔާމީނު ކައިރީގައި އޭރު ތިއްބެވި އެންމެން ދުރަށް ދާނެ ކަމަށް ކުރިން 15 ވަރަކަށް ފަހަރު ވާހަކަ ދައްކަމުން ވިދާޅުވެފައިވާނެ ކަމަށެވެ.

ޤާާނޫނީ ވަކީލް ހުސައިން ޝަމީމް ވަނީ ގާސިމް އިބްރާހީމް ރިސޯޓު ހިންގަވަނީ ނުހައްގުން ހޯއްދަވާފައިވާ ރަށްތަކުގައި ކަމަށް ނިހާން ވިދާޅުވެފައިވާތީ އެކަމުގެ ހަނދާންތައް ޓްވިޓާގައި އާކުރައްވާފައެވެ.

ފާހަގަ ކުރެވުނު އަނެއް ކަމަކީ ޔާމީން ދޫކޮށް ވަރަށް ސީނިއާ ބޭފުޅުންތަކެއް ޖޭޕީ އަށް ގުޅިވަޑައިގެންނެވި ނަމަވެސް އެކަމާއި ޔާމީންގެ ސަޕޯޓަރުން މީސް މީޑިއާގައި ވަރަށް ބޮޑަށް އުފާފާޅުކުރަމުންދާ ކަމެވެ. ޕީޕީއެމްގެ އާއްމު މެންބަރުން ބުނާ ގޮތުގައި ޕީޕީއެމް މިއަދު އޮތް ހާލަތައް ދާން ޖެހުނު ހަޤީޤީ ސަބަބަކީ ރޭ ޖޭޕީ އާއި ގުޅިވަޑައިގެންނެވި ބޭފުޅުންނެވެ.

ޔާމީންގެ ސަޕޯޓަރުންތަކެއް ރޭ ޖޭޕީ އާއި ގުޅުނީ 2023 ވަނަ އަހަރު ޖޭޕީ އަށް ވެރިކަން ހޯދަައިދޭނެ ކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް ގިނަ މީހުން ތުހުމަތު ކުރާ ގޮތުގައި އެބޭފުޅުން ޖޭޕީ އާއި ގުޅުނީ ކޮރަޕްޝަންގެ ތުހުމަތުތަކުން ސަލާމަތް ވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. މުހަންމާ

  އިސްލާމްދީނާ ދިވެހި ގައުމުގެ މިނިވަންކަމާދެކޮޅައް ސަރުކާރުން އެތައް ކަންތައްތަކެއް ކުރަމުން ދާދުވަސްވަރެއްގައި ސަރުކާރައް އެއްބާރުލުން ދޭން ސަރުކާރާގުޅޭނީ ގައުމުދެކެ ކިހާލޯބިވާ ބައެއް ކަން ދިވެހި ރައްޔިތުން ނައް ވެސް އެންގޭނެ އެވެ.

  98
  2
 2. ސުރައްޔާ

  ބަޔެއްގެތެރޭގައި ވަރުގަދަ ޢަޒުމެއް އޮވެ ބުއްދި ދެފުށަށްނުކެނޑި ތިބޭނަމަ އެބައެއްގެ ބާރު ގަދަވާނެއެވެ. ޢަޒުމުގައި ސާބިތުނުވެ އެފުށްމިފުށަށް ބުއްދިޖެހޭނަމަ އެބަޔަކު ބަލިކަށިވާނެއެވެ. އެމްޑީޕީގެ އިސްސަފްގައި ތިބި މީހުންނާ އެމްޕީ އިންވެސް ޔާމީންގެ ވެރިކަމުގައިވެސް އެޕާޓީ ބަލިކަށިވިއިރުވެސް އެމްޑީޕީގެ ރޫޙުގައި ދެފުށަށްނުކެނޑި ތިއްބެވެ. އެޔާ ޚިލާފަށް ވެރިކަމުގައިވެސް ޕީޕީއެމުން ފެނުނީ އެފުށްމިފުށަށް ޖެހޭ އެމްޕީންނާއި ލީޑަރުންނެވެ. މިއޮތީ ނަތީޖާ ފެނިފައެވެ. ޢަޒުުމު ނުގުޑާ ތިބިމީހުން ކާމިޔަބުކޮށް ޢަޒުމު ބަލިކަށިވީމީހުން މަގުމަތި ވިއެވެ. ޢިބްރަތް ލިބިގަންނާށެވެ.

  70
  3
 3. ނާޒު

  ކަލޭމެންގެ ލަދުހަޔާތް ކޮބާ ތީހަމަ މަކަރުން ޖޭޕީޔާއި ގުޅުނު މީހުން

  62
  4
 4. އަލްއުސްތާޛު އޭނާ އަހުމަދު މީނާ

  ވަގުންގެ ގުރޫޕެއް އައިސް ގާންޓޭ އާއި ޖޭޕީ ހައިޖެކްކޮށް ވައްކަމުގެ ދައުވާތަކުން ރެކެން މަސައްކަތްކުރާތަން މިފެންނަނީ. ދައުލަތް ދަވާލާ ސުންނާފަތިކުރި މީހުންގެ ބައިވެރިން އަދި އެ ވަގުފައިސާއިން ބައި ލިބިފައިވާ މީހުން ޖަލު ހުކުމުން ސަލާމަތްވާން ސަރުކާރުފަޅިއަށް އަރަނިއްޔޭ ކިޔައިގެން އަނެއް ޖަރީމާ ހިންގަން މިދިމާކުރީ. މި މީހުންނަށް 25 އަހަރުގެ ހުކުމް ޖަހަންއެބަޖެހޭ ކުރީީގައި ބޭއިންސާފުން ހުކުމްކުރި ފަނޑިޔާރުންހިމެނޭގޮތަށް. މީމީހުން ދޫކޮށްގެން ތިބުމަކީ އިންސާފު ގާއިމުކުރުމަށް ލިބޭހުރަހެއް އަދި ވަގުންނަށް ލިބޭ ހިތްވަރެއް!!

  34
  3
  • ދޮގެއް؟

   ވަގު ފައިސާއިން 37 މިލިއަނުން ފެށިގެން އެކި އަދަދުތައް ކައިގެން ތިބި މީހުން އެކަނި ޖާހުގަ އުޅޭނެ ކަމެއް ނެތެއްނު. ފައިސާއިން ބައި އެޅުނު އެންމެން ތިބެންވާނީ އެއް ވަށިގަނޑެއްގަ. ރަނގަޅަށް ދަނީ. ހަމަ ބަރާބަރު.

   12
 5. އޮނު

  އަދި އަދުރޭ ވެސް ޖެހޭނެ ޖޭޕީ ނޫނީ އެމްޑީޕީއަށް ދާން. ޔާމީން ކައިރީގައި އަދުރޭ ހުރުމަށް އަހުރެން ޔާމީންއަށް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ނުރުހެން.

  33
  4
 6. ޙާލަތު

  އިއްޔެކަނޑުގަ މިއަދއެއްގަމުގަ މާދަމާކައްވަޅުގަަަަަަ

  44
 7. ޤާދިރު

  ޕީ.އެން.ސީ ގެ ރައީސް ޢަބުދުއްރަޙީމު ވެސް މީ ބޭރުކުރަންޖެހޭ މީހެއް..

  33
  5
 8. މޫސާ

  އަސްލު ރައީސް ޔާމީނު އަރިއަޅުވާލި މީހުން މިދަނީ ފެންނަމުން. މިއީ ޔާމީނަށް އެކަންޏެއް ނޫން މުޅި ޤައުމަށްވެސް ވަފާތެރި ބައެއް ނޫން. އަސްލު ޔާމީނު ގެ އެންމެ ރަނގަޅު ސިފަޔަކީ ބޭރު ބަޔަކަށް މި ލޮބުވެތި ޤައުމު ވިއްކާ ނުލާނެ ކަމުގެ މާތް ސިފަ.

  63
  2
  • އަލީ

   ކަލޯ ނާ ތެދެއް؟ ޔާމީނު ނޮގޮވާތަ ވިއްކާ ވާހަކައެއް. ކޮންތާކުން މިހާރު އަޑުއަހަނީ؟

   7
   4
 9. އައްޑޫރަދުން

  މި ސޭކު ޤާސިމަކީ ހަމަޙަޤީޤަތުގައިވެސް ބޮލެއް ހުރި މީހެއްނޫން. އަބަދުވެސް ކުނިގޮނޑު ހޮވާ ސޭކު

  40
  2
 10. ކަހަނބު 9

  ދެފުށައް ކެޑުނީމަ ކާކު މަރުހަބާ ކިޔާނީ

  40
  1
 11. ވަތަނީ

  ޕޕމގެ ނަންބޯޑު ބޭނުންކޮށްގެން ފައިދާނެގި ބަޔަކު އެޕާޓީ
  ބަލިކަށިވުމުން ރައްކާވުމަކީ އެމީހުންގެ ދައުރާއި ނިޔަތް
  ނިކަންރީތިކޮށް ސާފުވި ކަމެކެވެ އެން އޮތްތާކަށް މަސް ދާ
  އުސޫލުން ޕާޓީ ބަދަލުކުރުމަކީ އަމިއްލަމަސްލަހަތު އިސްކުރު
  މެވެ.

  39
  1
 12. ރުއްއުފުރާފަޅުރަށްވަގު

  ކުރިން ބޭނުން ކުރި ކުނިތައް އުކާލާ ސާފު ކޮށްލަަންވެސް ޖެހޭ އެބަ.

  13
 13. ހުސައިން

  މީގެ މިވާގޮތަކީ ފައިސާ!! ތިޔަ ގުޅުނު ބަޔަކީ ކޮންބައެއްތޯ ބަލާލީމާ އެބައެނގޭ މިވާނުވާ!! އެމީހުން ފާއިތުވެދިޔަ 10 އަހަރު އުޅެމުން އައިގޮތަށް ނޫޅެވުނީ!! މަޖްލިސް ގޮނޑި ގެއްލުނީ!! މަހުންމަހަށް ލިބެމުން އައި މަގާމުގެ މުސާރަ 65000 ރުފިޔާ ގެއްލުނީ!! އެ ވަރުގަދަ މަގާމުގައި ތިބޭއިރު ލިބިފައި އޮތް އާރާއި ބާރު ގެއްލުނީ!! މަގާމުގައި ތިބީތީ ލިބޭ ކަޓުތަކާއި ނާޖާއިރު ފައިދާ ގެއްލުނީ!! އަތްމަތި ދަތިވީ!! ހަފްތާ ބަންދުގައި ބެންކޮކޮށް ލަންކާއަށް އަދި ރިސޯޓްތަކަށް ޢާއިލާ ގޮވައިގެން ދެވޭނެގޮތް ނެތީ!! ޕާޓީކުރުމާއި މަޖާކުރުން ހުއްޓުނީ!! ދެން މިކަމުގައި ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބެން މިހާރު އޮތީ ސޭޓާ ގުޅުނީމަކަމަށް ހީކުރެވުނީ!! އެހެންވެ އެގުޅުނީ!! ހަމަ ގައިމުވެސް ރިސޯޓްތަކަށް ދެވޭނެ!! އަތްމަތި ދަތިވީމާ ކޮންމެވެސް އެއްޗެއް ސޭޓް ދޭނެ!! ކިތަންމެ ވަރަކަށް ތަންތަނަށް އަރާ ނާރު ފުއްޕާފައި ހަޅޭ ލަވާ ވާހަކަ ދެއްކިޔަސް ހަގީގަތުގައި އިޚްލާސްތެރިކަމާއެކު ހިތުގެ އަޑިން ބަސްބުނާ އެއްގޮތެއްގައި ހިފަހައްޓާލެވޭ މީހުން ސިޔާސީ މައިދާނުގައި ވަރަށްމަދު!! ކަންކުރަނީ އޭރަކު އެމީހަކަށް ލިބޭ މަންފާއަކާއި ބާރާއި ނުފޫޒް ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުން!! ގެއްލުނީމަ ނުލިބުނީމަ ފިލާ ރައްކާވަނީ!! މިއީ ނޫންތޯ ފާއިތުވެދިޔަ 15 އަހަރުގައި ފެނިފައިވާ މަންޒަރަކީ!! އިޚްލާސްތެރިން މިނާ ގޮތަކީ ބާރެއް އާރެއް ނުލިބުނަސް ތިމާބުނާ ބަހުގައި ހިފަހައްޓައިގެން އެއްގޮތަކަށް އަބަދު ފެންނަން ހުންނަ މީހާ!! މިފަދަ މީހެއްގެ ގޮތުން އަޅުގަނޑު ފާހަގަކޮށްލަން އުމަރު!! އޭނާ ގަބޫލުކުރާ ފިކުރުގައި ހަމަ އެއްގޮތަކަށް އެބަހުރޭތާ!!

  12
  2
 14. ޕޮގުބާ

  ސަރުކާރު އޮތީ ނޭވާހޮޅިއަށް އެޅިފަ

  14
  4
 15. އެމީހާ

  ޔާމީން ވިދާޅުވިހެން އެއްމެނައްވެސް ދަސްނުވަނީ މީހުނެވެ އެހެނީ މުނާފިގުން ވަކިކުރުމަކީ ވަރަށް އުދަގޫކަމެކެވ. މުނާފިގުންގެ އެންމެ ޢާއްމުސިފައަކީ ވަޢުދެއްކޮއްފިނަމަ ޚިލާފުވުމާއި ޢަހުދެއްކޮށްފިނަމަ އުވާލުމެވެ. ތިމީހުންގެ ކިބައިން އެސިފަ ކތައްމެރަނގަޅަކައްވެސްފެނިއްޖެއެވެ. ކުރިމަގައްލިބުނު ވަރުގަދަފިލާވަޅެކެވެ. އަޚުންނޭވެ މިފިލާވަޅުން ފުރިހަމައައް ޢިބުރަތް ޙާސިލުކުރާށެވެ. ކިތައްމެ ރީތިހެދުމެއްލިޔަސް އަޭގެއަސްލެއްބަދަލެއްނުވާނެއެވެ.

  12
 16. ާަަަަަެެެޮޮިުއަފީ

  މިއަދު ޔާމީނުގެކަރައްފައިން އެރި
  ކަމުގަވިޔަސް އަދިއެބުރިއައްނާނެ އެއީޔަގީ
  ންކަމެއް މިހާރު ގަބޫލުކުރެވޭ ތީފައިސާ
  ފަހަތުން ދުވާބައެއްކަން ހަޔާތްކުނޑަބައެއް
  ތިބައިގަނޑައްދުވަހަކުވެސް ރަގަޅުގޮތެއްނުވާނެ؟
  ތިމައްނައެކަނިޔާމީނާއެކު ހުންނައްޖެހުނަސް
  ތިމައްނަޕީޕީއެމް ދުކޮއްފދުވަހަކުވެސް ނުދާނެ
  ވާހަކައާ ފައިސާއަކައްނުހެއްލޭނެވާ ހަކަޔާ
  ނުގަނެވޭނެވާހަކަ މީއަހަރުމެންތާއީދުކުރިމެންބަ
  ރުންތޯ؟އަހައްނައްހީވަނީ އިސްލާމް ދީނާދެކޮޅުބަޔަ
  ކާގުޅިގެން ކުރެވޭނެކަމެއްއޮއްނާނެހެން ހިއެއްނު
  ނުވޭ؟ ލާދީނީ ބަޔަކާގުޅިގެން ނަކަސްތަޅަންތޯ
  ތިޔައުޅުވާނީ؟

  ތިޔެހެންސަފުން ބާކީވެގެން ޕާޓީބަދަލްކުރުމަކުން
  ތިޔަހެން އުޅޭބީތާންނަކަ ދުވަހަކު ތާއީދެއްނެތޭ؟

  10
 17. އޯހް

  ތީ ހަމަ އެންމެ 8 ވޯޓު. އަހަރުމެން އާންމުން އަނގަމަޑުން ލައިގެން މިތިބެނީ ސިޔާސީ ގުއިރޯނު މީހުންގެ ހުރި ދެފުއްކެހެރި ކަން ބަލަން. ޔާމީން ގެ ސަޕޯޓަރުން މަދެއްނުވާނެ ތިކަހަލަ ދެތިން ކެނަ ދައްކާލާ ކުލަވަރަކުން.

  17
  2
  • ާއަހުމަދު

   އެމްޑީޕީއަށް ސޮއިކުރިނަމަ ވާނީޖަވާހިރަކަށް

 18. علي وحيد

  ތިބައިގަނޑު ޖޭޕީ އަށް ދިއުމުން އަހަރެމެނައް ލިބުނީ އާ ހިތްވަރެއް

  20
  1
 19. އަފީ

  ޕ.ޕ.މ އަކީ ފެތެމުންދާ އޮޑިއްއެއްތޯ ބަލަން ތިޔަ ޕާޓީއަށް ސޮއިކުރި މީހުން ގޮވައިގެން ޕ.ޕމ ގެ ރެލީއަކާ ޖެޕީ ރެލީއެއް ބާއްވަބަލަ! ގަސީމަށް ފެންނަ މަންޒަރު ބަލާލަން! ކާކުތޯ ފެތިފަހުރި އޮޑިގައި ހުރީ. ބަލަގަ ރައީސް ޔާމިނަށް މިގައުމުގެ ރައްޔިތުންގެ ތާއީދު އެބައޮތެ! ގާސިމަކީ ޗޮއިސްއެއް ނޫން!

  19
  2
 20. ސަވޭރާ

  ތިޔައީ ޖުމްހޫރީ ހަލާކުކޮށްލަން ޔާމީނު ފޮނވި ބައިގަޑެއް.

  6
  12