ދަލާއި ލޭ އޮހޮރުވީ ސާފު އަދި ޒިންމާދާރު ސަރުކާރެއް ގެންނަން ކަމަށާއި މިހާރު ފެންނަ މަންޒަރަކީ ކުރީގެ ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުން "ސަރުކާރުގެ ތެރެއަށް ވަންނަ މަންޒަރު" ކަމަށް އިޝާރާތް ކުރައްވާ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ރޭ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީއަށް ސޮއިކުރެއްވުމުން އެކަމާ ނުރުހުން ފާޅުކުރައްވާ ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަލާއި ލޭ އޮހޮރުވީ ސާފު އަދި ޒިންމާދާރު ސަރުކާރެއް ގެންނަން ކަމަށެވެ.

"ދަލާއި ލޭ އޮހޮރުވީ ސާފު އަދި ޒިންމާދާރު ސަރުކާރެއް ގެންނަން. ދެން ފެނުނީ މިމަންޒަރު" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ކުރެއްވި މި ޓުވީޓަށް ރައްދު ދިން ބައެއް މީހުން ވަނީ ޖުމުހޫރީ ޕާޓީ ސަރުކާރު ކޯކިޝަންގެ ތެރެއިން ބޭރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގް ކުރައްވައި ގޮވާލާފައެވެ.

ރޭ ޖޭޕީ އާއި ގުޅިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅުންނެވެ. މި ބޭފުޅުން ކުއްލިއަކަށް ޖޭޕީ އާއި ގުޅިވަޑައިގަންނަވަން ނިންމެވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް މި ބޭފުޅުން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުން ނުފެންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ރޭ ޖޭޕީ އާއި ގުޅުވަޑައިގެންނެވި ކުރީގެ މެންބަރުންގެ ތެރޭގައި، ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ހިމެނިވަޑައިގަންނަވާއިރު، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

ޔާމީންގެ ސަޕޯޓަރުންތަކެއް ރޭ ޖޭޕީ އާއި ގުޅުނީ 2023 ވަނަ އަހަރު ޖޭޕީ އަށް ވެރިކަން ހޯދަައިދޭނެ ކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް ގިނަ މީހުން ތުހުމަތު ކުރާ ގޮތުގައި އެބޭފުޅުން ޖޭޕީ އާއި ގުޅުނީ ކޮރަޕްޝަންގެ ތުހުމަތުތަކުން ސަލާމަތް ވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގުއިދައިތަ

    "ވީ ޕޯޑް އަވަރ ބްލަޑް" އޭ ބުނާއިރު ދިޔާނާ މިސަރުކާރު ގެންނަން ކުރި ކަމެއް ބުނެބަލަ. ޖާބިރު ކުރި ޚަރަދަކީ ދިޔާނާ ކުރި ޚަރަދަކަށް ނުވާނެ. އެންމެ ކުޑަވެގެން ކެމްޕޭން ތެރޭ ބޭއްވި އެއްވެސް ބައްދަލުވުމެއް / ޖަލްސާއެއް / އެއްވުމެއްގައި ދިޔާނާ ވާހަކަ ވެސް ދައްކާލާފައި ނުވާނެ. ދޮރުން ދޮރަށް ހިނގާފައެއް ނުވާނެ. ޓްވީޓެއް ކޮށްނުލާ ކަމެއް ނޭނގެ. ކުރި ޓްވީޓެއްވެސް ކޮށްފައިވަނީ އަމިއްލަ ފައިދާއަށް. ދިޔާނާއަކީ ސިޔާސީ ގޮތުން އަދި ފަޑުއްކަ. ބޮޑެތި މަޤާމު އަދާކޮށްފައި ހުއްޓަސް ތިޔައީ ކާތިބު ކަމުގެ މަޤާމަށް ވެސް ކުފޫ ހަމަނުވާ މީހެއްކަން ދިޔާނާއަށް ބޮޑެތި މަޤާމުތައް ދިން މީހުންނަށާ ދިވެހި ރައްޔިތުންނަށް އިނގޭނެ.

    34
    3
  2. ީިިގުދު

    ކަމަނާ ލޭއޮހޮރަވައިގެން އޮއްދާތިކި ވައްޓައިގެން ޖާބިރު ބުރޯ މަޖިލީހަށް ގެނައިމަ މަ ލަދުން ގޮތެއް ނެއް އެހަރަ ކިޔާ ބޯގޯސް އެއްޗިހިން

    33
    2
  3. ރިޝްވަތުހިފި އެޓާރނީ

    ހަހަހަހާ.. ދެން ހަޖަމުކޮއްލާ

    28
    1
  4. ގާސިމް

    ކަމަނާ ދެން ޖާބިރު ދޫކޮއްލާފަ މަށާ އިންނަންއާދޭ.. ނިކަން ހިންހަމަޖައްސާލަދޭނަން.. ހަމަ އަސްލުވެސް.

    15
    1
    • ދިޔާ

      ދޮށީ އަނބިވަރިކޮށްފަތަ؟

  5. ޢައިސަ

    އެމްޑީޕީ ؟؟؟؟؟؟
    ސާފު ސަރުކާރު
    ދައުލަތާއި ދީން އެބަސާފުކުރޭ ރަގަޅަށް

    5
    1
  6. ޕުރާން ޗޯޕްރާ

    ޑިޔާނާ ޑާރްލީން.. ޕިރް މަތުކެހެނާކޭ ހަމްނޭ ތުމްކޯ ވާރްނިންގް ނެހީދިޔާހޭ..

  7. ސުޕުން

    އައި ލަވް ޔޫ ދިޔާނާ

  8. ޗޗޗ

    ވަކިބަޔަކު ވަކިޕާޓީއަކާގުޅުމުން އެއީ މައްސލައެއްތޯ؟ ކޮންގާނޫނެއްތޯ އެކަަަމަށް މަނާކުރަނީ؟ މީގެން އެނގެނީ މީ ވަކިބަޔަކު މުއްސަދިވާން ކާން ބާރުވެރިވާން އޮތް މުދާގޑެއްހެން ތެޅޭބަޔަކު އެބައުޅޭކަން. ގުޅެންވީ ވީގޮތަކުން މަގުމައްޗަށް ނިކުމެ މިކަން ނިންމަންގޮވާލަން

    6
    1
  9. ވަނާޖު

    ޖާއްކޮ އެވަރުކޮށްލިތަ މިސަރުކާރު ގެންނަން ވެގެން. ދަލާ ލޭ އޮހޮރުވާލާގެން ޖާއްކޮ އެކުރި ހުރިހާ ކަމެއްވެސް އެކޮށްދިނީ ހަމަ ދިޔާނާގެ ވެސް އުފަލަށް. މިއަދު އެހެން ދެން ކިޔާކަށް ނުޖެހޭ. ޖާއްކޮ ބުނެގެން އެކިއެކި މީހުން ކައިރިއަށް ދިޔާނާ ގޮސްގެން އޮހޮރުން ދަލާ ލޭގެ ކަންތަކާއި ވެސް ޖާބިރު އެހެރީ އޭރު ޒިންމާ ނަގައިގެން.

  10. ބުރޯ

    ދިޔާނާ އަކީ އޮހޮރުވޭފަދަ ލެއެއް ހުންނެވި ބޭފުޅެއްނޫން މާނަޔަކީ ސަޕޯޓްކުރާ ބަޔަކު ތިއްބެވި ބޭފުޅެއްނޫން.

  11. ސީނު

    އެ 4 ބަދަވީންނަކީ ސަރުކާރުވައްޓާލަން އެންމެ ތަޖުރިބާޙުރި 4 ބަދަވީން.......ޖިހާދަށް ނިކުމެ އުޅުމާ ވަރަށް ވައްށްތަރު

  12. އޭނަ

    އެއިރެއްގަ ވައިޖެހޭ ކޮޅަކަށް. އެއްގޮތެއްގަ ނުހުރެވޭ އަމިއްލަ އެދުމާވެގެން. ތިގޮތަށް ދުވި އެއްވެސްމީހެއްގެ އިތްބާރު ރަތްޔިތުން ކުރިމަތީގައި އެބައޮތްތަ