ޕީޕީއެމް އާއި ޕީއެންސީގެ ފިކުރު ކުރިއަރުވާނެ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށާއި، އެކި އިރު ތިބޭނީ އެކި މީހުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅެއްޖެއެވެ.
އަދުރޭ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އަކީ އެއް ފިކުރެއްގެ މައްޗަށް ބިނާވެގެން ހިންގާ ދެ ޕާޓީއެއް ކަމަށެވެ. އަދި އެއީ ތަރައްގީ އާއި ކުރި އެރުމުގެ ފިކުރު ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި އެއީ ބިނާ ކުރުމާއި އާރަސްތު ކުރުމުގެ ފިކުރު ކަމަށާއި، އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތަށް އިސްކަން ދިނުމުގެ ފިކުރުކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވިއިރު، ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ބައެއް މެންބަރުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ވަނީ ރޭ ގުޅިފައެވެ. އަދުރޭވެސް އެ ޕާޓީއާއި ގުޅެން އުޅޭކަމަށް ވަނީ އަޑު ފެތުރިފައެވެ. އެހެން ނަމަވެސް އަދުރޭ ވަނީ އެކަން ދޮގުކޮށްފައެވެ. އަދުރޭ ރޭ ވިދާޅުވީ، ސިޔާސީ މައިދާނުގައި ދެމިހުންނާނީ ރައީސް ޔާމީނާއެކުގައި ކަމަށެވެ.
އަދުރޭ މެން ޕިއޭ ހަދައިގެންވެސް އުޅުނު ކުރި ނޭރީ ކީއްވެ ؟ވިސްނާލިންތަ ؟ އަދިވެސް ވާނީ ޕީއޭއާ އެއްވަރު ،އަޅުގަނޑު ޕީޕީއެމުން ވަކިވާން ބޭނުންނުވަނީ މިހާރު ޕާޓީ ގެ މިސްރާބަށް ސަޕޯޓް ކުރާތީއެއްނޫން. އިސްލާހެއް އަތުވެދާނެކަމަށް ވިސްނިފަ އޮންނާތީ އިންތިޒާރު ކުރެވޭތީ މިކަހަލަ ކިތައްމީހުންތިބޭނެ.
އެފިކުރަކީ ވަގުންގެ ފިކުރުތޯ
އެބުނާ ފިކުރުގެ މީހަކު މިހާރު ކޯޓައްއެދަމަނީ އެއީ ވަގުންގެ ފިކުރު
ރައީސް ޔާމީނުގެ ކުރިއެރުމާ ތަރައްޤީއަށް ހިޔަނި އެޅިފައިވަނީ، އެއްމިލިޔަން ޑޮލަރުގެ މައްސަލާގައި ކަމަށްވާނަމަ، ދަންނަވަންޖެހެނީ، ކުދިންނޭ ކުދިންނޭ އެމައްސަލައަކީ، އެއްވެސް ބިރެއްއޮތް މައްސަލައެއްނޫނެވެ. އެހެނީ، ދައުލަތަށް ލިބޭ ފައިސާ އޮތްްރައިޒް ކުރުމުގެ އޮތޯރިޓީ އަބަދުވެސް އޮންނަނީ، ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅުގައެވެ.