ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިކުރަން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް ސަރުކާރަށް ގޮވާލައިފިއެވެ.
އޭނާ މިގޮތަށް ގޮވާލީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ކުރި އެ ޓްވީޓްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ރައީސް ނަޝީދު ވަނީ ޓެގު ކުރައްވާފައެވެ.
ޝަހީމް މިގޮތަށް ވިދާޅުވިއިރު، ސަރުކާރު ހިންގާ ކޯލިޝަނުން ބޭރުކޮށްލަންދެން، ޖޭޕީއިން ސަރުކާރާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމަށް، ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް ރޭ ވަނީ ވިދާޅުވެފައެވެ.
ޝަހީމް މިގޮތަށް ގޮވާލެއްވިއިރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ގިނަ އަދަދެއްގެ މެންބަރުންތަކެއް ރޭ ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
ރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވަނީ، ރައީސް ޔާމީންއާއި އެންމެ ގާތްކޮށް މަސައްކަތްކުރެއްވި ބޭފުޅުންނެވެ. މީގެ ތެރޭގައި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ހިމެނެއެވެ.
އަދި މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދުވެސް ވަނީ ރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
އިދިކޮޅު ކޯލިޝަންގެ ގިނަ މެންބަރުތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުން ސަރުކާރު ކޯލިޝަންގެ ތެރޭގައި ބައެއް މެންބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޝަހީމް މިއީ ރޯނުއެދުރެކޭ ނުބުނަން މަމެން ނެތިން.
ޝަހީމް ކަލޭވެސް ތީ މަޖިލީހުން ވަކިކުރަން ޖެހޭ މީހެއް. ބަޔަކު ޕާޓީއަކާ ގުޅުން އެއީ މައްސަލައެއް ނޫން އެކަމް މަސްތުވާ އެއްޗެހި ބޭނުންކުރުން އެއީ މައްސަލައެއް. ދާއިރާއަށް ރަނގަޅު ހިދުމަތެއް ކޮށްދެވޭތޯ ބަލާބަލަ
އާ ވެރިކަން ތިއޮތީ ލިބިފަ
މާލަސްވެސް ވެއްޖެ
ހަޖަމުނުވީދޯ
ޝަހީމް އަކީ މޭންއެއް، މައްސަލައެއްގެ ތުޙްމަތު ބޮލުގަ ނާޅުވާ އެއްވެސް މީހެއް އެބަހުރިތަ؟
ނެތް ނެތް ކަލޭމެން ތީ މީހުންނަށް ތުހުމަތު އަޅުވައިގެން ރޮލާ ކާން ދުނިޔެއަށް ފޮނުއްވާފަ ތިބި ބައެކޭ ހީވާ ކަހަލަ.
ދަތް ނެތް ކުއްތާ ވައްވަކެއް ޖަހާނެ ކަމެއް ނެތް. ނުކެރޭނެ ވަކިކުރާކަށް. ހަމަ ވަކިކުރީ ވެއްޓުނީ.
މި ސަރުކާރުން ޖޭޕީ ވަކިކޮށްފިނަމަ ސަރުކާރު ދެމިއޮންނާނީ ގިނަވެގެން 12 މަސްދުވަހު . އެގޮތް ބޭނުންފުޅުތޯ ؟