ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި ހެލްތް އެގްޒިބިޝަން ' މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019' އޮކްޓޯބަރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި އެކްސްޕޯ އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 3، 4 އަދި 5 މި ތިންދުވަހު، ދަރުބާރުގޭގައެވެ.

އެމްވީ މެޑިކަލްސް އިން ބުނީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ އެގްޒިބިޝަންވެސް ބާއްވަނީ އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެންނެވް ކަމަށެވެ.

އެމްވީ މެޑިކަލްސް އިން ބުނީ، މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުން ކަމަށެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ވެގެންދާނީ، މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށްކަން އެމްވީ މެޑިކަލްސް އިން ބުންޏެވެ.

ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެކްސްޕޯއަށް ހުރިހާ ފަރާތްތަކަށްވެސް ހިލޭ ވަދެވޭނެއެވެ. އަދި މި އެގްޒިބްޝަންއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ސިއްހީ ދާއިރާއާއި ގުޅޭ ވަރަށްގިނަ މަޢުލޫމާތު ލިބިގެންދާނެއެވެ

މޯލްޑިވް މެޑިކަލް އެންޑް ހެލްޓް އެކްސްޕޯ ގެ މަޤުސަދުތައް:

• ސިއްހީ ދާއިރާއިން ލިބެންހުރި ޚިދުމަތްތަކަށް މުޖުތަމަޢު ހޭލުން ތެރިކުރުވުން
• ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުން
• ދިވެހިރާއްޖެ އާއި މި ރީޖަންގައި ހިމެނޭ ޤައުމުތަކުން ލިބެންހުރި ފެންވަރުރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ހޯދޭނެ ގޮތަތަކަށް މުޖުތަމަޢު އަހުލުވެރިކުރުވުން.
• ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާއި އެކު ދެނެގަތުމަށް އެހީތެރިވެދިނުން

ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ޚިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރި ވުމުގެ ފުރުސަތު އެބަ އޮތެވެ.

މޯލްޑިވް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019 ގައި ބައިވެރިވާން ބޭނުންވާ ފަރާތްކުން [email protected] އަށް އީމެއިލުކުރެއްވުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަންވީގޮތުގެ އިރުޝާދުދޭނެ ކަމަށް އެމްވީ މެޑިކަލްސްއިން މަޢުލޫމާތުދެއެވެ. އެކްސްޕޯއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 7694749 އަށެވެ.

ކިޔުންތެރިންގެ ހިޔާލު