މ. މުލީ ގެޔަކުން ވަގަށް ނަގާފައިވާ އަގު ބޮޑު ފޯނެއް ފަޅު ގޯއްޗެއްގެ ތެރެއިން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، 12000 ރުފިޔާގެ އަގުހުރި ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް އޯގަސްޓު 24 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އިއްޔެ ކޯޓި އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިފައިވާ ފޯނު ފަޅު ގޯއްޗެއްގައި ފޮރުވާފައި ވަނިކޮށް ފުލުހުން ހޯދާފައިވާކަމަަށެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.