ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރ އާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރު ކުރާ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިންގް އެކްސްޓަރީޒަމް ޕްލޭން ފައިނަލް ކުރުމުގެ ބައްދަލުވުމެއްް މިއަދު ފަށައިފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ފެށި މި ބައްދަލުވުމުން ފެށުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

މި ބައްދަލުވުން ކުރިއަށް ދާނީ މިއަދާއި މާދާމާގެ ނިޔަލަށެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި މިއަދު ފެށި މި ބައްދަލުވުމުމަކީ ރާއްޖޭގައި ނުރައްކާތެރި ހައްދުފަހަނައެޅުން ހުއްޓުވުމަށް އެކުލަވާލާ ނޭޝަނަލް އެކްޝަން ޕްލޭން ފައިނަލް ކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެކި އިދާރާތަކުން ހުށަހަޅާ ކަންތައްތަކުގެ އަލީގައި ނޭޝަނަލް އެކްޝަން ޕްލޭނަށް ޢަމަލުކުރުމަށް މަޝްވަރާކުރެވޭނެއެވެ. އަދި މީގެއިތުރުން މި އެކްޝަން ޕްލޭން ފައިނަލް ވާއިރު އެކްޝަން ޕްލޭންގައި މީގެ ކުރިން ހަދުފަނައަޅައިދިއުމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ހެދުނު ދިރާސާތަކާއި ރިޕޯޓްތަށް ހިމަނައި ހިޔާލު ހޯދާނެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް، މި ފަދަ އެކްޝަން ޕްލޭނެއްގައި މުޖުތަމައަގެ ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމުގެ މުހިއްމުކަމަށާއި، ފިކުރީ ހައްދުފަހަކައަޅާ ދިޔުމާއި ޓެރަރިޒަމްއަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއި، މުޖުތަމައަ، އަދި ވަކި ވަކި ފަރުދުން ޝާމިލްކޮށްގެން މަސައްކަކަތްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

އަދި ނިރުބަވެރިކަމާއި ދެކޮޅަށް ދުނިޔޭގައި ކުރެވެމުންދާ މަސައްކަތް އިތުރަށް ފުޅާވެ، ބޭރު ދުނިޔޭގައި ކުރެވޭ މަސައްކަތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ކުރާނެ ގޮތަކާއި ބެހޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

މިއަދު ފެށި މި ބައްދަލުވުމުގައި ޝަރުއީ އަދި ސަރުކާރުގެ ވުޒާރާތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވެއެވެ.

ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ މިނަމުގައި ހާއްސަ ސެންޓަރެއް ސަރުކާރުން އުފެއްދީ 2016 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޜަންމާ

  ތިކަންކޮށް ނިމޭއިރު އޮންނާނީ އިސްލާމް ދީން ފޮހެވިފަ.

  12
  2
 2. މަކަރުވެރި ޕްލޭން

  އިންޑިއާ، އެމެރިކާ އާއި އިޒްރޭލުން ހައްދުފަހަނައަޅާ ނުދޭތޯ؟ ހައްދުފަހަނައަޅާ ދިއުމަކީ ޤުރްއާން އާއި ސުއްނަތައް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުންތޯ؟

  14
 3. Anonymous

  ތި ޖަލްސާގައި ތިބި އެންމެންނަކީ ހައްދު ފަަހަނަ އަޅާފައިވާ ޓެރަރިސްޓން. މިހާރު މިގައުމުގައި އޮތް ލާދީނީ ސަރުކާރަކީ ހައްދު ފަހަނަ އަޅާފައިވާ ބައެއް.

  10
  1
  • މޯލްޑިވިޔަން

   ހާދަ ރުޅިޔެކޭ ކަލޯ ޔާނު ވެރިކަމަށް ނާރުވަިގރން

   2
   5