އައިޖީއެމްއެޗްގެ ކަސްޓަމަރ ސަރވިސް އެސިސްޓެންޓްގެ މަގާމުގައި ވޮލަންޓިއަރކޮށް މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް އެހޮސްޕިޓަލުން އިއުލާން ކޮށްފިއެވެ.

އައިޖީއެމްއެޗް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލްގައި ވޮލަންޓިއަރކޮށް ކަސްޓަމަރ ސަރވިސް އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވާ ކަމަށާއި މި މަސައްކަތްކުރައްވާ ފަރާތްތަކުން ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 6 ދުވަހު މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ އެލަވަންސްއެއް ދެވޭނެ ކަމަށެވެ.

12 ވޮލެންޓިއަރުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ. ވޮލެންޓިއަރުން މަސައްކަތް ކުރަން ޖެހޭނީ ދެޝިފްޓަކަށެވެ. އެއީ ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް އަދި މެންދުރުފަހު 14:00 ން ރޭގަނޑު 20:00 އަށެވެ.

ވޮލެންޓިއަރަކަށް ވުމުގެ ޝަރުތަކީ ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތުމެވެ. ނަމަވެސް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށްޓަކައި އޭނާގެ މުއާމަލާތްކުރުމުގެ ހުނަރާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭފަދަ މީހަކަށްވުމާއި މީހުންނާއި ގުޅޭ "ޕޮޒިޓީވް އެޓިޓިއުޑް"ގެ މީހަކަށްވޭތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތަކީ ޚިދުމަތް ހޯދަން ހޮސްޕިޓަލަށްދާ މީހުންނަށް އެހީތެރިވުމެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 5 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް ކުރިމަތިލާން ޖެހޭނެއެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށް ގުޅުމަށް އައިޖީއެމްއެޗް އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2019

    ދަރުމަވަންތަހޮސްޕިޓަލުގަ އައިޖީއެމްއެޗްގެ ދިދަނަގާ ސަބަބެއް ސާފުކޮށްލަދެވިދާނެތޯ؟

  2. އަހުމަދު

    ނޫނޭވާ ރަނގަޅު މަގާމެއް...ސީއޯގެ ޖީބުންތޯ މުސާރަ ދެއްވަވަނީ ....މިސަރުކާރުގައި ޖީބުން ޚަރަދު ކުރައްވާ އެންމެ ދީލަތު ބޭފުޅެއްކަމަށް މާލޭ ސިޓީ ކައުންސިލްގެ ބަގްލަދޭޝް މުވައްޒަފުން ބުނަނީ ކެރަފާ ނަސީމު ކަމުގައި އޭނާ ކޮންމެ ދުވަހަކު ލޮނުޒިޔާރަތްކޮޅުގައިހާދާ ފެންފޯއް ރުއްޕާކުގައި މަސައްކަތް ކުރާ މީހުންނަށް ސަޔަށޭ ކިޔާފައި 1000 ރުފިޔާ ދޭ... އެކަމު އެކިޔަާ ހުތުރު އެއްޗެހިން އެމީހުން ތިބެނީ ވަރަށް ފޫހިވެފައި ނަން ނުޖެހުމަށް ބުނެ އެތާނގެ މީހަކު ބުނީ އެތާ އުޅޭ ދިވެހި ސަރުދާރުންނަށް ވުރެވެސް އެމީހުންގެ ކުރިމަތީގައި ނަސީމަކީ އިހުތިރާމެއް ނެތް ގޮތެއް ފޮތެއް ނެތް މީހެކެޭ ...... އަޅެފަހެ ކަލޭމެން ގަބޫލު ކުރަމުތަ ކެރެފާ ނަސީމު ޖީބުން ދުވާލަކު 1000 ރުފިޔާ ޚަރަދު ކޮށްފާނެ ކަމަށް....ޓްރޭޑްގައި ވެރިއަކަށް ހުރި އިރު އޭނާ އަކީ އެތާ އުޅޭ ޕިޔޯނުން އަތުންވެސް ފަހުންދޭން ފައިސާ ހޯދާ މީހެއް... އެފަހައެއް އަދި ނާދޭ......ކޮންމެ ދުވަހަކު އެތަނަށް ގޮސް މަސައްކަތު މީހުންނަށް ބަވާ ނަގާތަށް އަހަރެން ވެސް ދެކެން

  3. ށސޮނިފޮހެުގެ މަަންމެ

    ޙުރިހާ ތަންތަނަށް ވޮލަންޓިޔަރުން ލާން ފެންނަނީ ދެން މަޖިލިސް މެމްބަރުންގެއާ ޑެޕިއުޓީ މިނިސްޓަރުންގެ މުސާރަ ބޮޑުކުރާނީ