ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔަރުކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅައިފިއެވެ.

ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ މިރޭ އޮންނަ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ޖޭއެސްސީ އިން ވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ޖޭއެސްސީގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެއަމުރު ނެރުނީ އޭނާ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

ސުޕްރީމް ކޯޓުން އެގޮތައް އަމުރު ކުރިނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމަށް ޖޭއެސްސީ އިން އޮތީ އިއުލާން ކޮށްފައެވެ.

ފަނޑިޔާރު ދީދީ ސަަސްޕެންޑް ކުރަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޒާތީ މަސްލަހަތެއް އޮވެގެން ކަމަށާއި އެކަމުގައި ޖޭއެސްސީން އަމަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް އަބްދުﷲ ދީދީގެ ވަކީލް ސުޕްރީމް ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރު ދީދީގެ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ވިދާޅުވީ ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަކީ ޓެރަރިޒަމްގެ ކުށުގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް ކުރެއްވި ބެންޗުގައި ފަނޑިޔާރު ދީދީ އިންނެވި އިންވެވުމާ ގުޅުންހުރި މައްސަލައެއް ކަމަށާއި އެހެންވެ، އެ މައްސަލާގައި ނަޝީދުގެ އަމިއްލަ މަސްލަހަތެއް އެބައޮތް ކަމަށެވެ. ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް ނަޝީދު ހުންނަވައިގެން އެ މައްސަލަ ހުށަހެޅީ ޒާތީ ގޮތެއްގައި ކަމަށާއި އެ މައްސަލަ ނަޝީދަށް ހުށަނޭޅުއްވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމި ޖޭއެސްސީގެ ޖަލްސާގައި ނަޝީދުގެ އިތުރުން އެކަމުގައި މަސްލަހަތު ހިމެނޭ އެހެން ތިން ބޭފުޅަކު ބައިވެރިވި ކަމަށް ސަލީމް ވިދާޅުވި އެވެ.

ނަޝީދު ކުރެއްވީ ޖިނާއީ ތުހުމަތުތަކެއް ކަމަށް ވާއިރު، ޖިނާއީ އިޖްރާއާތުގެ އުސޫލުތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަނީސް އެ މައްސަލާގައި ޖޭއެސްސީއަށް ނިިންމުމެއް ނުނިންމޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ ކުރިން އޭނާގެ ބަހެއް ހޯދަން ޖެހޭނެ ކަމަށް ގާނޫނު ބުނާއިރު، ޖޭއެސްސީން އެގޮތަށް އަމަލު ނުކުރާ ކަމަށާއި އަދި މައްސަލައެއް ބަލާ ކަން ވެސް އޭރު އަންގާފައި ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު މަޖިލީހުގެ މިދައުރު ނިމޭތީ އޭގެ ކުރިން ދީދީ ފަނޑިޔާރުކަމުން ވަކިކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކާކާ

    އަނިޔާވެރިކަން މިއޮތީ އިންތިހާއަށް ގޮސްފަ! ޢާއިލާތައް ބިކަކުރުން މިއޮތީ މާޑަށް އަރާފަ! އިރާދަކުރެއްވިއްޔާ މި އަނިޔާވެރި ވެރިކަން ވެއްޓޭކަށް ގިނަދުވަހެއް ދެން ނެތް!
    إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ވީމާ ހާސްވެނުލައްވަ!

  2. ސުޢޫދު

    ތިތަނުގަ ތިބީތެދުބަހުން ވާހަކަ ދައްކާ ތިންމެންބަރުން މިހެން މިބުނީ އެމީހުން އަމިއްލަޔައް ހުށައަޅާ ތެދުބަސް ނުބުނާނެ ކަމައް ވޯޓެއްނެގީމަ ކަސޯޓީން ވެސްފެއްނަނީ ހަގީގަތެއްނޫން ކުޅެފަވާމަންޒަރުތަކެއް ދީދީގެ ޑުރާމާވެސް ވާނީއެހެން ތެދުނަހަދާ ޑުރާމާއަކައް ތެދުބަސްބުނަންވޯޓްދިން މެންބަރުން ދެންވެސްހޮވަންވީ މަގާމުތަކައް.

  3. ތެދު

    މީސަދޫމް ދެއްތޯ...

  4. ޒާ

    ނަޝީދަށް ހުކުމް ކުރީތީ ޤާޟީއަށް ދޭ އަނިޔާ.

  5. އަލިބެއްޔާ

    މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމް ހުރިހާ އެންމެ ޖޭ.އެސް.ސީ އަށް ލައިގެން އެތާގެ ނިންމުންތައް އިންސާފުވެރިވާނެ ވަރު ރައްޔިތުންނަށް އެނގެއެވެ.

    11
  6. ޢިޔާބު

    ވަކިކުރަންޖެހޭ އަސްލު މައްސަލަ ކޮބާ؟ ހުކުމް ކުރީތަ؟

  7. ހެޔޮ ބލ ވެރިކަން

    ނަށީދުގެ ރޯނުއެދުރު ގާނޫނީ ޓީމު މުޅިއޮޑީގަ. ޖޭއެސްސީ ގަ ވެސް، މަޖިލީހުގަވެސް. މިހާރު ޖޭއެސްސީ މިނިވަންތަ. ކޯޗެެއް އިސްލާހުކުރަން މި އުޅެނީ. މި މީހުން ގެ ގްރަޖް މި އީ. ރިވެންޖު ނަގަނީ. ޒާތީ ހަސަދަ ފިލުވަނީ. އަރެމެން ރަތްޔިތުން އޮޅުވާލީ. އެގުންޑާ ނަވާރަ ތަފާތުވާނެޔޭ ކިޔާފަ. އަރެމެން ދެން މަޑަކުން ނުތިބޭނަން. ކައުންސިލް ހަދާން ނައްތާލާ.

  8. އިބްރާ

    އެމްޑީޕީން ގަބޫލުކުރާ ތިލަފަތުގެ އިންސާފް.